Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

އަލަށް ފެށުނު އަހަރުގައި ޤާހިރާއަށް ޒިޔާރަތްކުރަންވީ ކީއްވެ؟

މީލާދީ ސަނަތުން 969ވަނަ އަހަރުގައި ބިނާކުރެވުނު ޤާހިރާއަކީ، މިޞްރުގެ 2000 އަހަރުވީ ޤަދީމީ އަހުރާމުތަކާ އަޅާބަލާއިރު ޢުމުރު ކުރު ޝަހަރެކެވެ. ނަމަވެސް އެޝަހަރަކީ އެޝަހަރުގެ ކުރު ޢުމުރުގައިމެ، ގިނަ ކަންތައްތަކެއް ތަޖުރިބާކޮށްފައިވާ ޝަހަރެކެވެ. ޞަލާޙުއްދީނުލް އައްޔޫބީގެ ރަސްކަމާއި، ޢުސްމާނީ ޚިލާފަތާއި، ފަރަންސޭސިންނާއި އިނގިރޭސިންގެ އިސްތިޢުމާރެވެ. އަދި މުޅި މިޞްރުގެ ތާރީޚު ބަދަލުކޮށްލި އިންޤިލާބީ ހަރަކާތްތަކެވެ.
އެންމެ ޙަޟާރަތެއްގެ ތާރީޚު އެއްތަނަކުން ދައްކައިދިނުމަށް ބިނާކުރެވޭ އެންމެ ބޮޑު މިއުޒިއަމް ވަރަށް އަވަހަށް ހުޅުވޭނެއެވެ. އެއީ ޤާހިރާގައި ހުޅުވޭ ޤާހިރާގެ ބޮޑު މިއުޒިއަމެވެ. ޖީޒާގެ އަހުރާމްތަކާ ގާތް ގަނޑަކަށް އެންމެ ދެ ކިލޯމީޓަރު ދުރުމިނުގައި ހުޅުވޭ މި އައު މިއުޒިއަމަކީ މިޞްރުގެ ރައްޔިތުން ވަރަށް ބޮޑަށް ޝައުޤުވެރިކަމާއެކު އިންތިޒާރުކުރާ މިއުޒިއަމެކެވެ. އެއީ އެބައިމީހުންގެ ޤަދީމީ ޙަޟާރަތުގެ އާސާރުތަކާއި ކަންޒުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެޤައުމަށް ޒިޔާރަތްކުރާ ފަރާތްތަކާ ހިއްސާކުރުމުގެ އައު ފުރުޞަތެއް ފަހިވެގެންދާތީއެވެ.
މިޞްރުގެ ޤަދީމީ ޙަޟާރަތުގެ އާސާރުތަކުގެ ތެރެއިން ކުރިން ޢާންމުންނަށް ނުފެންނަ ވަރަށް ގިނަ ތަކެތި މިމިއުޒިއަމާއެކު ފެނިގެންދާނެއެވެ. މިޞްރުގެ ކުރީގެ މިއުޒިއަމުގައި ޖާގަ ނެތުމުގެ ސަބަބުން ވަރަށް ބައިވަރު އާސާރުތައް ރައްކާކުރެވިފައިވަނީ ޢާންމުންނަށް ނުފެންނަ ގޮތަށެވެ. ނަމަވެސް މިހުރިހާ ތަކެތި އައު މިއުޒިއަމުގައި ފެންނާނެހެން ބަހައްޓާނެ ކަމުގައި މިޞްރު ސަރުކާރުން ބުނެފައިވެއެވެ.
2011ވަނަ އަހަރުގެ ޖަނަވަރީގައި މިޞްރަށް އައި އިންޤިލާބާއެކު، މިޞްރުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ. މިޞްރުގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި ޤާހިރާގެ މޫނުމަތި އިތުރަށް ޗާލުކޮށް ދުނިޔޭގެ އެކި ހިސާބުތަކުން އާސާރީ ތަކެއްޗާއި ޤަދީމީ ޙަޟާރާތްތަކަށް ޝައުޤުވެރިވާ ފަރާތްތައް ޤާހިރާއަށް އަންނަ ސަބަބެއް ކަމުގައި މިއައު މިއުޒިއަމްވާނެއެވެ.
މީހުން ޤާހިރާއަށް ލޯބިކުރާ ސަބަބުތަކާ ގުޅޭ ގޮތުން 2010ވަނަ އަހަރުން ފެށިގެން ޤާހިރާގައި ދިރިއުޅެމުންދާ އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ލޯރެން ކޭ ކްލަރކް ލިޔެފައިވާ ގޮތުގައި ޤާހިރާގެ ޠަބީޢީ ދިރިއުޅުމާއި އެކި ފަންތީގެ މީހުން އެއް ޝަހަރެއްގައި ދިރިއުޅޭ އުޅުމުގެ ސަބަބުން އުފެދިފައިވާ ހަރަކާތްތެރިކަމަކީ އެޝަހަރާމެދު ގިނަ ބައެއްގެ ޝައުޤުވެރިކަން އުފެދޭ ކަމެކެވެ. އަދި އެޝަހަރުގެ ކޮންމެ ބައެއްގައިވެސް ވަކި ސަގާފަތެއް އަދި ވަކި އަސަރެއް ހުންނަ ކަމުގައިވެސް އޭނާ ބުންޏެވެ.
ކެއުމަށް ބަލާއިރު ޤާހިރާއަކީ ގިނަ ރެސްޓޯރެންޓުތަކެއް ހުރި ސިޓީއެކެވެ. އެގޮތުން ބައިނަލްއަޤުވާމީ ރަހަތަކާއި ޢަރަބި އެހެން ޤައުމުތަކުގެ ކެއްކުމާއި މިޞްރުގެ ސަގާފީ ކެއުންތައް ލިބޭނެ ރެސްޓޯރެންޓުތައް ޝަހަރުގެ އެކި ހިސާބުގައި އަލަށް ހުޅުވެމުންދެއެވެ. ސޫރިޔާ، ލުބުނާނުގެ އިތުރުން މިޞްރުގެ ތަފާތު ރަހަތައް ޝަހަރުގެ ކޮންމެ ދިމާލަކުންވެސް ތަޖުރިބާ ކޮށްލެވޭނެއެވެ.
2020ވަނަ އަހަރުގައި އައު މިއުޒިއަމާއެކު މިޞްރުވަނީ އެޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ޗާލުވެ ފަރިވެފައެވެ. މިއީ ޤާހިރާއަށް ޒިޔާރަތްކުރުމަށް އެންމެ ރަނގަޅު އަހަރެވެ.
މި ލިއުމާއި ގުޅޭ