ރެސިޕީ: ކުކުޅު ޕަޑް ތައި

އައިޝަތު ހަނާ 7 ނޮވެމްބަރު 2019 11:31
Flowers

ޕަޑް ތައިއަކީ ތައިލޭންޑުގެ ކެއުންތަކަށް ލޯބިކުރައްވާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކެއުމެކެވެ. މިރެސިޕީއަކީ ފަސޭހައިން، މާގިނަ ވަގުތު ހޭދަކުރުމަކާނުލައި، ރަހަ މީރު ޕަޑް ތައިއެއް ތައްޔާރުކުރެއްވޭނެ ގޮތެކެވެ. ބޮޑެތި ޚަރަދުތަކެއް ކުރެއްވުމަކާ ނުލައި، ދުލަށް މީރު ފަރިއްކޮޅެއް ތައްޔާރުކޮށްލައްވަން އެދިވަޑައިގަންނަވަނީނަމަ، މިއީ ހަމައެންމެ އެކަށީގެންވާ ރަނގަޅު ރެސިޕީއެކެވެ.

ކައްކަން ހޭދަވާނެ ވަގުތު: 10 މިނިޓާއި 15 މިނިޓާ ދެމެދުގެ ވަގުތުކޮޅެއް

ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 30 ވަރަކަށް މިނިޓު

ކެވޭނެ މީހުން: 4 މީހުންނަށް ކެވޭނެ 

ބޭނުންވާ ތަކެތި:

250 ގުރާމް ރައިސް ނޫޑުލްސް

ކޮށާފައިވާ 3 ލޮނުމެނދު

1 އަތްމުށި ކޮރިއަންޑަރ (ކުދިކޮށް ކޮށައި ތަނޑި ވަކިކޮށްފައި)

1 ރަތް މިރުސް (އޮށްތައް ނަގައި ސާފުކޮށް، ކޮށާފައި)

2 ލުނބޯ (ހުތާއި، ތޮށި ގާނާފައި)

2 މޭޒުމަތީ ސަމުސާ ސަންފްލާވަރ އޮއިލް

1 ފެނު ކައްކައި ކޮށާފައިވާ ކަށި ނެތް ކުކުޅު

ތުނިކޮށް ކޮށަފައިވާ 6 ސްޕްރިންގް އޮނިއަން

100 ގުރާމް ބީން ސްޕްރައުޓްސް

3 މޭޒުމަތީ ސަމުސާ ފިޝް ސޯސް

1 މޭޒުމަތީ ސަމުސާ ބްރައުން ޝުގާ

2 ބިސް (ތައްޓަކަށް ތަޅައި، އެއްކޮށްފައި)

1 އަތްމުށް ލޮނުލީ ޕީނަޓު (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ނޫޑުލްސް ޕެކެޓުގެ ބޭރުގައިވާ އިރުޝާދާ އެއްގޮތަށް ނޫޑުލްސް ކައްކަވާށެވެ. ނޫޑުލުސް ކައްކަވައި ނިމުމުން ނަންގަވައި ހިއްކަވައި އެއްފަރާތެއްގައި ބަހައްޓަވާށެވެ.

ކޮރިއަންޑަރއާއި ލޮނުމެނދާއި ލުނބޯ ތޮށީގެ އިތުރުން މިރުސް ގުރިންޑަރަކަށް ލައްވައި ފުނޑައިލައްވާށެވެ. އަދި އެތަކެތި އެއްކޮށް ޕޭސްޓެއް ތައްޔާރުކުރައްވާށެވެ.

ތެޔޮ ފޮދު ތަވައެއްގައި ހޫނުކުރައްވާށެވެ. ތަވާ ވާންވާނީ ބޮޑު ތަވައެއް ކަމުގައެވެ. ތެޔޮ ހޫނުކުރައްވަމުން ގޮސް ތެލުން ދުން އަރާން ފެށުމުން، ތައްޔާރުކުރެއްވި ޕޭސްޓުގަނޑު ތެލުގެ ތެރެއަށް ލައްވައި، މިނުޓެއްހައި އިރު ތެލުލައްވާށެވެ. ޕޭސްޓުގެ ވަސް ރަނގަޅަށް ހިފައިލުމުން އޭގެ ތެރެއަށް ކުކުޅު އިތުރުކުރައްވާށެވެ. ސްޕްރިންގް އޮނިއަނާއި، ބީޓްލް ސްޕްރައުޓްސްވެސް ލައްވާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ޕޭސްޓުގަނޑުން ތަތްވަންދެން އެއްކުރައްވާށެވެ.

ހިއްކާފައިހުރި ނޫޑުލްސް ސޯސްގަނޑުގެ ތެރެއަށް ދެން ލައްވާށެވެ. އެއަށްފަހު ފިޝް ސޯސް އަޅުއްވާށެވެ. އަދި ހަކުރުވެސް މަސްހުނިކުރައްވާށެވެ. ދެން 2 މިނިޓު ކައްކަވާށެވެ.

އެއަށްފަހު އޭގެ ތެރެއަށް ބިސް އަޅުއްވާށެވެ. އަޅުއްވައި ހުރިހާ އެއްޗެއް އެއްވަންދެން ކައްކަވާށެވެ. ކައްކަވައި ނިމުމުން ނޫޑުލްސްގަނޑުގެ މައްޗަށް ތުނިކޮށް ކޮށާފައިހުރި ޕީނަޓުތައް އަޅުއްވާށެވެ. އެއިރުން ޕަޑް ތައި ތައްޔާރުކުރައްވައި ނިމުނީއެވެ. 

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު