Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

މި ދުވަސްކޮޅު ކުވައިތުގެ މިސްކިތްތަކުގައި ގޮވާ ބަންގި ތަފާތީ ކީއްވެކަން އެނގޭތަ؟

ކުވައިތަކީ ގަލްފުގައި އޮންނަ ކުޑަކުޑަ ޢަރަބި އިސްލާމީ ޤައުމެކެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ މިކުޑަ ޤައުމު ގިނަ ބައެއްގެ ސަމާލުކަމަށް މިހާރު އައިސްގެން އުޅެނީ ކުވައިތުގައި ބަންގި ގޮވާ ގޮތަށް ތަފާތެއް އައިސްގެން އުޅޭތީއެވެ. އެމަންޒަރާއި އަޑު ފެންނަ ވީޑިޔޯތައް މީސްމީޑިޔާގައި ފެތުރިފައިވެއެވެ. ގިނަ ފަރާތްތަކަށް މިވެގެން އުޅޭ ގޮތެއް ނޭނގެއެވެ.
ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ކުވައިތު ސަރުކާރުން ޚާއްޞަ ނިންމުންތަކެއް ނިންމިއެވެ. އެގޮތުން އެޤައުމުގެ އިސްލާމީ ކަންކަމާ ބެހޭ ވުޒާރާގެ ފަތުވާ މަޖިލިހުން ނެރެފައިވާ ފަތުވާއާއި އަދި އެޤައުމުގެ ޞިއްޙީ އިދާރާތަކާއި ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކެއްގެ އެންގުންތަކާއި އިރުޝާދުތަކުގެ މައްޗަށް ބިނާކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޤައުމުން ނިންމާފައިވަނީ ޖަމާޢަތުގެ ނަމާދު ވަގުތީ ގޮތުން މެދުކަނޑައިލުމަށެވެ.
ޖަމާޢަތުގެ ނަމާދު މިސްކިތުގައި ކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމުގައި އިސްލާމްދީނުގެ އެތައް ނައްޞަކަށާއި، އުޞޫލީ ދަލީލުތަކަށް އެޤައުމުގެ ފަތުވާ ކޮމިޓީން ރިޢާޔަތްކޮށްފައިވެއެވެ. އަދި އިހުގެ އެތައް ޢިލްމުވެރިންނެއް ދެއްވާފައިވާ ފަތުވާތަކަށްވެސް އިޝާރާތްކޮށްފައިވެއެވެ.
ފަރުޟު ނަމާދުތައް ޖަމާޢަތުގައި ކުރުން މަޑުޖައްސައިލި ނަމަވެސް ހުރިހާ ނަމާދަކަށްވެސް މިސްކިތުގައި ބަންގި ގޮވައެވެ. ބަންގިއަށް ބަދަލެއް ގެނައި ކަމުގައި ހީވެގެން މިއުޅެނީ ފެތުރެމުންދާ ވީޑިޔޯތަކުގައި އަޑު އިވޭ ޢިބާރާތެއްގެ ސަބަބުންނެވެ. އެއީ "އަލާ ޞައްލޫ ފިއް ރިޙާލި" މިޢިބާރާތެވެ. މިޢިބާރާތަކީ ބަންގީގެ ބައެއްގެ ގޮތުގައި ކިޔާ ޢިބާރާތެއް ނޫނެވެ. މިޢިބާރާތް ކިޔުމަށް ކުވައިތުގެ އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން އަންގާފައިވަނީ ބަންގިއަށް ފަހުގައެވެ. ނުވަތަ ބަންގީގެ ނިމުމާ ގުޅިގެންނެވެ.
ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑައިލުމުގެ އިތުރަށް މިސްކިތްތައް ވަގުތީ ގޮތުން ބަންދުކުރުމާއެކު، ހުކުރު ނަމާދުވެސް ވަގުތީ ގޮތުން ހުއްޓާލުމަށް ކުވައިތު ސަރުކާރުން ނިންމާފައިވެއެވެ. މިނިންމުމަށް އެޤައުމުގައި ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.
މި ލިއުމާއި ގުޅޭ