Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ސްޕެއިނުން ޔަހޫދީން ބޭރުކުރުމުން އެމީހުންނަށް ހިމާޔަތް ދިނީ ކޮން ދައުލަތަކުން ކަން އެނގޭތަ؟

ތާރީޚުގައި "ސްޕްނިޝް އިންކުއިޒިޝަނު"ގެ ނަމުގައި ލިޔެވިފައިވާ އަނިޔާވެރި ޖަރީމާގައި ސުޕެއިނުގެ ޔަހޫދީން ޤަތުލުކޮށް އެމީހުން ޤައުމުން ފައްސައި ބޭރުކޮށްލުމުން އެމީހުންނަށް ހިމާޔަތްދިނީ އެޒަމާނުގެ އިސްލާމީ ޚިލާފަތް ކަމުގައިވާ ޢުސްމާނީ ޚިލާފަތުންނެވެ.
ސުޕެއިނުން އެޤައުމުގެ މުސްލިމުންނާއި ޔަހޫދީން އެޤައުމުން ބޭރުކޮށް އެމީހުން ޤަތުލުކުރަން ފެށީ، 1492 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އަދި އެއިރު އިސްލާމީ ޚިލާފަތުގެ ޚަލީފާއެއް ކަމުގައި ހުންނެވި ސުލްޠާން ބާޔެޒީދް 2، ޢުސްމާނީ ޚިލާފަތުގެ ކަނޑުގެ ލަޝްކަރުތައް، ޢެޑްމިރަލް ކާމިލް ރެއިސްގެ ޤިޔާދަތުގައި ސުޕެއިނަށް ފޮނުއްވިއެވެ. މިލަޝްކަރުގެ ބޭނުމަކީ ސުޕެއިނުގެ ބިންތަކުން ބޭރުކޮށްލެވުނު ޔަހޫދީންނާއި މުސްލިމުން ޢުސްމާނީ ޚިލާފަތުގެ ބިންތަކަށް ސަލާމަތްތެރިކަމާއެކު ގެނައުމެވެ.
ޢުސްމާނީންގެ ޢަސްކަރީ އުޅަނދުގައި އިސްލާމީ ޚިލާފަތުގެ ރައްކާތެރިކަމާއި ހިމާޔަތުގެ ހިޔާވެހިކަމަށް 150،000 އަށްވުރެ ގިނަ ޔަހޫދީން އެދުނެވެ. ސުލްޠާން ބާޔިޒިދުގެ ފަރުމާނުކޮޅުތަކެއް ޚިލާފަތުގެ ހުރިހާ ސަރހައްދުތަކަށް ފޮނުއްވިއެވެ. އެއީ މިބިންތަކަށް ހިޖުރަކުރާ މުހާޖިރުންނަށް މަރުހަބާކިޔުމަށް އަންގަވައި ފޮނުއްވި ފަރުމާނުތަކެކެވެ. ފަރުމާނަކީ ޚަލީފާގެ އަމުރުފުޅު އެކުލެވޭ ލިޔުމަށް ޢުސްމާނީ ޚިލާފަތުގައި ކިޔައިއުޅުނު ނަމެކެވެ.
އަދި މިފަރުމާނުކޮޅުގައި ޔަހޫދިންނަށް މުޚާޠަބުކުރައްވައި ޚަލީފާ ވިދާޅުވެފައިވަނީ އިބްރާހީމްގެފާނާއި ޔަޢުޤޫބުގެފާނުގެ ދަރިންނަށް އަޅައިލާ، އެމީހުންނަށް ކާބޯތަކެތި ފޯރުކޯށްދީ، ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ މާތްﷲގެ އަމުރުފުޅެއް ކަމުގައެވެ. އަދި އިސްތަންބޫލަށް އައިސް ޞުލްޙަވެރިކަމާއި ރައްކާތެރިކަމާއެކު އެޝަހަރުގައި ދިރިއުޅެ، ވައްތީނި ގަހުގެ ހިޔަލުގައި އެބައިމީހުން ވިޔަފާރިކޮށް، މުދާ މިލްކުކުރަންވީ ކަމުގައިވެސް ޚަލީފާ ލިޔުއްވިއެވެ.
އަދި ސުލްޠާން ބާޔިޒިދުގެ ފަރާތްޕުޅުން ވިލާތުގައި ހުރި ޢުސްމާނީ ޚިލާފަތުގެ ރަށްތަކުގެ ހުރިހާ އަމީރުންނާއި ވާލީންނަށް ފަރުމާނެއް ފޮނުއްވިއެވެ. އެފަރުމާނުގައި ޚަލީފާ އަމުރުކުރައްވާފައިވަނީ ސުޕެއިނުން ބޭރުކޮށްލުމުން ހިޖުރަކުރާ މުހާޖިރުން ޢުސްމާނީ ބިންތަކަށްވަނުން މަނާނުކުރުމަށެވެ. އަދި އޯގާތެރިކަމާއެކު އެމީހުންނަށް މަރުހަބާ ކިޔުމަށްވެސް އަމުރުކުރައްވާފައިވެއެވެ. އަދި ޔަހޫދީންނާމެދު އިހާނެތިކޮށް ކަންކޮށް، އެމީހުން ޚިލާފަތުގެ ބިންތަކަށް ވަނުން މަނާކުރާ އެންމެނަށް ޚަލީފާގެ އިންޒާރު ދެއްވިއެވެ.
އަދި ސްޕެއިނުގެ ރަސްގެފާނު ފާޑިނޭންޑް އަދި ރާނީ އިޒަބެއްލާ އެޤައުމުގެ ޔަހޫދީންނާމެދު ކަންކުރި ގޮތާމެދު ޚަލީފާ އެ ދެ ބޭފުޅުންނަށް އާޑަވިދާޅުވިއެވެ. އެގޮތުން ޚަލީފާގެ ދަރުބާރުގެ ޙާޒިރީންނަށް ވިދާޅުވި ކަމަށްވަނީ "ތިޔަބައިމީހުން ފާޑިނާންޑަކީ ހިކުމަތްތެރިއެއް ކަމުގައި ބުނަމުއެވެ. އޭނާއަކީ އޭނާގެ އަމިއްލަ ވަޠަން ފަޤީރުކޮށް އަހުރެންގެ ވަޠަނަށް މުއްސަނދިކަން ގެނައި މީހެކެވެ."
މި ލިއުމާއި ގުޅޭ