Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ގޭޓްސް ފައުންޑޭޝަންގެ މުޅި ސަމާލުކަން ކޮރޯނާ ވައިރަހަށް

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސްއާއި އޭނާގެ އަންހެނުން މެލިންޑާ ގޭޓްސް، ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުގެ ހުރިހާ ސަމާލުކަމެއް ކޮރޯނާ ވައިރަހަށް ޚާއްޞަކުރަން ނިންމާފައިވާ ކަމުގައި ބިލް ގޭޓްސް ބުނެފިއެވެ.
ބިލް ގޭޓްސް މިފަދައިން ބުނެފައިވަނީ އެމެރިކާގެ ސިއެޓްލްގައި ހުންނަ އޭނާގެ ގޭގައި ހުރެ، ފައިނޭންޝަލް ޓައިމްސް ނޫހަށް ދިން ބަސްދީގަތުމެއްގައެވެ. އޭނާ ބުނެފައިވަނީ ހަމައެކަނި ކޮރޯނާ ވައިރަސްގެ ކަންކަމަށް މުޅި ފައުންޑޭޝަނުގެ މަސައްކަތް އަމާޒުކުރުމުން ޢާންމު ޞިއްޙަތާ ގުޅުންހުރި އެހެން ދާއިރާތަކުގައި އެފައުންޑޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމުގައެވެ. ނަމަވެސް މިވަގުތުގެ ޙާލަތަށް ބަލައި އެގޮތަށް ކަންކަން ގެންދިއުމަށް ނިންމާފައިވާ ކަމުގައިވެސް އޭނާ ބުންޏެވެ.
ގޭޓްސް ފައުންޑޭޝަނަކީ އެހީތެރިކަމުގެ މަސައްކަތްތަކަށް ޚާއްޞަ ފައުންޑޭޝަންތަކުގެ ތެރެއިން އެންމެ ތަނަވަސް ފައުންޑޭޝަނެވެ. މިފައުންޑޭޝަނުން ހޭދަކުރުމަށް 40 ބިލިއަން ޑޮލަރު ޚާއްޞަކޮށްފައިވެއެވެ. މުޅި ފައުންޑޭޝަންގެ ހުރިހާ ސަމާލުކަމެއް ފެތުރެމުންދާ ވަބާއަށް ޚާއްޞަކުރާއިރު، މިވަބާގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ދިހަސް (ޓެންސް) ޓްރިލއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމުގައި ބިލް ގޭޓްސް އަންދާޒާކުރެއެވެ.
ފައިނޭންޝަލް ޓައިމްސަށް މަޢުލޫމާތު ދެމުން ބިލް ގޭޓްސް ބުނެފައިވަނީ އޭނާއަށް ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް އެތައް އހަަރަކަށް ދުނިޔޭގެ އިޤުތިޞާދު މަޑުޖެހިފައި އިންނާނެ ކަމުގައެވެ. އިޤުތިޞާދީ ހަރަކާތް ވަރަށް ބޮޑަށް މަދުވާނެ ކަމަށްވެސް އޭނާ ލަފާކުރެއެވެ.
އޭގެ އިތުރަށް އޭނާގެ ފައުންޑޭޝަނުން ކުރަމުންދާ ޞިއްޙީ ދާއިރާގެ މަސައްކަތްތަކަށް އަލިއަޅުވައިލަމުން ބިލް ފާހަގަކުރި ގޮތުގައި، އެއިޑްސް ބޭހެއްގެ މަސައްކަތާއި، ހިމަބިހީގެ ވެކްސިން ޢާންމުކުރުމާއި، ޕޯލިއޯ ދުނިޔެއިން ނައްތާލުމަށް ހިންގާ ޕްރޮގުރާމުތަކަށް މިކަމުގެ ސަބަބުން އަސަރުކުރާނެއެވެ. އަދި އެތައް ބައަކަށް ފުރަބަންދުތަކުގެ ސަބަބުން ވެކްސިން ނުލިބޭނެ ކަމުގައިވެސް އޭނާ ފާހަގަކުރިއެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޞިއްހީ ދާއިރާގެ އެހެން ޖަމްޢިއްޔާ ޖަމާޢާތްތަކާއެކު ގޭޓްސް ފައުންޑޭޝަނުންވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ފަށާ މަސައްކަތުގައި ބައިވެރިވުމަށް ނިންމާފައެވެ. އެއީ ޓެސްޓުކުރާ އާލާތްތަކާއި، ވެކްސިން އަދި ބޭސް އުފެއްދުމުގައި ގުޅިގެން މަސައްކަތްތަކެއް ކުރުމަށެވެ. އެގޮތުން މޭ މަހުގެ 5 ވަނަ ދުވަހު މިހުރިހާ ޖަމްޢިއްޔާތަކެއް ބައިވެރިވާ ބައްދަލުވުމެއްގައި 8 ބިލިއަން ޑޮލަރު މިކަމަށް ޚަރަދުކުރުމަށް ހޯދުމަށް އެއްބަސްވެ ވަޢުދުވުމަށްވަނީ ނިންމާފައެވެ.
މި ލިއުމާއި ގުޅޭ