Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

މުރަނގަ ފަތުގެ ފައިދާތައް

ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ލިބެން ހުންނަ މުރަނގަ ފަތަކީ އޭގައި ވަރަށް ގިނަ ފައިދާތަށް އެކުލެވޭ ފަތެކެވެ. މި ފަތަކީ ދިވެހިންގެ މެދުގައި މަގުބޫލު ފަތެކެވެ. ތެލުލައިގެން އަދި އެހެނިހެން އެއްޗިހި ތައްޔާރު ކުރާއިރުވެސް މި ފަތް ބޭނުން ކުރެއެވެ.
ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މާއްދާތަށް މިފަތުގައި އެކުލެވޭކަމަށް ސައިންޓިފިކް ތަހުލީލުތަކުން ދައްކައެވެ. މިގޮތުން ޕްރޮޓިން، ވިޓަމިނީ ބީސިކްސް، ވިޓަމިން ސީ އަދި އަޔަން މި ފަތުގައި ހިމެނެއެވެ.
ހިތުގެ ބަލިތަކާއި ހަކުރު ބަލިން ދުރުކޮށްދޭ އެންޓި އޮކްސިޑެންޓުތަށްވެސް މިފަތުގައި ހިމެނެއެވެ. މި ފަތް ކެއުމުން، ލޭގައި ހުންނަ އެންޓި އޮކްސިޑެންޓު މިންވަރު އިތުރުކޮށްދޭކަމަށް ތަހުލީލުތަކުން ދައްކައެވެ.
މީގެ އިތުރުން ލޭގައި ހަކުރު ހުންނަ މިންވަރުވެސް މިފަތުން ދަށް ކޮށްދޭ ކަމަށް ބައެއް ތަހުލީލުތަކުން ދައްކައެވެ. ނަމަވެސް އަދި މިކަން މުޅިން ކަށަވަރު ކުރަން އިތުރު ދިރާސާތަށް ހަދަންޖެހޭ ކަމަށް ސައިންސުވެރިން ބުނެއެވެ. އަދި ބައެއް ދިރާސާ ތަކުން ދައްކާގޮތުގައި މިފަތް ކެއުމުގައި ބޭނުން ކުރުމުން ކޮލެސްޓްރޯލް ހުންނަ މިންވަރުވެސް ދަށްކޮށްދެއެވެ.
ޖުމްލަކޮށް ބުނާނަމަ މުރަނގަ ފަތަކީ ގިނަގުނަ ފައިދާތަށް އެކުލެވޭ ފަތެކެވެ. ނަމަވެސް މި ފަތުގެ ފައިދާ އެންމެ ރަނގަޅަށް ލިބޭނީ ތެލު ނުލައި ބޭނުންކޮށްގެންނެވެ.
މި ލިއުމާއި ގުޅޭ