Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

އިޖުތިމާޢީ ގައިދުރުކަން ތަންފީޒުކުރުމަށް ދެކުނު ކޮރެއާގެ ރެސްޓޯރެންޓެއްގައި ރޮބޮޓު ވެއިޓަރުން

ދެކުނު ކޮރެއާގެ ޑައިޖިއޯން ނަމަކަށް ކިޔުނު ކެފޭގައި ބަރިސްޓާއެއްގެ ގޮތުގައި ހަރަކާތްތެރިވާ ރޮބޮޓު، ކެފޭއިން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާ ދިމާލަށް ދަތުރުކުރަނީ ސަމާލުކަން ދިނުމާއެކު، ހަލުއިކޮށެވެ.
"މިއީ ތިބާ އެދުނު އަލްމަންޑް ޓީ ލަޓޭ، މިބުއިން ކަމުދާނެ ކަމަށް އުންމީދުކުރަން، ކުޑަކޮށް ސަމުސަލުން ތަޅުވާލައި އެއްކޮށްލީމާ ރަހަ މިހާރަށްވުރެވެސް މީރުވާނެ" އެރޮބޮޓު ކަސްޓަމަރާ މުޚާޠަބުކޮށް ބުނެއެވެ. ރޮބޮޓުގައި ހަރުކޮށްފައި ހުރި ޓުރޭއެއްގެ މަތީގައި އޯޑަރުދިން ކަޅުސައި ތަށި އިނެވެ.
ދެކުނުކޮރެއާގައި 11،000 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހި 267 މީހުން މަރުވުމަށްފަހު ވައިރަސް ފެތުރުން އެޤައުމުންވަނީ ހަނަމަތަކޮށްފައެވެ. އަދި ޢާންމު ދިރިއުޅުމުގައި އިޖުތިމާޢީ ގައިދުރުކަން ތަންފީޒުކުރުމާއެކު، އާދައިގެ ދިރިއުޅުމަކަށް ދިއުމުގެ މަސައްކަތް އެޤައުމުންވަނީ ފަށާފައެވެ.
ރޮބޮޓު އުފައްސާ ކުންފުންޏެއް ކަމުގައިވާ ވިޝަން ސެމިކޮންގެ ރިސާޗު ޑިރެކްޓަރު ލީ ޑޮންގބާއެ ރޮއިޓާސް ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރޮބޮޓު ބޭނުންކުރުމުން ގައިދުރުކަން ތަންފީޒުކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައެވެ. ވެއިޓަރު ރޮބޮޓު އުފައްދާފައިވަނީ ވިޝަން ސެމިކޮންގާއި ސަރުކާރުގެ ސައެންސް މުއައްސަސާއެއް ގުޅިގެންނެވެ.
އޭނާ މަޢުލޫމާތު ދެއްވި ގޮތުގައި މިރޮބޮޓު ނިޒާމަކީ އޯޑަރު ދިނުމުން ފެށިގެން ގޮސް އޯޑަރު ދިން ތަކެތި މޭޒާ ހަމައަށް ގެނައުމާ ހަމައަށް އިންސާނެއްގެ އެއްވެސް އިރުޝާދެއް ބޭނުންނުވާ ނިޒާމެކެވެ. އަދި އިތުރަށް އިންސާނުންގެ ބައިވެރިވުމެއް ނެތި ހަރަކާތްކުރާ ނިޒާމެކެވެ. އަދި ރެސްޓޯރެންޓުގެ ގޮނޑިމޭޒު އަތުރާލެވެނީ ރޮބޮޓުތަކަށް ހަރަކާތްކުރަން ފަސޭހަވާނެ ގޮތަށެވެ.
މިރޮބޮޓު ނިޒާމަކީ ހަމައެކަނި ރޮބޮޓު ވެއިޓަރުންގެ މައްޗަށް އެކުލެވޭ ނިޒާމެއް ނޫނެވެ. ކޮފީ ތައްޔާރުކުރަނީވެސް މިރޮބޮޓުތަކެވެ. އެގޮތުން ކޮފީ ތައްޔާރުކުރާ ރޮބޮޑޮޓަށް ޖުމްލަ 60 ވައްތަރުގެ ކޮފީ ތައްޔާރުކުރެވެއެވެ. އެއަށްފަހު ރޮބޮޓު އެކޮފީ ކަސްޓަމަރާ ހަމައަށް އުފުލައެވެ. މިރޮބޮޓުތަކަށް މުވާސަލާތުކޮށް މަޢުލޫމާތު އެއްކޮށް ހެދެއެވެ.
ހަ ބުއިމެއް ގެނައުމެއް ދިން އޯޑަރު މޭޒާ ހަމައަށް ވާސިލުވުމަށް ނެގީ އެންމެ 7 މިނިޓު ކަމުގައި ރޮއިޓާސްގއި ރިޕޯޓުކޮށްފައިވެއވެެ. ދެފަންގިފިލާއަށް ހުންނަ މިކެފޭގައި މިހާުރ މަސައްކަތްކުރާ ހަމައެކަނި މުވައްޒަފަކީ ފޮނިކާތަކެތި ތައްޔާރުކުރާ މީހެކެވެ.
މިރޮބޮޓު އުފައްދާ ފަރާތުން އުންމީދުކުރާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން 30 ކެފޭއަކަށް މިރޮބޮޓު ފޯރުކޮށްދެވޭނެއެވެ. މިރޮބޮޓުތައް ތަޢާރަފުވުމާއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރުވަނީ ވަރަށް ބޮޑުވެފައެވެ.
މި ލިއުމާއި ގުޅޭ