Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަން މިރޭ ރާއްޖެއަށް ފެންނާނެ

ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަން (އައި.އެސް.އެސް) މިރޭ ރާއްޖެއަށް ފެންނާނެއެވެ.
މިރޭ 18:50 ގައި ޖައްވީ ސްޓޭޝަން ރާއްޖޭގައި ތިބޭއިރު ފެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ޖައްވީ ސްޓޭޝަން ފެންނާނީ އަލިގަދަކޮށް ބާރަށް ދަތުރުކުރާ މަތިންދާ ބޯޓެއް ފަދައިންނެވެ.
ޖައްވީ ސްޓޭޝަން ޤާއިމް ކުރެވެން ފެށުނީ 1990 އަހަރުތަކުގެ ތެރޭގައެވެ. އެކި ޤައުމުތަކުގެ ސައިންޓިސްޓުން ޖައްވީ ސްޓޭޝަންގައި ތަފާތު ތަހުލީލުތަށް ކުރުމަގައި ހަރަކާތްތެރިވެއެވެ.
އާންމު ގޮތެއްގައި ޖައްވީ ސްޓޭޝަންގައި އެއްފަހަރާ 3 އާއި 6 އާއި ދެމެދު މީހުން ތިބެއެވެ. އަދި 3 މަހާއި 6 މަހާއި ދެމެދުގެ މުއްދަތަކަށް އެތާނގައި މަސައްކަތް ކުރެއެވެ.
މި ލިއުމާއި ގުޅޭ