އެތައް ސަތޭކަ މުސްލިމު އަންހެނުން ރޭޕުކުރި ކޭމްޕެއްގައި ސާބިއާއިން ހޮޓަލެއް ހިންގާކަން އެނގޭތަ؟

ޙުސައިން އަފްޝަން 17 ޖުލައި 2020 08:37
Flowers
ހޮޓެލް ވިލިނާ ވްލަސް

ވައިސްގާޑަކީ ބޮސްނިއާގެ އިރުމަތީގައި އޮންނަ ކުޑަ އަވަށެކެވެ. 1991 ވަނަ އަހަރު އެއަވަށުގެ އާބާދީއަކީ 21،000 މީހުންނެވެ. އޭގެ ތެރެއިން 61 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. ފަހުގެ ތާރީޚުގައި ހިންގި އެންމެ އަނިޔާވެރި ލޭ އޮހޮރުންތަކުގެ ތެރޭގައި ހިމެނޭ ބޮސްނިޔާގެ ޤަތުލު ޢާންމުގައި މިއަވަށުގެ މުސްލިމުންގެ އާބާދީ ގާތްގަނޑަކަށް އެކީ ނެތިކޮށްލާފައިވެއެވެ. 

މިއަވަށުގައި މުސްލިމުން ޤަތުލުކުރުމުގެ އިތުރަށް މުސްލިމު އަންހެނުންނާއި އަންހެން ކުދިން ނިޒާމީ ގޮތެއްގައި ރޭޕުކޮށް ހަށި ފޭރުމުގެ ނުބައި އަމަލު ސާބިއާ މީހުން ހިންގާފައިވެއެވެ. މިއަވަށުގައި ހުންނަ ވިލިނާ ވްލާސަކީ މިދެންނެވި ފަދަ ގޮތެއްގައި ރޭވިގެން އިންތިޒާމީ ގޮތެއްގައި މުސްލިމު އަންހެނުންގެ ހަށި ފޭރުމަށް ބޭނުންކުރި މަރުކަޒެކެވެެ. ނުވަތަ ރޭޕް ކޭމްޕެކެވެ.  1992 ވަނަ އަހަރުގައި މިތަނުގައި ހިންގި މިޖަރީމާއަކީ 1995 ވަނަ އަހަރު ހިނގި ސްރެބްރެނިކާގެ ޤަތުލު ޢާންމަށް މަގުކޮށި އަނިޔާވެރި އެއް ޢަމަލެވެ. އެޢަމަލަކީ ބޮސްނިއާގެ މުސްލިމުންގެ އިންސާނީވަންތަކަން ނިގުޅައި ގަތުމަށް ހިންގުނު އަނިޔާވެރި ޖަރީމާއެކެވެ. 

މިރޭޕު ކޭމްޕުގެ އަނިޔާވެރި އަނދިރި ތާރީޚު ވަންހަނާކޮށް އޮޅުވައިލުމަށް އެތަން ހޮޓަލެއްގެ ގޮތުގައި ހިންގުމަށް ސާބިއާގެ ސަރުކާރުން މަސައްކަތްކުރަން ފަށާފައިވެއެވެ. އެގޮތުން އެތަނުގެ ޚާއްޞަ ޕްރޮމޯޝަނެއް ސާބިއާ ސަރުކާރުން މިހާރުވަނީ ހިންގަން ފަށާފައެވެ.  ވައިސްގާޑުގެ އިދާރާތަކާ ގުޅިގެން ޚާއްޞަ ޕްރޮމޯޝަނަލް ހަރަކާތްތަކެއް ޖުލައި މަހުގެ 5 ވަނަ ދުވަހު ސާބިއާގެ ސަރުކާރުން އިއުލާނުކޮށްފައިވެއެވެ. އެގޮތުން އެތަނަށް ޒިޔާރާތްކުރާ ފަރާތްތަކަށް ޚާއްޞަ ގިފްޓު ވައުޗަރުތަކެއް ތައާރާފުކޮށް ވައިސްގާޑަށް ދާ މީހުންގެ ތެރެއިން މިހޮޓަލުގައި ތިބޭ މީހުންނަށް އަގު ހެޔޮކޮށް ބައެއް ކަންކަން ހަމަޖެއްސުމަށް ސަރުކާރުންވަނީ ނިންމާފައެވެ. 

ތުހުމަތުކުރެވޭ ގޮތުގައި ވިލިނާ ވްލާސް ހޮޓަލުގައި 200 އެއްހައި މުސްލިމު އަންހެންުންނާއި އަންހެން  އިންތިޒާމީ ގޮތެއްގައި ހަށި ފޭރުމުގެ ޝިކާރައަކަށް ހަދާފައިވެއެވެ. ސާބިއާ މީހުންނެވެ.  ވައިސްގްރާޑުގައި ހަށި ފޭރުމުގެ ޝިކާރައަކަށްވި އަންހެނަކު ބުނި ގޮތުގައި އޭނާ ރޭޕުކުރި މީހާ ބުނެފައިވަނީ އެތަނުގައި އަންހެނުންނާއި އަންހެން ކުދިން ރޭޕުކޮށްފައިވަނީ ބޮސްނިއާ ނަސްލުގެ މީހުންގެ ހަށިގަނޑުގައި ސާބު ނަސްލުގެ "އޮށް" އިންދުމުގެ ބޭނުމުގައި ކަމަށެވެ.  

ބޮސްނިއާއާއި ހާޒެގޮވިނާގެ ކޯޓުންވަނީ ސާބު ފުލުހުންގެ ބާރުގެ އޮފިސަރެއް ކަމުަގއިވާ ޒެލްޖިކޯ ލެލެކުގެ މައްޗަށް ރޭޕުގެ ތުހުމަތުގައި ދައުވާ އުފުލައި ހުކުމްކޮށްފައެވެ. މީނާއަކީ މިރޭޕު ކޭމްޕުގައި މުސްލިމު އަންހެނުންގެ ހަށި ފޭރުނު މީހެކެވެ.  މިބުނެވުނު ހޮޓަލުގައި ހަށި ފޭރުމުގެ ޝިކާރައަކަށްވީ އަންހެނުންގެ ތެރޭގައި ޖާސްމީނާ އަހްމެދްޕަހިޗް ހިމެނެއެވެ. ޖާސްމީނާއަކީ ޖެހިޖެހިގެން 4 ދުވަސް ހަށި ފޭރުމުގެ އަނިޔާ ތަހައްމަލުކުރަާންޖެހުނު އަންހެނެކެވެ. އޭނާއަށް އެއަނިޔާއިން ސަލާމަތްވެވޭނެ ހަމައެކަނި މަގަކަށް ފެނުނީ ކުޑަދޮރުން ބޭރަށް ފުނަމާލައި އަމިއްލައަށް މަރުވުމެވެ. 

ކިޔުންތެރިންގެ ހިޔާލު