Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ޢިރާޤުގެ ފޮތް ބާޒާރަށް ކޮރޯނާވައިރަސްގެ ބަނަ ހިޔަނި އެޅިފައި

ޢިރާޤަކީ ޢަރަބި ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން މީހުން ފޮތް ކިޔާ އެއް ޤައުމެވެ. އެ ޤައުމުގެ ބަޞަރާގެ އަލްފަރާހީދީ ނަމަކަށް ކިޔުނު މަގަކީ 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް ހަފުތާއަކު އެއް ދުވަހު ބޮޑު ފޮތް ބާޒާރެއް އޮންނަ މަގެކެވެ. އެ ބާޒާރަކީ ލިޔުންތެރިންނާއި ޅެންވެރިންނާއި ކުރެހުންތެރިންނާއި ފަންނާނުން ހަފުތާއަކު އެއްފަހަރު ޖަމާވެ އެއްތަންވާ ތަނެކެވެ.
ނަމަވެސް ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަސްގެ ވަބާ ޢިރާޤަށް މެދުވެރިވުމާއެކު، އެ ބާޒާރުވަނީ 7 މަސް ދުވަހުގެ މުހުލަތަކަށް ބަންދުކޮށްފައެވެ. ފާއިތުވި ހުކުރު ދުވަހުގައި ހިނގާ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު އެ ބާޒާރު އަލުން ހުޅުވުމަށް ނިންމާފައިވެއެވެ.
ބަޞަރާގެ މަރުކަޒީ ސަރަހައްދުގައި އާންމު ހުޅުވާލެވިފައިވާ ސަރަހައްދެއްގައި ޤާއިމުކުރެވޭ މި ބާޒާރު އަލުން ހުޅުވިއިރު ފޮތް ވިއްކާ 40 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. އެތަނަށް ޒިޔާރާތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން އެމީހުންވަނީ ވިއްކާ ފޮތްތައް ދައްކައިލުމަށް ޚާއްޞަ ސްޓޯލުތަކެއް ތައްޔާރުކޮށްފައެވެ.
"އަލްޖަޒީރާ"އާ ވާހަކަދައްކަމުން އެ ބާޒާރުގައި ފޮތް ވިއްކާ މީހުންގެ ތެރެއިން އެކަކު ކަމުގައި ތައުފީޤުލް ޖަޒާއިރީ ބުނެފަިއވަނީ އެ ބާޒާރުގައި ބައިވެރިވާ ގިނަ މީހުންނަކީ އަމިއްލަ ފިހާރަތައް ހިންގާ ބައެއް ނޫން ކަމަށެވެ. އަދި އެމީހުން ވިއްކާ ފޮތްތައް ބާޒާރަށް ނެރުމުގައި ބަރޯސާވަނީ ހަފުތާއަކު އެއް ދުވަހު ބާއްވާ މި ބާޒާރަށް ކަމުގައިވެސް އޭނާ ފާހަގަކުރިއެވެ.
އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މި ފަރާހީދީ މަގަކީ ހަމައެކަނި ފޮތް ވިއްކުމަށް ނުވަތަ އެހެން ފަންނީ މަސައްކަތްތަކާ ގުޅުންހުރި އާލާތްތައް ވިއްކާ ތަނެއް ނޫން ކަމުގައެވެ. ނަމަވެސް އެތަނަކީ ސަގާފަތްތައް ޖަމާވެ އެއްތަންވުމަށާއި، ލިޔުންތެރިންނާއި އަދީބުންނާއި ޅެންވެރިންނާއި ކުރެހުންތެރިން އެއްތަންވެ ބައްދަލުވުމަށް ބޭނުންކުރާ ތަނެއް ކަމުގައިވެސް އޭނާ ބުންޏެވެ.
މި ބާޒާރު ބަންދުކޮށްފައި އޮތް މުއްދަތުގައި ފޮތް ވިއްކާ މީހުންގެ ތެރެއިން ބައެއް މީހުންވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ފޮތް ވިއްކުމުގެ މަސައްކަތް ކޮށްފައެވެ.
މި ލިއުމާއި ގުޅޭ