ކޮވިޑް-19: މިހާތަނަށް ހިންގާ އެންމެ ބޮޑު ޓެސްޓާއެކު މޮޑާނާގެ ވެކްސިންގެ ތަހުލީލު ފަށައިފި

ޙުސައިން އަފްޝަން 27 ޖުލައި 2020 19:22
Flowers

މޮޑާނާއާއި އެމެރިކާގެ ނޭޝަނަލް އިންސްޓިޓޫސް އޮފް ހެލްތާ ގުޅިގެން އުފެއްދި ވެކްސިންގެ ފަހު މަރުހަލާ ޓެސްޓުތަކުގައި އެމެރިކާގެ 30،000 ދަރުވެރިން ބައިވެރިވާނެ ކަން އިއުލާނުކޮށްފިއެވެ. 

މިދަރުމަވެރިންނަށް ލިބެނީ އަސްލު ވެކްސިން ކަމެއް ނުވަތަ ޕަލަސީބޯއެއް ކަމެއް އެމީހުންނަށް ނޭނގޭނެއެވެ. އެއިން ބަލަން ބޭނުންވަނީ އަސްލު ވެކްސިން ލިބޭ ފަރާތްތަކާއި ޕްލެސީބޯ ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ބަލަޖިހެނީ ކޮން ބަޔަކަށް ކަމެވެ. 

އެމެރިކާގައި ފެށިގެންދާ މިތަހުލީލުތަކަކީ ކޮވިޑް-19 ބައްޔަށް ތައްޔާރުކުރެވިފައިވަ ވެކްސިނެއް ޓެސްޓުކުރުމަށް ހެދޭ އެންމެ ބޮޑު އަދި ފުޅާ ތަހުލީލެވެ. މިވެކްސިނަކީ ކޮރޯނާ ވައިރަހަށް ފަރުވާއެއް ހޯދުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތުގައި ކުރު ލިސްޓުގައި ހިމެނިފައިވާ ވެކްސިންތަކުގެ ތެރެއިން އެއް ވެކްސިނެވެ. 

މޮޑާނާ އިންކުން ހޯމަދުވަހު ބުނެފައިވަނީ ކޮރޯނާ ވައިރަސްއާ ދެކޮޅަށް އެކުންފުނިން އެމެރިކާ ސަރުކާރުގެ މަދަދާއެކު އުފެއްދި ވެކްސިން ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. އަދި މިޓެސްޓުގައި ބައިވެރިވަނީ ފުއްޕާމޭގެ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން ނުދާ މީހުން ކަމުގައިވެސް އެކުންފުނިން ބުންޏެވެ. 

އެހެންނަމަވެސް މޮޑާނާ އިންކާއި ނޭޝަނަލް އިންސްޓިޓޫޓްސް އޮފް ހެލްތު ގުޅިގެން އުފައްދާފައިވާ ވެކްސިނުން ކޮރޯނާ ވައިރަސްއިން ދަފަރާކުރާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް މިހާތަނަށް ލިބިފައިނުވެއެވެ. މިވެކްސިން ދިނުމަށްފަހު މިހާރު ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ސަރަހައްދުތަކުގައި އެއްވެސް ބެލެހެއްޓުމެއް ނެތި ދަރުމަރިން ހަރަކާތްތެރިވެ، އެމީހުންގެ ދުވަހުގެ ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް ދޫކޮށްލެވޭނެއެވެ. އަދި އެއަށްފަހު ވެކްސިނާއި ޕްލެސީބޯ ލިބުނު ދަރުމަވެރިންގެ ތެރެއިން އެންމެ ބަލި ޖެހެނީ އެންމެ ގިނައިން ކޮން ބަޔަކަށްކަން ދެނެގަތުމަށް ސައެންސްވެރިން ދަރުމަވެރިން ބަލަމުންދާނެއެވެ. 

މިޓެސްޓަށް ދީފައިވާ ނަމަކީ ކޯވްއެވެ. މިއީ އެމެރިކާ ސަރުކާރުން ވެކްސިނާއި ބަލީގެ އެހެން ފަރުވާތައް ހޯދުމަށް ވޯޕް ދުވެލީގައި ފަށާފައިވާ މަސައްކަތުގެ ތެރެއިން ހިންގޭ ފުރަތަމަ ޓެސްޓެވެ. މޮޑާނާއިން ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް އެމެރިކާ ސަރުކާރުން ދަނީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ މަދަދު ފޯރުކޮށްދެމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު