ސިޔާސީ މީހުންނަށް ރައްޔިތުން އެންމެ އިތުބާރު ކުރަނީ ކޮން ޤައުމެއްގައި ކަން އެނގޭތަ؟

އިބްރާހިމް އާދަމް
Flowers
ރައީސް ނަޝީދު.

ވަރަށް ގިނަ ޤައުމުތަކުގައި ސިޔާސީ ފަރާތްތަށް މަޝްހޫރު ވެފައި އޮންނަނީ ދޮގު ހަދާ، އަދި އިތުބާރު ކުރަން އުނދަގޫ ބައެއްގެ ގޮތުގައެވެ. ސިޔާސީ މީހެކޭ ބުނެފިއްޔާ، ވަރަށް ގިނަ ދިވެހިންވެސް ދެކޭ ގޮތުގައި ތެދެއް ނަހަދާނެއެވެ. 

ނަމަވެސް ބައެއް ޤައުމުތަކުގައި ސިޔާސީ މީހުންނަށް އޮންނަ އިތުބާރު ވަރަށް ބޮޑެވެ. މިގޮތުން ވޯލްޑް އެކޮނިމިކް ފޯރަމުން ކޮށްފައިވާ ދިރާސާ އަކުން ދައްކާގޮތުގައި ސިޔާސީ ފަރާތްތަކަށް އާންމުންގެ އިތުބާރު އެންމެ ބޮޑީ ސިންގަޕޫރުގައެވެ. މި ދިރާސާގައި 1 އިން 7 އާއި ދެމެދުގައި ސިޔާސީ މީހުންނަށް އޮންނަ އިތުބާރު ދަރަޖަކޮށްފައިވާ އިރު ފާއިތުވި 10 އަހަރުވެސް ސިންގަޕޫރު ރައްޔިތުން އެ ޤައުމުގެ ސިޔާސީ މީހުން ދަރަޖަކޮށްފައިވަނީ 6.2 އަށްވުރެ މަތިންނެވެ.

ދުނިޔޭގެ ހުރިހާ ޤައުމެއްގައި އެވަރެޖްކޮށް ދަރަޖަކޮށްފައިވަނީ 2.5 ގައެވެ. އަދި އެންމެ ކުޑަކޮށް ރައްޔިތުން ސިޔާސީ މީހުންނަށް އިތުބާރު ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ދެކުނު އެމެރިކާ އަދި އެފްރިކާގެ ޤައުމުތަކެވެ. ނަމަވެސް އިޓަލީ ފަދަ ޔޫރަޕުގެ ޤައުމުތައްވެސް އެންމެ ކުޑަކޮށް އިތުބާރު ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނެއެވެ. 

ސިންގަޕޫރު ރައްޔިތުން އެ ޤައުމުގެ ސިޔާސީ ފަރާތްތަކަށް އިތުބާރު ކުރާއިރު، އެ ޤައުމަކީ ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ އެއް ޤައުމެވެ. އަދި ބޮަލަކަށް ޖެހޭ އާމްދަނީވެސް އެންމެ މަތީ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެ ޤައުމުގެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވީ ފުރަތަމަ ބޮޑުވަޒީރު ލީ ކުއާން ޔޫ އެވެ. މިހާރު ސިންގަޕޫރުގައި ބޮޑުވަޒީރުކަން ކުރައްވަނީ ލީކުއާން ޔޫގެ ދަރިކަލުން ލީ ސިއިން ލޫންގް އެވެ. 

ކިޔުންތެރިންގެ ހިޔާލު