Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

އެގް ޕެޕަރ ފުރައި

މިއީ 15 މިނިޓުތެރޭ ތައްޔާރުކޮށްލެވޭނެ އެހާމެ މީރު ރެސިޕީއެކެވެ.ބޭނުންވާނެ ތަކެތި: 1 މޭޒުމަތި ސަމުސާ ތެޔޮ،4 ބިސް، 1/2 ސައިސަމުސާ ރީނދޫ، 1 މޭޒުމަތީ ސަމުސާ އަސޭޔަމިރުސް އޮށް، ލޮނުކޮޅެއް،ގަރނިޝް ކުރުމަށް
ކޮރިއެންޑާރ ފަތް ކޮޅެއް، މިއެވެ.
ކުޑަ ތެއްޔަކަށް ފެން އެޅުމަށްފަހު އެފެނުގެ ތެރެޔަށް 4 ބިސް ލާނީއެވެ. އަދި ލޮނުކޮޅެއް އަޅާލާފައި ކައްކާލާނީއެވެ. ލޮނު އެޅުމުގެ ބޭނުމަކީ ބިހުގެ ތޮށީގައި ރެނދުނުލިޔަދިނުމަށެވެ. 10 މިނިޓަށް ފެނުކެއްކުމަށް ފަހު، އެބިސްތައް ނަގާ ތޮށިނޮޅާލާށެވެ.ކޮންމެ ބިހެއް 2 ފަޅިޔަށް ފަޅާލާށެވެ.ދެން ތަވަޔަކަށް 1 މޭޒުމަތީ ސަމުސާތެޔޮ އަޅާފާ މަޑުގިނީގައި ބަހައްޓައިގެން ހޫނުވުމުން މަޑުމުށިކުލައެއް އަރަންދެން ބިސްތައް ފިހެލާށެވެ.
ބިސްތައް ފިހެން ބަހައްޓާފައި، މިކްސަރަށް އަސޭޔަމިރުސްކޮޅު އަޅާލާފައި ކުޑަ ލޮނުކޮޅެއްލައިގެން ހިމުންކޮށް މުގުރާލާށެވެ. އަސޭޔަމިރުސް އަދި ލޮނު އަޅަންވާނީ ރަހަހެޔޮވަރު ކުރަން ބޭނުން މިންވަރަށެވެ.އެއަށްފަހު ކޮންމެ ބިސްފަޅިއެއްގެ މައްޗަށް މިމުގުރި ތަކެތި އަޅާލާނީއެވެ. ބިސްތަކުގައި ރަގަޅަށް ކޭއްތުން މުހިންމެވެ. ބިހުގައި މުށިކުލަގަދަވެ، ބިސްތައް ރަގަޅަށް ފިހެވުމުން ނަގާނީއެވެ.
ކޮރިއެންޑަރ ފަތްކޮޅެއް އުތުވާލާފައި ގަރނިޝްގެގޮތުގައި ބޭނުން ކުރެވިދާނެއެވެ.
.ބަތާއި ނުވަތަ ރޮށްޓާއި އެކީ ނުވަތަ ހުހާވެސް ކާލެވޭނެ ވަރަށް މީރު ޑިޝް އެކެވެ.
މި ލިއުމާއި ގުޅޭ