ސަތާރަ ފޫޓުގެ ބޮޑު މިޔަރެއް، ނަމަކީ "ނޫގޫމީ"

މަރިޔަމް ލީނާ 6 އޮކްޓޯބަރު 2020 17:21
Flowers
ސައިންސްވެރިން ހޯދި ބޮޑު މިޔަރު ނުގޫމީ

ކެނެޑާގެ ނޮވާ ސްކޯޓިއާގެ ސަރަހައްދަކުން ސައިންސްވެރިން 17 ފޫޓު 2 އިންޗީގެ ބޮޑު މިޔަރެއް ހޯދައިފިއެވެ.

3541 ޕައުންޑުގެ ބަރުދަން ހުރި މި މިޔަރަކީ ގްރޭޓް ވައިޓް ޝާކެކެވެ. އަދި އެ މިޔަރުގެ އުމުރުން 50 އަހަރު ވެފައިވާކަމަށް އެ މިޔަރު ހޯދި ސައިންސްވެރިން ވަނީ ބުނެފައެވެ. 

މި މިޔަރު ހޯދީ މިޔަރު ތަކާ ގުޅޭ ދިރާސާ ކުރާ ޖަމިއްޔާއަކަށް ނިސްބަތްވާ ސައިންސްވެރިންތަކެކެވެ. އެމީހުންގެ މަސައްކަތަކީ އެފަދަ މިޔަރުތައް ހޯދައި، އެ މިޔަރުތައް ޓްރެކް ކުރެވޭނެހެން ޓެގްކޮށްފައި ދޫކޮށްލުމެވެ. 

ސައިންސްވެރިން އެ މިޔަރަށް ދީފައިވާ ނަމަކީ "ނޫގޫމީ" އެވެ. އެ ނަމަކީ އެމެރިކާގެ ޤަބީލާއެއްގެ މީހުންގެ ބަހުރުވައިން އުމުރުން ދުވަސްވީ ވިސްނޭ މާމައިންނަށް ކިޔާނަމެކެވެ. 

ނުގޫމީ އަކީ އެ ސައިންސްވެރިންނަށް ފެނުނު އެންމެ ބޮޑު މިޔަރެވެ. އެ ސައިންސްވެރިންގެ މަސައްކަތަކީ މިފަދަ މިޔަރުތައް ޓެގްކޮށް އެސޮރުމެން އުޅޭ ގޮތް ބަލާ އެކިކަހަލަ ދިރާސާތައް ކުރުމެވެ. 

    ކިޔުންތެރިންގެ ހިޔާލު