މާލެއަށް ގިނަމީހުން ރާއްޖެތެރެއިން ހިޖުރަ ކުރަނީ ތަޢުލީމު ހޯދަންކަން އެނގޭތަ؟

އިބްރާހިމް އާދަމް
Flowers
މާލޭގެ ސްކޫލެއްގައި ކިޔަވާދެނީ

2014 ގެ ބޯހިމެނުމުން ދެއްކިގޮތުގައި، ރާއްޖޭގެ ރަށްތަކުން މީހުން ހިޖުރަކުރާ މައިގަނޑު ސަބަބަކީ ތައުލީމު ހޯދުމެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2015 ގައި ނެރުނު ރިޕޯޓުން ފެންނަ ގޮތުގައި ދިވެހި ރާއްޖޭގައި ހިޖުރަކޮށްފައިވާ މީހުންކުރެ %22 އެންމެ ފަހުން ރަށަކަށް ހިޖުރަކުރި ސަބަބަކީ ތަޢުލީމަށްޓަކައި އެވެ.

މިހިޖުރަކުރުމުގެ އަސަރު އެންމެ ބޮޑަށް ފެންނަނީ ވެރިރަށް މާލެއިންނެވެ. އެހެން ރަށްރަށުން މާލެޔަށް ހިޖުރަކޮށްފައިވާ މީހުންގެ އާބާދީގެ %40 ހިޖުރަކުރި ސަބަބަކީ ތަޢުލީމު ހޯދާށެވެ. 2014 ގައި މިއީ ގާތްގަނޑަކަށް 11،835 މީހުންނެވެ.

މާލެޔަށް ހިޖުރަ ކުރާ އެހެން ސަބަބުތަކުގެ ތެރެއިން ވަޒީފާ ހޯދުމާއި، ކައިވެނިކުރުމާއި، އެހެނިހެން ސަބަބުތައް އެ ރިޕޯޓުން ދައްކައެވެ.

ރާއްޖޭގައި އޯ. ލެވެލުން ފާސްވާ ނިޞްބަތަށް ބަލައިލުމުން މިފަދަ ހިޖުރަތަކުގެ އެއްސަބަބު ސާފުވެއެވެ. 2017 ވަނަ އަހަރު އެންމެ ގިން އޯ. ލެވެލް ފާސްތައް ލިބުނީ މާލޭގައި އޯ. ލެވެލް ހެދި ދަރިވަރުންނަށެވެ. އެއީ މާލޭގައި އޯ. ލެވެލް ހެދިކުދިންގެ އަދަދުގެ %69 އެވެ. ވޭތުވެދިޔަ ގިނައަހަރުތަކުގައި ރާއްޖެތެރޭގެ ސުކޫލުތަކުން ލިބެނީ މީގެ މާމަދު މިންވަރެކެވެ.

2014 ގައި އާއި 2014 ގައި ހއ. ގައި ފާސްވީ އޯ . ލެވެލް ހެދި ކުދިންކުރެ %46 އާއި %33 އެވެ. ނަމަވެސް ހެޔޮބަދަލުތެއް 2016 ގައި ފެނުނެވެ. ހއ. ގައި %68 ލިބުނެވެ. އަދި ނ. އަތޮޅަށް %64 ލިބުނެވެ. ވ. އަތޮޅުވަނީ މާލެޔަށް ވުރެން މަތިކޮށް %76 ފާސް-ރޭޓެއްވެސް ހޯދާފައެވެ. ސ. އަތޮޅުން %61 ލިބުނެވެ.

2016 ގައި އައި މި ބަދަލުތަކުގެ ސަބަބު ދެނެގަންނަން އިތުރު މަޢުލޫމާތު އަދި ބޭނުންވެއެވެ.

ނަމަވެސް، އަންދާސާ ކުރެވޭގޮތުގައި، މިފަދަ ރަގަޅު މިސްރާބެއްގައި ރާއްޖެތެރޭގެ ސުކޫލުތައް ދާތީވެ މުސްތަޤުބަލުގައި މާލެއަށް މީހުން ބަރޯސާވާމިންވަރު ކުޑަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު