Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ނުސާފުވައި ހުންނަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި ޑިޕްރެޝަން އާންމު: ދިރާސާ

ނުސާފުވައި ހުންނަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި ޑިޕްރެޝަން އާންމުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެންވައިރަމެންޓް ހެލްތް ޕާރސްޕެކްޓިވެސް ނަމަކަށް ކިޔާ ޖާނަލްއެއްގައި ޝާއިރުކޮށްފަިވާ މި ދިރާސާގައި ބުނާ ގޮތުން، ވައިގެ ނުސާފު މިންވަރު މަތި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި ޑިޕްރެޝަން އާންމެވެ. އަދި އަމިއްލަ އަށް މަރުވުންވެސް މިފަދަ ސަރަހައްދުތަކުގައި އުޅޭ މީހުންގެ މެދުގައި އާންމުކަމަށް ވެއެވެ.
މި ދިރާސާ ކުރި މީހުން ޤަބޫލު ކުރާގޮތުގައި، ވައިގެ ތެރޭގައި ހުންނަ ނުރައްކާތެރި މާއްދާތަށް ވަކިވަރަކަށް މަދުވެއްޖެނަމަ އެތައް މިލިއަން ބަޔަކު ނަފްސާނީ ގޮތުން އިތުރަށް ދުޅަހެޔޮ ވާނެއެވެ. ޔުނިވަރސީޓީ ކޮލެޖް އޮފް ލަންޑަން އިން ކުރިއަށް ގެންދިޔަ މި ދިރާސާގައި 16 ގައުމެއްގެ ވައިގެ ނުސާފުކަން ހުންނަ މިންވަރާއި ސިއްހީ އެކިއެކި މައުލޫމާތުތައް އަޅާ ކިޔާ ދިރާސާކޮށްފައިވެއެވެ.
މި ސަރަހައްދުގެ ޤައުމުތަކަށް ބަލާއިރު ރާއްޖެއަކީ ވައި ސާފު ޤައުމެކެވެ. ނަމަވެސް ވެރިރަށް މާލޭގައި ވެހިކަލްތައް ގިނަވުމުގެ ސަބަބުން އަދި ތިލަފުށީގައި ކުނި އަންދާތީ ވައި ތައައްޔަރުވެފައި ހުންނަކަން ފާހަގަކުރެވެއެވެ.
މި ލިއުމާއި ގުޅޭ