Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ރެސިޕީ: ފެޓުޗީން އަލްފްރެޑޯ

މިރޭ ތިބާ ބޭނުންވަނީ ކުރީމުގެ ރަހައިން އުފާ ލިބޭނެ ޕާސްޓާއެއްގެ ރަހަ ބަލައިލަން ހެއްޔެވެ؟ އެހެންކަމަށްވާނަމަ، އިޓަލީއަށް ނިސްބަތްވާ މިކެއުމަށްވުރެ ވަކި ފުރިހަމަ މީރު ޕާސްޓާއެއް މަދުވާނެއެވެ. މިރޭ މިކެއުން ތައްޔާރުކޮށްލައްވައި، މީގެ މީރު ރަހައިން އުފައުވެރިކަން ހޯއްދަވާށެވެ.ބޭނުންވާނެ ތަކެތި:
227 ގުރާމް ހަރުކޮށްފައިހުރި ކުރީމް (ކްލޮޓެޑް ކްރީމް)
25 ގުރާމް ބަޓަރު (ގާތްގަނޑަކަށް ދެމޭޒުމަތީ ސަމުސާ)
100 ގުރާމް ޕާމަޖަން ޗީސް (ގާނާފައި)
ގާނާފައިވާ ނަޓްމެގު
1 މޭޒުމަތީ ސަމުސާ ފުށް
250 ގުރާމް ފެޓުޗީނީ ޕާސްޓާ
ކޮށާފައިވާ ޕާސްލޭތައްޔާރުކުރާނެ ގޮތް:
މަޑު ގިނާގައި އުދުނުގެ ހޫނުމިން ބެހެއްޓުމަށްފަހު ތަވައެއް އުދާށެވެ. އަދި ތަވާގައި ކްލޮޓެޑް ކުރީމާއި، ބަޓަރާއި، ފުށް އެކީގައި މަސްހުނިކުރާށެވެ. މަޑުމަޑުން ހުރިހާ އެއްޗެއް އެއްވެ ބޯވެލުމުން އުދުން ނިއްވައިލާށެވެ.
ގާނާފައިވާ ޗީޒާއި ނަޓުމެގު ބޮންތައްޓެއްގައި އެއްކުރާށެވެ. އަދި އެކަށީގެންވާ މިންވަރަށް ފުނޑާފައިވާ އަސޭމިރުސް އަޅާށެވެ. އަދި މިމަރުހަލާގއި ލޮނުނުލާށެވެ.
އެހެން ތެއްޔެއްގައި ފެޓުޗީނީ ޕާސްޓާ ފެނު ކައްކާށެވެ. ކައްކާނީ ޕެކެޓުގައި ހުރި އިރުޝާދާ އެއްގޮތްވާ ގޮތަށެވެ. އަދި ކައްކަމުންދާއިރު އޭގެ ތެރެއަށް 2 ސައިސަމުސާ ލޮނުލާށެވެ. ކައްކައި ޕާސްޓާ މަޑުވުމުން ޕާސްޓާ ކެއްކި ފެނުން މިންވަރެއް ނަގައި ޖޯޑަކަށް އަޅާށެވެ. އެއަށްފަހު ހުރިހާ ޕާސްޓާއެއް ފެނުން ވަކިކުރާށެވެ.
ކުރީމްގަނޑު ހަދާފައިވާ ތަވައަށް ފެނުން ނަގާފައިވާ ޕާސްޓާތައް އަޅާށެވެ. އަދި މަޑުގިނީގައި ކައްކަމުން އޭގެ ތެރެއަށް ނަޓުމެގާ އެއްކޮށްފައިވާ އަސޭމިރުސްލީ ޗީޒް އަޅާށެވެ. އަދި މަޑުމަޑުން ޕާސްޓާއާއި ކުރީމާއި ޗީޒް އެއްކުރާށެވެ. އެއްވާން ފެށުމުން ޕާސްޓާ ކެއްކި ފެނުން ނެގި ފެނުގެ ތެރެއިން 3 ސައިސަމުސާ ފެން އަޅުއްވާށެވެ. ސޯސްގަނޑު ތަތްވަންދެން ކައްކަމުން ޕާސްޓާ ހާނާށެވެ. ބޮންތައްޓަކަށް ޕާސްޓާ ބަދަލުކޮށްލުމުގެ ކުރިން ޕާސްޓާގެ ކުޅި އަދި ލޮނު ރަހަ ހެޔޮވަރުތޯ ބަލައި ހެޔޮކުރާށެވެ. އެއަށްފަހު އޭގެ މައްޗަށް ކޮށާފައިވާ ޕާސްލީ ބުރުވައިލާށެވެ.
މި ލިއުމާއި ގުޅޭ