Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮކާކޯލާ

ބިއްލޫރި ފުޅިން ކޯކު ބުއިމުން ރަހަ ތަފާތުވަނީ ކީއްވެ؟

ކޮކާކޯލާ އަކީ ދިވެހިންގެ ތެރޭގައި މަޤްބޫލު ބުއިމެކެވެ. ކޮފީއާއި ކަޅު ސަޔަށްފަހު ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލީ ކޮކާކޯލާއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ކޯކާކޯލާ ބާޒާރުގައި ވިއްކަނީ ދަޅު، ޕްލާސްޓިކްފުޅި އަދި ބިއްލޫރި ފުޅީގައި ބަންދުކޮށްގެންނެވެ. އާންމުކޮށް ކޯކު ބޯމީހެއް ނަމަ، ބިއްލޫރި ފުޅީގައި ހުންނަ ކޯކުގެ ރަހަ ތަފާތުކަން އިހުސާސް ކުރެވޭނެއެވެ. ބައެއް މީހުން ބުނާގޮތުގައި ބިއްލޫރި ފުޅީގައި ހުންނަ ކޯކު މާމީރެވެ. ކޮކާކޯލާއިން ބުނާގޮތުން ހުރިހާ އެއްޗެއްގައިވެސް ބޭނުން ކުރަނީ އެއް މާއްދާތަކެކެވެ. އެއް ފޯމިއުލާއެކެވެ. އެހެން ކަމުން ބިއްލޫރި ފުޅީގައި ހުންނަ ކޯކު މީރުވާން ޖެހެނީ ކީއްވެހެއްޔެވެ؟
ސައިންސްވެރިން ވިދާޅުވާ ގޮތުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތަކުގައި ހުންނަ މާއްދާތައް ޕްލާސްޓިކްގައި ހުންނަ މާއްދާތަކާއި އެކުވުމުން ރަހައަށް ބަދަލު އާދެއެވެ. އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ ބުއިންތަކުގައިވެސް، މިގޮތަށްވެއެވެ. އާންމުކޮށް ދަޅު އަދި ފުޅީގައި ބުއިންތައް ބަންދުކުރާއިރު މިގޮތަށް ނުވާނެހެން އެކި ކުންފުނިތަކުން ހަދައެވެ. ނަމަވެސް އެއްވެސް މިންވަރަކަށް ރަހައަށް ބަދަލެއް ނާންނަ ގޮތަށް ހެދުމަކީ ކުރެވޭ ކަމެއް ނޫނެވެ.
މިއާއި ހިލާފަށް ބިއްލޫރި ފުޅީގައި ބަންދުކޮށްފައި ހުންނަ އިރު މިގޮތަކަށް ނުވެއެވެ. ބިއްލޫރީގައި، ހުންނަ އެއްވެސް މާއްދާއެއް ބުއިމުގައި ހުންނަ މާއްދާއަކާއި އެކެއް ނުވާނެއެވެ. އެހެން ކަމުން ރަހަައަށް ބަދަލެއް ނާންނާނެވެ. ބިއްލޫރި ފުޅީގައި ހުންނަ ކޯކު މާ މީރޭ ގިނަ މީހުން ބުނަނީ މިހެންވެއެވެ.
ކޮކާކޯލާ އަކީ ބޯލަން މީރު އެއްޗެއް ނަމަވެސް، ހަށިގަނޑަށް ނުހަނު ގެއްލުން ލިބޭ ބުއިމެއްކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ.
މި ލިއުމާއި ގުޅޭ