Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ކުއްތާ ތަކުގެ ނޭފަތުން މާހައުލުގައި ހުންނަ ހޫނު މިންވަރު ދެނެގަނެވޭ: ދިރާސާ

ކުއްތާތަކުގެ ނޭފަތުން، ވަށައިގެންވާ މާހައުލުގައި ހުންނަ ހޫނު މިންވަރު ދެނެގަނެވޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ސްވިޑެންގެ ލުންޑު ޔުނިވަސިޓީއާއި ހަންގޭރީގެ އެއޮޓޮވޮސް ލޮރެންޑް ޔުނިވަސިޓީގެ ސައިންޓިސްޓުންތަކެއް ހެދި މި ދިރާސާއިން ދައްކާގޮތުން، ކުއްތާ ތަކުގެ ނޭފަތުން، ވަށައިގެންވާ މާހައުލުގެ ހޫނުކަން ދެނެގަނެވޭކަމަށެވެ. މިގޮތުން ކައިރި ހިސާބެއްގައި އެހެން ޖަނަވާރެއް އުޅުނަސް އޭގެ ހޫނުކަންވެސް ކުއްތާތަކަށް ދެނެގަނެވޭކަމަށެވެ. އަދި ކުއްތާގެ ނޭފަތް މަސައްކަތް ކުރަނީ އިންފްރާރެޑް ސެންސަރެއެއްގެ ގޮތުގައިކަމަށްވެސް ސައިންޓިސްޓުން ބުނެފައިވެއެވެ.
އަދި މި ހިއްސުގެ ސަބަބުން، ފެނުމާއި އަޑު އިވުން އަދި ވަސްބެލުން ފަދަ ހިއްސުތަކުގެ ބާރު ދަށްވިނަމަވެސް ކުއްތާތަކަށް ކައިރީގައި އެހެން ޖަނަވާރުން އުޅޭކަން ދެނެގަނެވޭނެއެވެ. މީގެ އިތުރުން، ކައިރީގައި އުޅޭ ޖަނަވާރުތައް އުޅޭ ނުޅޭ ގޮތްވެސް ކުއްތާތަކަށް ދެނެގަނެވޭނެއެވެ.
މި ދިރާސާ ހެދި ސައިންޓިސްތުން ބުނެފައިވާ ގޮތުގައި ކުއްތާތަކުގެ އިތުރުން އެހެނިހެން ބައެއް ޖަނަވާރުންނަށްވެސް މިގޮތަށް ހޫނުކަން ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ.
ކުއްތާ އަކީ ވަސްބެލުމުގެ ހިއްސުވެސް ވަރަށް ވަރުގަދަ ޖަނަވާރެކެވެ. ވަރަށް ގިނަ ޤައުމުތަކުގެ ފުލުހުން ކުއްތާތަށް މަސްތުވާތަކެއްޗާއި ގޮވާތަކެތި ދެނެގަތުމަށް ކުއްތާ ބޭނުންކުރެއެވެ.
މި ލިއުމާއި ގުޅޭ