Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރުގެ ހަރަދު

ރިޔާސީ ޔޮޓު "އަރުމާޒު" ބަންނަން ކިހާވަރެއް ހަރަދުވިކަން އެނގޭތަ؟

ރިޔާސީ ޔޮޓެއް ގޮތުގައި ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ބަނދެފައިވާ ޔޮޓު "އަރުމާޒު" އަކީ އެއާއި މެދު ތަފާތު ގިނަ ގޮތްގޮތަށް މީގެ ކުރިން ވާހަކަދެކެވުނު ޔޮޓެކެވެ.
ޔޮޓާއި މެދު އެންމެ އަޑު ހަރުކޮށް ވާހަކަ ދެއްކީ ރައީސް މައުމޫނާއި ދެކޮޅަށް 2000 ގެ ކުރީކޮޅު ކުރެވުނު މުޒާހަރާތަކާއި ލިޔެފައިވާ ލިޔުންތަކުގައެވެ. 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައިވެސް އެ ޔޮޓުގެ އަގު ބޮޑު ވާހަކަ ވަރަށް ބޮޑަށް އޭރުގެ އިދިކޮޅު ފަރާތްތަކުން، ހާއްސަކޮށް މިހާރު ވެރިކަން ކުރަމުންދާ އެމްޑީޕީ އިން ދެއްކިއެވެ. އަދި އެ ޔޮޓަކީ ބުރުނާއި ރަސްގެފާނު ހަސަނުލް ބުލްކިއާއަށްވެސް އަގުބޮޑު ކަމުން ބައްލަވައިނުގަނެވުނު ޔޮޓެއް ކަމަށާއި، ރައީސް މައުމޫނަށް އެ ޔޮޓު ބައްލަވައިގަތުން މާ އުނދަގޫ ކަމަކަށް ނުވިކަމަށް އޭރު އެމްޑީޕީ އިން ބުންޏެވެ. އަދި އެ ވާހަކަތަށް އޭރު ގިނަ މީހުންނަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވުނެވެ.
އަރުމާޒު ޔޮޓަކީ އަގު ބޮޑު ޔޮޓެކެވެ. އެކަމަކު ބުރުނާއީ ގެ ރަސްގެފާނަށް ބައްލަވައި ނުގަނެވޭހާ އަގު ބޮޑެއް ނޫނެވެ. ޔޮޓު ބަނުމަށް ފުރަތަމަ ހަވާލު ކުރި ކުންފުންޏަށް އެކަން ނުވުމާއި ގުޅިގެން، އެ މަސައްކަތް ކުރިއަށް ގެންދަވަން ރައީސް މައުމޫން ހަވާލު ކުރެއްވީ އަލްމަރްހޫމް އަލީ އުމަރު މަނިކު (ކޮލި) އާއިއެވެ. އަލީ އުމަރު މަނިކު އެ ބޭފުޅާގެ ހަޔާތްޕުޅުގެ ބައެއް ކަންކަމާއި ގުޅޭ ގޮތުން ލިޔުއްވާފައިވާ ފޮތުގައި ބަޔާންކޮށްފައިވާ ގޮތުން އެ ޔޮޓު ރާއްޖެއާއި ހަމައަށް ގެންނަން މުޅި އެކު ހަރަދުކޮށްފައިވަނީ 7،076،010 އެމެރިކާ ޑޮލަރެވެ. މިހާރުގެ އަގުން ބަލާނަމަ އެއީ 10.2 މިލިއަން ޑޮލަރެވެ. އަދި ދިވެހި ރުފިޔާއިން ބަލާނަމަ 158 މިލިއަން ރުފިޔާއެވެ.
ބުރުނާއީ ރަސްގެފާނަށް ފަސޭހަ ކަމާއި އެކު ގަނެލެވޭނެފަދަ އަގެއް ނަމަވެސް، އޭރު ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ދިވެހިރާއްޖެއަށް ބަލާނަމަ އެއީ ވަރަށް ބޮޑު އަދަދެކެވެ. އެ ލޯންޗު ރާއްޖެ ގެނެވުނު އަހަރު މުޅި ރާއްޖޭގެ ޖީޑީޕީ އަކީ 870 މިލިއަން ޑޮލަރެވެ. އެހެން ކަމުން ޖީޑީޕީ އާއި ބަލާއިރު އެންމެ ޔޮޓަކަށް ކުރި ހަރަދު ބޮޑެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު މި ޔޮޓާއި ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާ އެ ކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށްވެސް ބުންޏެވެ. ނަމަވެސް ފަހުން އެ މައްސަލަ ނުބަލައެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ޔޮޓު ވިއްކާލަންވެސް އިއުލާންކުރިއެވެ. ނަމަވެސް އެ ޔޮޓު ގަންނާނެ ބަޔަކުނުވިއެވެ.
މި ލިއުމާއި ގުޅޭ