ޖަޕާނުން "ސްމާޓު" މާސްކެއް އުފައްދައިފި

އައިޝަތު ހަނާ 26 ޖޫން 2020 20:30
Flowers
ޖަޕާނުގެ ކުންފުންޏަކުން އުފެއްދި ސުމާޓު ފޯނު ދައްކައިލަނީ

ކޮރޯނާވައިރަސް ވަބާއާ ގުޅިގެން މޫނު ނިވާކުރުން ޢާންމުވުމާ ގުޅިގެން ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ ޑޯނަޓް ރޮބޮޓިކްސް ނަމަކަށް ކިޔާ ކުންފުންޏަކުން އިންޓަނެޓާ ގުޅައިލެވޭ "ސްމާޓު މާސްކެއް" އުފައްދައިފިއެވެ. މިމާސްކަކީ މިމާސްކު އަޅައިގެން ހުންނަ މީހާ ދައްކާ ވާހަކަ އިތުރު 8 ބަހަށް ތަރުޖަމާކުރުމުގެ ޤާބިލުކަން ލިބިފައިވާ މާސްކެކެވެ. 

ޕްލާސްޓިކު ހުދު މާސްކަކީ އާދައިގެ މާސްކުތައް މަތިން އަޅާ ގޮތަށް ފަރުމާކޮށްފައިވާ މާސްކެކެވެ. މިމާސްކު ފޯނާ ގުޅަނީ ބްލޫޓޫތުންނެވެ. ސްމާޓު ފޯނެއް ނުވަތަ ޓެބްލަޓަކާ ބުލޫޓޫތު މެދުވެރިކޮށް މިމާސްކު ގުޅުވައިލުމުން ދައްކާ ވާހަކަ ލިޔުމަށް ފޯނުގައި އިންނަ ސޮފްޓުވެއާއެއް މެދުވެރިކޮށް ބަދަލުކުރެއެވެ. އަދި މާސްކު އަޅާ މީހާގެ އަޑުވެސް އިތުރަށް ގަދަކޮށްދީ ސާފުވާ ގޮތް ހަދައިދެއެވެ. 

ޑޯނަޓު ރޮބޮޓިކްސްގެ ސީއީއޯ ޓައިސޫކޭ އޮނޯ ވިދާޅުވީ އެކުންފުންޏަކީ ރޮބޮޓެއް އުފެއްދުމަށް ވަރަށް ގިނަ އަހަރު ބުރަ މަސައްކަތްތަކެއް ކުރި ކުންފުންޏެއް ކަމުގައެވެ. އަދި ކޮރޯނާވައިރަހާއެކު ޢާންމު ދިރިއުޅުމަށް އައި ބަދަލުތަކާ ގުޅޭ ޓެކްނޮލޮޖީއެއް އުފެއްދުމުގައި އެތަޖުރިބާ ބޭނުން ހިފި ކަމުގައިވެސް ވިދާޅުވިއެވެ. 

މިމާސްކުގެ ވިސްނުމަކީ ކޮރޯނާވައިރަސްގެ ވަބާގެ އިޤުތިޞާދީ ދަތިކަމުގެ ތެރެއިން ކުންފުނި ސަލާމަތްކުރެވޭނެ ގޮތްތަކާ މެދު ވިސްނުމުގެ ތެރެއިން އެކުންފުނީގެ އިންޖިނިއަރުން އީޖާދުކުރި ވިސްނުމެކެވެ. ކޮރޯނާވައިރަސް ވަބާ މެދުވިއިރު މިކުންފުނިން ދިޔައީ ޖަޕާނުގެ ޓޯކިޔޯގެ ހަނެޑާ ވައިގެ ބަނދަރަށް ބޭނުންވާ ރޮބޮޓު ގައިޑުން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ. ނަމަވެސް ވަބާގެ ސަބަބުން ވައިގެ ދަތުރުފަތުރުތައް ހުއްޓުމާ ގުޅިގެން އެމަޝްރޫޢުވަނީ މަޑުޖެހިފައެވެ. 

އެކުންފުނިން ބުނި ގޮތުގައި ޖަޕާނުގެ ބާޒާރަށް "ސްމާޓު" މާސްކުތަކުގެ 5،000 މާސްކު އަންނަ ސެޕްޓެންބަރު މަހުގައި ނެރޭނެއެވެ. އަދި ޗައިނާއާއި އެމެރިކާގެ އިތުރުން ވިލާތުގެ ޤައުމުތަކުގައިވެސް މިމާސްކު ވިއްކުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. 

މިކުންފުނިން ބުނި ގޮތުގައި މިމާސްކުތައް ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުންދަނީ މާސްކެއް 40 ޑޮލަރުގެ ރޭޓުންނެވެ. އަދި އެކުންފުނިން ބުނި ގޮތުގައި އެކުންފުނިން މިމާސްކު ނެރެ ފައިދާ ހޯދުމަށް ނިންމަނީ އެކުންފުނިން ތަޢާރަފުކުރާ ސޮފްޓުވެއާއަށް ސަބްސްކުރައިބުކުރުމުންނެވެ. 

އޮނޯއިން ބުނި ގޮތުގައި މިމާސްކު އުފެއްދުމަށް އެކުންފުނިންވަނީ 260،000 ޑޮލަރު ހޭދަކޮށްފައެވެ. އެފައިސާ ހޯދީ އެކުންފުނީގެ ހިއްސާ ޖަޕާނުގެ ކްރައުޑުފަންޑިން މަންސަ ފަންޑިންނޯގައި ވިއްކައިގެންނެވެ. އެއީ ގާތްގަނޑަކަށް ޖަޕާނު ޔެންއިން ބަލާއިރު 28 މިލިއަން ޔެންއެވެ. 

ކިޔުންތެރިންގެ ހިޔާލު