Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަތުރުފަތުރު

އެންމެ 100 ޔޫރޯ އިން، ޔޫރަޕުގެ 5 ޤައުމަކަށް ދަތުރުކުރާނެ ގޮތް!

މިދުވަސްވަރަކީ ދިވެހިން ޗުއްޓީއަށް އެކި ޤައުމުތަކަށް ދަތުރު ކުރަމުންދާ ދުވަސްވަރެކެވެ. މީގެ ކުރިން ދިވެހިން ދަތުރު ކުރަމުން ދިޔަ އޭޝިޔާގެ މަންޒިލްތަކުގެ އިތުރުން ވަރަށް ގިނަ ދިވެހިން މިހާރު ޗުއްޓީއަށް ޔޫރަޕުގެ ބައްރުގެ ޤައުމުތަކަށްވެސް ދަތުރުކުރެއެވެ. އަދި މިހެންދާ ދަތުރުތަކުގައި ތަފާތު 5 ވަރަކަށް ޤައުމަށްވެސް ޒިޔާރަތްކުރެއެވެ.
މިގޮތަށް ޔޫރަޕުގެ އެތެރޭގައި ދަތުރުކުރުން މިއީ ވަރަށް އަގުބޮޑު ކަމެއްހެން ބައެއްފަހަރު ހީވެދާނެއެވެ. ނަމަވެސް މިއީ ތި ހީކުރާކަހަލަ ހަރަދުބޮޑު ކަމެއް ނޫނެވެ. އެންމެ 99 ޔޫރޯއިން 5 ޤައުމަކަށް މިހާރު ދަތުރުކޮށްލެވޭނެއެވެ. މިހިދުމަތް ޔޫރަޕުގައި ފޯރުކޮށްދެނީ "ފިލްކްސް ބަސް" ކިޔާ ބަސް އޮޕަރޭޓުކުރާ ކުންފުންޏަކުންނެވެ.
މިކުންފުނިން ޔޫރަޕުގެ 29 ޤައުމެއްގެ 2000 މަންޒިލަކަށް ދަތުރުކުރެއެވެ. ވަކިވަކިން ޓިކެޓު ނަގައިގެން ދަތުރުކުރިއަސް މި ބަހުން ކުރާ ދަތުރުތައް ވަރަށް އަގުހެވެވެ. އޭގެ އިތުރުން، 99 ޔޫރޯއަށް 5 ޤައުމަކަށް ދަތުރު ކުރެވޭ ޓިކެޓެއް މި ކުންފުނިން ވިއްކައެވެ. އޭގެ މާނައަކީ އެ ޓިކެޓު ބޭނުންކޮށްގެން އިތުރު ހަރަދެއް ނުކޮށް ތަފާތު 5 މަންޒިލަކަށް ދަތުރުކުރެވޭނެއެވެ.
ނަމަވެސް މިގޮތަށް ދަތުރު ކުރާއިރު ހަނދާން ބަހައްޓަން ޖެހޭ ބައެއް ކަންކަން ހުރެއެވެ. މިގޮތުން އެއް ޤައުމުގައި ހުރެފައި އަނެއް ޤައުމަށް އެ ޓިކެޓުން ދާނަމަ، އަނބުރާ ހަމަ ކުރިން ހުރި ޤައުމަށް އެ ޓިކެޓު ބޭނުންކޮށްގެން ނުދެވޭނެއެވެ. އަނެއްކާވެސް ދާން ޖެހޭނީ އެހެން ކޮންމެވެސް ޤައުމަކަށެވެ. 99 ޔޫރޯއަށް ލިބޭ މި ޓިކެޓު 3 މަސް ދުވަސް ވަންދެން ބޭނުން ކުރެވޭނެއެވެ. އޭގެ މާނައަކީ އެ ޓިކެޓުން އެއް ޤައުމަކަށް ގޮސް އޭގެ 2 މަސް ފަހުން ވެސް އަދި އިތުރު 4 ދަތުރު ހަމަ އެ ޓިކެޓުން ކުރެވޭނެއެވެ.
"ފްލިކްސް ބަސް" އިން ބޭނުން ކުރާ ބަސްތަކަކީ ވަރަށް މިޒަމާނުގެ ބަސްތަކެވެ. ގިނަ ބަސްތަކުގައި އިންޓަރނެޓާއި ޓީވީވެސް ހުރެއެވެ. އަދި ހުރިހާ ބަހެއްގައި ފާހަނާހުރެއެވެ. އެހެން ކަމުން ޔޫރަޕުގައި ހަރަދުކުޑަކޮށް ދަތުރުކޮށްލަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނގަޅު ހިދުމަތެކެވެ.
މި ލިއުމާއި ގުޅޭ