Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ފިހުނު ކުކުޅާއި ކައްޓަލަ، ކުޅި ޔޯގަޓާއެކު

ބޭނުންވާ ތަކެތި:
4 ލޮނުމެދު އޮށް
3 މޭޒުމަތީ ސަމުސާ ވެޖެޓަބަލް އޮއިލް
ހިއްކާފައިވާ މިކްސްޑް ހަރބްސް
2-3 ބޮޑު ކައްޓަލަ
2 ރަތް ފިޔާ
4 ކުކުޅު ފައި
150 ގުރާމް ޔޯގަޓް
1 ސައިސަމުސާ ހޮޓް ސޯސް ތައްޔާރުކުރާނެ ގޮތް:
200 ސެލްސިއަސްގެ ހޫނުމިން ހުންނާނެވަރަށް އަވަނުގެ ހޫނު އުފުއްލައިލާށެވެ. ލޮނުމެދު ގާނާށެވެ. ބޮޑު ބޯތައްޓެއްގައި ތެލާއި، ލޮނުމެދާއި ހާރބުތައް އެއްކުރާށެވެ. ލޮނުމެދާއި ކައްޓަލަ ކޮށާށެވެ. ކޮށާނީ ބޮޑުކޮށެވެ. ލޮނުމެދު ކޮށާނީ ވެޖްތަކަކަށްވާނެ ގޮތަށެވެ. ކައްޓަލަ ކޮށާނީ ޗިޕްސްއަށްވާ ގޮތަށެވެ. ހަރބްސް އެއްކޮށްފައިވާ ތެލުން މިންވަރެއް ނަގައި ކުކުޅުތަކަށް ބަހައްޓާށެވެ. ދެން ފިޔައާއި ކައްޓަލަތައް ބާކީ ހުރި ތެލާ އެއްކުރާށެވެ. ފިހުމަށް ޓްރޭގައި ކައްޓަލައާއި ލޮނުމެދު ފަތުރައިލާށެވެ.
ކުކުޅުތަކުގައި ބާކީހުރި ތެޔޮ ފޮދު ލާށެވެ. އެއަށްފަހު ކުކުޅުތައް ކައްޓަލައާއި ފިޔާތަކުގެ މަތީގައި ބަހައްޓާށެވެ. 40 ވަރަކަށް މިނިޓު ކުކުޅުތަކާއި ކައްޓަލަތައް އަވަނުގައި ބަހައްޓާށެވެ. އަދި 20 މިނިޓުވުމުން ކޮންމެވެސް ވަރަކަށް ޓްރޭ ތަޅުވައިލާށެވެ. އެއީ ޓްރޭގައި ކައްޓަލަތައް ތަތްވުން ހުއްޓުވުމަށެވެ. ކުކުޅުގެ ފަލަމަސްގަނޑަށް އުލެއް ވެއްދުމުން ފެންތައް މަޑުމަޑުން ފައިބާ ހުސްވާނަމަ، އެކުކުޅު އެހުރީ ތައްޔާރުކުރެވިފައެވެ. އަވަހަށް އަވަނުން ނަގާށެވެ. ނެގުމަށްފަހު 10 ވަރަކަށް މިނިޓު ކުކުޅުތައް ބަހައްޓާށެވެ.
ހޮޓް ސޯސާއި ޔޯގާޓު އެއްކުރާށެވެ. އަދި ޔޯގަޓް ކުކުޅުތަކާއި ކައްޓަލައިގެ މައްޗަށް އަޅައިލާށެވެ. އެއިރުން ފިހުނު ކުކުޅާއި ކައްޓަލަ، ކުޅި ޔޯގަޓާއެކު ތައްޔާރުކޮށް ނިމުނީއެވެ.
މި ލިއުމާއި ގުޅޭ