Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

އިންޑިއާ ކަނޑުގެ 4 މޭލު އަޑިން މީގެ ކުރިން ނުފެންނަ ބާވަތެއްގެ ބޯވައެއް ފެނިއްޖެ

އިންޑިއާ ކަނޑުގެ 4.3 މޭލު އަޑިން މީގެ ކުރިން ނުފެންނަ ބާވަތެއްގެ ބޯވައެއްގެ ފޮޓޯ ސައިންސްވެރިން ނަގައިފިއެވެ.
މިއީ ކަނޑުގެ މިހާ އަޑިން ބޯވައެއްގެ ފޮޓޯ ނެގި ފުރަތަމަ ފަހަރެވެ. ބޯވައިގެ ފޮޓޯ ނަގާފައިވަނީ ކަނޑުގެ އަޑިއަށް ދޫކޮށްފައިވާ ކެމެރާ ސިސްޓަމެއްގެ އެހީގައެވެ. އަލަށް މި ފެނުނު ބޯވައަކީ "ޑަމްބޯ އޮކްޓޮޕަސް" ގެ ނަމުން ނަންދީފައިވާ ބާވަތެއްގެ ބޯވައެކެވެ. އެ ނަން ދީފައިވަނީ، އެ ބޯވައިގެ ބޮޑު ކަންފަތެއް ހުންނާތީއެވެ. އަދި އެ ކަންފަތް އެންމެ ބޮޑަށް ވައްތަރީ ޑިޒްނީ ގެ ކާޓޫނެއް ކަމަށްވާ ޑަމްބޯ ކާޓޫނުގައި އުޅޭ އެތުގެ ކަންފަތާއިއެވެ.
މި ބޯވަ ފެނުނު ސައިންސްވެރިން ވަނީ ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގެ ކަނޑު އަޑީގެ އެކި ހިސާބުތަކުގައި މިގޮތަށް ދިރާސާކޮށްފައެވެ. އަދި ކަނޑުގެ އެކި ހިސާބުތަކުގައި އުޅޭ މަސްމަހާމެއްސާއި އެހިނިހެން ސޫފިތައް އުޅޭ ސަރަހައްދުތަށް ވަނީ ދެނެގަނެވިފައެވެ.
ނަމަވެސް، އެ ސައިންސްވެރިންނަށް މިހާތަނަށް ފެނުނު އެންމެ އާދަޔާ ހިލާފު އެއްޗަކީ މި ބޯވަކަމަށް މީޑިއާތަކަށް މައުލޫމާތު ދެމުން، މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ މެރިން އެކޮލޮޖިސްޓް އަލަން ޖެމީސަން ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ