މުސްލިމުން ޓެރަރިޒަމްގެ ތުހުމަތުގެ މަޅިއަށް ފައްތަން އެފްބީއައިއިން ގެންގުޅޭ އުކުޅުތައް އެނގޭތަ؟

އައިޝަތު ހަނާ 20 އޯގަސްޓު 2020 14:25
Flowers

އެމެރިކާގެ މުސްލިމުންނަށް ޖާސޫސުކުރުމުގައި މުސްލިމު މުޖުތަމަޢުތަކުގައި ނިރުނބަވެރި ފިކުރަށް ތާއީދުކުރާ ފަރާތްތައް ދެނެގަތުމުގެ ނަމުގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި)އިން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި ޓެރަރިޒަމާ އެއްވެސް ގުޅުމެއް ނެތް ބައެއް މީހުންގެ ބޮލުގައި އެތުހުމަތު އެޅުވުން ހިމެނެއެވެ. 

މިކަމާ ގުޅޭ ގޮތުން ގާޑިއަން ނޫހުގައި 2011 ވަނަ އަހަރު ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ވަރަށް ތަފުސީލުކޮށް މިފަދަ އޮޕަރޭޝަންތައް ރާވައި ހިންގާ ގޮތް ކިޔައިދީފައިވެއެވެ. މިލިޔުމުގައި ފާހަގަކޮށްފައިވަނީ 2009 ވަނަ އަހަރު ޖަލު ހުކުމެއް އިއްވައި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ކަމުގައި ކަނޑައެޅި ޑޭވިޑް ވިލިއަމްސާއި އިތުރު ތިން މީހެއްގެ ވާހަކައެވެ. އެހަތަރު މީހުން މަޝްހޫރުވެފައިވަނީ "ނިއުސް ބާގް ފޯ" ނުވަތަ ނިއުސްބާގުގެ ހަތަރެއްގެ ނަމުންނެވެ.

މިހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ރޭވި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް މިމީހުން ރޭވި ރޭވުމާއި، ދޭން ނިންމި ހަމަލާއާއި އެމީހުންގެ ސިކުނޑިއަށް އެތެރެކުރުވި ނިރުނބަވެރި ފިކުރަކީ ސީދާ އެފްބައިއައިިއިން ރާވައިގެން ކުރި ކަންކަމެވެ. އެގޮތުން އެފްބީއައިއިން ފައިސާދީގެން މީހަކު ފޮނުވައި އެމީހާ މެދުވެރިކޮށް މިހަތަރު މީހުންގެ ސިކުނޑިއަށް ހަރުކަށި ވިސްނުމެއް ވެއްދިއެވެ. އެއަށްފަހު އެމީހުންނަށް ހަމަލާއެއްގެ ރޭވުން ހުށަހެޅިއެވެ. އެމީހުން ލައްވައި އެރޭވުން ތަންފީޒުކުރުވުމަށް އެއްބވަސްކުރުވިއެވެ. އެއަށްފަހު ޓެރަރިޒަމްގެ ތުހުމަތުކޮށް އެމީހުން ހައްޔަރުކުރީއެވެ. 

މަލަކް ޝަލަބީ ނަމަކަށް ކިޔުނު ސޫރިޔާ ދަރިފަސްކޮޅަށް ނިސްބަތްވާ އެމެރިކާގެ މުސްލިމް އަންހެނަކު ޓުވިޓާގައި ލިޔެފައިވާ ގޮތުން 2018 ވަނަ އަހަރު އޭނާއަށްވެސްވަނީ މިފަދަ ހާދިސާއެއް ކުރިމަތިވެފައެވެ. އެގޮތުން އޭނާއާއަކީ ކިޔެވި މީހަކު އިސްލާމްވި ކަމުގައި ބުނުމުން އޭނާއަށް ޢަރަބި ބަސް ކިޔަވައިދިނުމަށް ހުށަހެޅިއެވެ. ދެމީހުން ބައްދަލުވުމާއެކު އޭނާ ހަރުކަށި ބައެއް ވިސްނުންތަކުގެ ވާހަކަ ދައްކައި އިސްލާމްދީނުގެ އެއްވެސް ފަހުމެއް ނެތި ކަންކަމާ މަޝްވަރާ ހޯދަން ފެށި ކަމުގައި މަލަކް ބުންޏެވެ. 

ފަހުން އޭނާ ފުލުހުސް ކާރެއްގައި ކާރުން ޖެއްސި ކަމަށާއި އެހިސާބުން އޭނާ ހައްޔަރުކުރި ނަމަވެސް ބެއިލުގެ ދަށުން އޭނާ ދޫކޮށްލި ކަމަށާއި އޭގެ ފަހުން އޭނާއާ ގުޅުންހުރި މީހުންނާއި، އޭނާގެ ފަރާތުން ބައެއް މީހުން މަލަކް އަދި އިތުރު އެކުވެރިއަކަށް ދުއްތުރާކުރި ގޮތްވެސް އޭނާ ކިޔައިދިނެވެ. 

އެފްބީއައިއޭއިން ބޭނުންކުރާ މިއުކުޅަށް ކިޔަނީ "އެންޓްރޭމްޕްމެންޓު" ނުވަތަ ދަންތުރަޖެހުމެވެ. މިއީ ޙަޤީޤަތެއް ނެތް ފޭކު ނިރުނބަވެރި ހަމަލައެއް ނުވަތަ ހަރަކާތެއް ރާވައިގެން އެހަރަކާތުގެ ތެރެއަށް މުސްލިމުން ވެއްދުމެވެ. މިކަންކުރުމުގައި އެފްބީއައިއެން ފައިސާ ދީގެން އެކަން ކުރުމަށް މީހުން މުސްލިމު މުޖުތަމައުތަކާއި މިސްކިތްތަކަށް ވައްދައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޙާކިމާ
ކޮންފަދަ މުސިބާތެއް