Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ފްލައިޓު މަތީގައި ކާ ހިތްވާ މީހުންނަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވައިފި

ފްލައިޓް މަތީގައިގައި ކާން ބޭނުންވާ މީހުންނަށް ހާއްސަކޮށް ތައިލޭންޑުގެ ޤައުމީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހުޅުވައިފިއެވެ.
އެ ރެސްޓޯރެންޓުގައި ލިބެން ހުންނަނީ އާންމުކޮށް ތައި އެއާވޭސްގެ ފްލައިޓުތަކުން ލިބެން ހުންނަ ކާނާއެވެ. އެ ރެސްޓޯރެންޓު ފަރުމާކޮށްފައިވަނީވެސް ފްލައިޓުތަކުގެ އެކި ބައިތައް ބޭނުންކޮށްގެންނެވެ. އަދި ގޮނޑިތަކުގެ ގޮތުގައި ބޭނުންކޮށްފައިވަނީވެސް ފްލައިޓުތަކުގެ ގޮނޑިތަކެވެ.
ކޮވިޑު-19 އާއި ގުޅިގެން ތައި އެއާވޭސްގެ ފްލައިޓުތައް ގްރައުންޑުކޮށްފައިވާއިރު ވަރަށް ގިނަ މީހުން ދަނީ އެ ރެސްޓޯރެންޓަށް ޒިޔާރަތްކުރަމުންނެވެ. އެ ރެސްޓޯރެންޓަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މަރުހަބާ ކިޔަނީވެސް ތައި އެއާވޭސްގެ ކެބިން ކްރޫ އެކެވެ.
މަތިންދާބޯޓުތަކުގައި ދޭ ކާބޯތަކެއްޗަކީ ވަރަށް ގިނަ މީހުންގެ މެދުގައި މަގުބޫލު އެއްޗެކެވެ. ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައިވެސް ދަނީ ހަމަ މިމޭރުމުން މަތިންދާ ބޯޓުގައި ދޭ ކާބޯތަކެތި ރެސްޓޯރެންޓުތައް މެދުވެރިކޮށް ދެމުންނެވެ.
ކޮވިޑު-19 އާއި ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. އަދި ވަރަށް ގިނަ އެއާލައިންތައް ވަނީ ބަނގަރޫޓުވެފައެވެ.
މި ލިއުމާއި ގުޅޭ