ނަރެންދުރަ މޯދީ މާސްޓާސް ހާސިލުކުރީ ކޮން ދާއިރާއަކުންކަން އެނގޭތަ؟

ޙުސައިން އަފްޝަން 10 އޮކްޓޯބަރު 2020 09:11
Flowers
އިންޑިޔާގެ ހަރުކަށި ހިންދޫ ފިކުރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ މި ސަރަހައްދުގައި އަދި މުޅި ދުނިޔޭގައިވެސް އެންމެ ގިނަ ބައެއްގެ މެދުގައި ޚިޔާލުތަފާތުވުން އުފައްދާ ޝަޚުޞިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އެއް ޝަޚުޞިއްޔަތެވެ. އެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި އޭނާއަކީ ހައްދުފަހަނައެޅި ހަރުކަށި ހިންދުތުވާ ފިކުރަށް ނިސްބަތްވާ މީހެކެވެ. އަނެއް ބަޔަކަށް އޭނާއަކީ ޤައުމެއްގެ ސަލާމަތެވެ. ރައްކަލެވެ. އޭނާއާ ގުޅޭ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންޑިޔާ މީޑިޔާގައި ވަރަށް ގަދައަށް ފެތުރުނު އެއް ވާހަކައަކީ އޭނާގެ މަތީ ތަޢުލީމުގެ ވާހަކައެވެ. 

އެގޮތުން ނިއުދިއްލީ ޔުނިވަރސިޓީން ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވި ކަމުގައި މޯދީ ވިދާޅުވުމުން އެއީ އިތުރުފުޅެއް ކަމުގައި ފާޑުކިޔާ މީހުން ބުނަންފެށިއެވެ. އެ ހިސާބުން މޯދީގެ ޑިގުރީ ކަމަށް ވިދާޅުވެ، ކަރުދާހަކާއިގެން ނުކުންނެވީ ބީޖޭޕީގެ ލީޑަރުންނެވެ. ބީޖޭޕީގެ ރައީސް އަމިތު ޝާހާއި އެއިރުގެ މާލީވަޒީރު އަރުން ޖައިތްލީއެވެ. މި ބޭފުޅުން ވިދާޅުވާ ގޮތުން މޯދީ ފުރަތަމަ ޑިގުރީ ފުރިހަމަކުރެއްވީ 1978 ވަނަ އަހަރުއެވެ. ސެޓިފިކެޓް ލިބިވަޑައިގަތީ 1979 ވަނަ އަހަރުގައެެވެ. 

ކޮންމެއަކަސް މޯދީގެ ޑިގުރީ ސެޓިފިކެޓު ކަމުގައި ވިދާޅުވެ، އަރުން ޖައިތުލީއާއި އަމިތު ޝާހު ދެއްކެވި ސަނަދަކީ ކޮމްޕިއުޓަރުން އުފައްދާފައިވާ ސަނަދެކެވެ. 1970ގެ ތެރޭގައި އިންޑިޔާގެ ޔުނިވަރސިޓީތަކުން ސެޓިފިކެޓު ތައްޔާރުކުރަމުން އައީ އަތުން ލިޔެގެން ކަމުގައި ފާހަގަކޮށް އެ ސަނަދުގެ ޞައްޙަކަމާމެދު ބައެއް ފަރާތްތަކުން ޝައްކު އުފައްދާފައިވެއެވެ. 



އެހިސާބުން އިންޑިޔާގެ އާރްޓީއައި ޤާނޫނުގެ ދަށުން އެ މައުލޫމާތު ކަށަވަރުކުރުމުގެ ގޮތުން މި މައުލޫމާތު ހޯދުމަށް އެކްޓިވިސްޓަކު ދިއްލީ ޔުނިވަރސިޓީގައި އެދުނެވެ. ނަމަވެސް އެ މައުލޫމާތު ހާމަކުރުމަށް އެ ޔުނިވަރސިޓީން އިންކާރުކުރިއެވެ. އެ ހިސާބުން މައްސަލަ ހުށަހެޅީ އެ ޤައުމުގެ ސެންޓްރަލް އިންފޯމޭޝަން ކޮމިޝަނަށެވެ. ކޮމިޝަނުން ނިންމީ އެ މައުލޫމާތު ހާމަކުރަންޖެހޭނެ ކަމުގައެވެ. އެއާއެކު ދިއްލީ ޔުނިވަރސިޓީން މައްސަލަ ގެންދިޔައީ ދިއްލީގެ ހައިކޯޓަށެވެ. މައްސަލާގައި ދިއްލީ ޔުނިވަރސިޓީ ތަމްސީލުކުރެއްވީ އިންޑިޔާގެ އެޑިޝަނަލް ސޮލިސިޓާ ޖެނެރަލް ތުޝާރް މެހްތާއެވެ. އެހެންކަމުން ދިއްލީ ޔުނިވަރސިޓީން މި މައުލޫމާތު ސިއްރުކުރަން އުޅެނީ ސިޔާސީ ވެރިން އަންގަވައިގެން ކަމުގައި ބެލޭނެ ޖާގަ ހުޅުވުނެވެ. 

މިއީ ފުރަތަމަ ޑިގުރީއާ ގުޅިގެން އުފެދުނު ޚިޔާލު ތަފާތުވުމެވެ. މޯދީގެ މާސްޓާސް ޑިގުރީގެ ވާހަކައަކީ އަދި އާދަޔާ ޚިލާފު ވާހަކައެކެވެ. ފުރަތަމަ ކަމަކީ މޯދީ ކިޔަވާވިދާޅުވި ދާއިރާއެވެ. އެގޮތުން ނަރެންދުރަ މޯދީ ގުޖުރާތު ޔުނިވަރސިޓީން މާސްޓާސް ހެއްދެވި ކަމަށްވަނީ "އެންޓަޔާ ޕޮލިޓިކަލް ސައިންސް"ގެ ދާއިރާއިންނެވެ. މިކަމާ ގުޅިގެން އިންޑިޔާގެ އިދިކޮޅު ކޮންގުރެސް ޕާޓީން ބުނެފައިވަނީ މޯދީގެ މާސްޓާސް ޑިގުރީއަކީ ވަރަށް ތަފާތު ޑިގުރީއެއް ކަމަށެވެ. މޯދީ ނޫން އެހެން އެއްވެސް މީހެއް އަތުގައި މި ޑިގުރީ ނޯންނާނެ ކަމުގައިވެސް ކޮންގުރެސް ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ. 

ގުޖުރާތު ޔުނިވަރސިޓީގެ ކުރީގެ ޕްރޮފަސަރެއް ކަމުގައިވާ ޕްރޮފެސާ ޖަޔާންތިބާއީ ޕަޓޭލް ފާހަގަކުރެއްވި ގޮތުގައި ބީޖޭޕީން އާންމުކުރި ސަނަދާއި މާކްސް ޝީޓުތަކަށް ބަލާއިރު ވަރަށް ގިނަ ހަމަނުޖެހޭ ކަންކަން އެ ލިޔުންތަކުން ފާހަގަވެއެވެ. އެގޮތުން މޯދީ ކިޔަވާވިދާޅުވިކަމަށް އާންމުކޮށްފައިވާ ލިޔެކިޔުމުން ފެންނަ ބައެއް މާއްދާތަކަކީ އެ ދުވަސްވަރު އެ ޔުނިވަރސިޓީގައި ކިޔަވައިދިން މާއްދާތަކެއް ނޫން ކަމުގައިވެސް ޕްރޮފެސާ ފާހަގަކުރެއްވިއެވެ. 

މި މައްސަލަތަކާ ގުޅިގެން އިންޑިޔާގެ މަޖައްލާއެއް ކަމުގައިވާ އައުޓްލުކް މަޖައްލާގެ ފަރާތުންވަނީ ޚާއްޞަ ވޯޓެއް ނަގާފައެވެ. އެ ވޯޓުގައި ކުރި ސުވާލަކީ ބޮޑުވަޒީރު މޯދީގެ ސަނަދަކީ "ފޭކު" ސަނަދެއްތޯ ނުވަތަ ނޫންތޯއެވެ. އެ ވޯޓުގައި ބައިވެރިވި މީހުންގެ 30 އިންސައްތަ އެއީ އަސްލު ސަނަދެއް ކަމުގައި ބުނިއިރު، 50 އިންސައްތައަށްވުރެ ގިނަ މީހުން ބުނެފައިވަނީ އެއީ ފޭކު ސަނަދެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު
އައުޓް
އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މޯދީ އައުޓް ކެނެރީގެ ނަޝީދު އައުޓް
ރަ ދީފް ހުސެން
ތީގެ ދެވަނަމީހާ ހުރީ މިހާރު ރާ އްޖޭގެ ރމ ރަ އީސް އަކަ އް. 3ވަނަ މީހާ ނަމުގަ ރާ އްޖޭގެ ރަ އީސް އަކަ އް. 4ވަނަ މީހާ ރާ އްޖޭގަ ހުންނަ އިންޑިޔާ އަ އުޓް އެންބަސީގެ ސަފީރަކަ އް. 5ވަނަ މީހާ ނަ އިބް ރަ އީސް އަކަ އް. 6 ސޭކު އިލްޔާސް، 7 ސާހިދު 8 ސޭކް އިމްރާން