Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ރެސެޕީ: ބީފް ރެންޑަން

ދެކުނުއިރުމަތީ އޭޝިޔާއަށް ނިސްބަތްވާ މިރިހަޔައަކީ މަޑު ގެރިމަހާއި، ކާށީގެ ރަހަތައް އެކުވެގެން އުފެދޭ މީރު ރަހަތަކުން އެކުލެވޭ މީރު ރިހައެކެވެ. މެލޭޝިޔާ އަދި އިންޑޮނޭޝިޔާ ފަދަ ޤައުމުތަކުގައި މިކެއުމަކީ އެންމެ ގިނަ މީހުންނަށް ކަމުދާ ކެއުމެކެވެ.
މިރެސެޕީއިން 6 މީހުންނަށް ކެވޭވަރުގެ ރިހަގަނޑެއް ތައްޔާރުކުރެވޭނެއެވެ. ކެއްކުމަށް ހޭދަވާނީ 3 ގަޑިއިރު ކަމުގައި ލަފާކުރެވެއެވެ. ބޭނުންވާ ތަކެތި:
ލެމަންގްރާސްގެ ދެބޮޑި (ހިކި ފަތް އެއްފަރާތް ކުރުމަށްފަހު ތުނިކޮށް ކޮށާފައި)
ކޮށާފައިވާ 3 ފިޔައި (ހަތަރުފަޅިޔަށް ފަޅިކޮށްފައި)
6 ލޮނުމެނދު އޮށް ސާފުކޮށްފައި
25 ގުރާމް އިނގުރު (ތޮށި ނޮޅައި، ތުނިކޮށް ކޮށާފައި)
75 ގުރާމް ގަލަންގަލް (ތޮށި ނޮޅައި، ތުނިކޮށް ކޮށާފައި)
3 ރަތް މިރުސް (އޮށް ވަކިނުކޮށް ކޮށާފައި)
3 މޭޒުމަތީ ސަމުސާ ވެޖެޓެބަލް އޮއިލް ނުވަތަ ސަންފްލާވަރ އޮއިލް (ކައްކާ ތެޔޮ)
2 ސައިސަމުސާ މުގުރާފައިހުރި ދިރި
3 މޭޒުމަތީ ސަމުސާ މިގުރި ކޮތަބިރި
1 ސައިސަމުސާ ރީދޫ
1.5 ކިލޯގުރާމް ގެރިމަސް، ހަތަރެސްކަނުގެ ތިން އިންޗީގެ އެތިކޮޅަށް ކޮށާފައި
400 މިލިލީޓަރު ކާށިތެޔޮ
4 ތާޒާ ކައްފިރް ލައިމް ފަތް
1 ފޮނިތޮށި ގަނޑު
1 މޭޒުމަތީ ސަމުސާ މަޑު ބްރައުން ޝުގަރ
2 ސައިސަމުސާ ހެލެނބެލި ޕޭސްޓު
2 މޭޒުމަތީ ސަމުސާ ސޯއީ ސޯސް (ޑާރކް)
2 ސައިސަމުސާ ލޮނު
މުގުރި އަސޭމިރުސް ތައްޔާރުކުރާނެ ގޮތް:
ބުލެންޑަރއެއްގެ ތެރެއަށް ލެމަން ގުރާސް، ލޮނުމެދު، ފިޔައި، ގަލަންގަލް އަދި މިރުސް އަޅުއްވާށެވެ. އަދި އެތަކެތި ބްލެންޑަރގައި އެއްކުރައްވައި ހިމުންކޮށް ރަނގަޅު ޕޭސްޓުގަނޑެއް ތައްޔާރުކުރައްވާށެވެ. ހަވާދުގަނޑެއްގެ ސިފަ އަންނަންދެން މުގުރާށެވެ. ފުރިހަމައަށް ހުރިހާ ބާވަތެއް އެއްވަރަކަށް ހިމުންވެ، އެކުވާކަން ޔަޤީންކުރެއްވުމަށް ދޭތެރެއަކުން ބްލެންޑުކުރެއްވުން ހުއްޓަވައިލައްވައި ސަމުސާއަކުން އޭގެ އތެރެ ބައްލަވާށެވެ. ރަނގަޅަށް މުގުރި އެއްވެއްޖެކަން ޔަޤީންކުރުމަށެވެ.
ބޮޑު ތަވައެއްގައި ސަންފްލާވާ އޮއިލް (ކައްކާ ތެޔޮ) ރަނގަޅަށް ހޫނުކުރައްވާށެވެ. ތެޔޮ ހޫނުވެލީމާ ކުރިން ތައްޔާރުކުރެއްވި ޕޭސްޓު އެއަށް ލައްވާށެވެ. 3-4 މިނިޓު ރަނގަޅަށް ތެލުގައި ޕޭސްޓުގަނޑު ކައްކަވާށެވެ. އަބަދުވެސް ޕޭސްޓުގަނޑު ދޭފަތުން ހަލައިލައްވާށެވެ. އެއީ ތަވާގައި ޕޭސްޓުގަނޑު ތަތްލިޔަ ނުދެއްވުމަށެވެ. ދެން ޕޭސްޓުގަނޑުގެ ތެރެއަށް ކޮތަނބިރިއާއި ދިރިއާއި ރީދޫ އެއްކުރައްވާށެވެ. 2 މިނިޓު އެއެއްކުރެއްވުމަށްފަހު ކައްކަވާށެވެ.
ދެން އޭގެ ތެރެއަށް ގެރިމަސް އިތުރުކުރައްވައި، އެމަހާއި ޕޭސްޓުގަނޑު އެއްކުރައްވައި، މުޅި މަހުގައި ޕޭސްޓުގަނޑު ހިފާނެހެން ހައްދަވާށެވެ. ފަސްވަރަކަށް މިނުޓު ގެރިމަސް ޕޭސްޓުގައި ކައްކަވާށެވެ. ކައްކަވާއިރު އިރުކޮޅުކޮޅާ ހަލުއްވާށެވެ. އެއީ ރަނގަޅަށް ގެރިމަހުގެ ކުލަ ބަދަލުވެ ރޯފިލަން ދެނެވެ. އެއަށްފަހު މިޕޭސްޓުގަނޑުގެ ތެރެއަށް ކާށިކިރު އަޅުއްވާށެވެ. އަދި 400 މިލިލީޓަރުގެ ފެންފޮދެއް އޭގެ ތެރެއަށް އަޅުއްވާށެވެ. ދެން ލައިމް ފަތާއި، ފޮނިތޮއްޓާއި، ހެލެބެލި ޕޭސްޓާއި، ސޯއީ ސޯސްގެ އިތުރުން ހަކުރާއި ލޮނު އަޅުއްވާށެވެ. ދެން ހޫނުމިން ތިރިކުރައްވާށެވެ.
މަޑު ގިނީގައި 2 ގަޑިއިރާއި 3 ގަޑިއިރުގެ މުހުލަތަކަށް ކައްކަން ބަހައްޓާށެވެ. ބަހައްޓާނީ މަތިނުޖަހައެވެ. މިހާއިރު ކެއްކެވީމައި ސޯސްގަނޑު ތެތްވެ، މަސްތައް ވަރަށް ބޮޑަށް މަޑުވާނެއެވެ. ކާށި ކިރު މަދުވަމުންދާ މިންވަރަކަށް ގެރިމަސްތައް ދޭފަތުން ކަހައިލުން ގިނަކުރައްވާށެވެ. އެއީ ސޯސްގަނޑު ތަވާގެ ފުލުގައި ތަތްވިޔަނުދިނުމަށެވެ.
ރަނގަޅަށް ސޯސްގަނޑު ހިދުމުން ރަހަ ބަލައި، ލޮނު ރަހަ ހެޔޮވަރުކުރާށެވެ. އަދި ކަމުދާ މިންވަރަކަށް އަސޭމިރުސް އަޅުއްވާށެވެ. އަދި ކާން ނެގުމުގެ ކުރިން ފޮނިތޮށި އަދި ލުނބޯ ފަތް ނަންގަވަން ހަދުމަކުރައްވާށެވެ.
މި ލިއުމާއި ގުޅޭ