Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

މެމޮރޭންޑަމް އޮފް އަންޑާސްޓޭންޑިން (އެމްއޯޔޫ)އަކީ ކޮބައިކަން އެނގޭތަ؟

މެމެރޮންޑަމް އޮފް އަންޑަސްޓޭންޑިންއަކީ ދެ ފަރާތެއްގެ މެދުގައި ވަކިކަމެއް ކުރާނެ ގޮތަކާމެދު ވެވޭ ޤާނޫނީ ގޮތުން ބަދެވުމެއްނުވާ އެއްބަސްވުމެކެވެ.
ޤާނޫނީ ގޮތުން ބަދެވުމެއްނުވާ އެއްބަސްވުމެއްގެ މާނައަކީ އެ އެއްބަސްވުމަކީ އޭގައި އެކުލެވޭ ކަންކަމުގެ މައްޗަށް އެ އެއްބަސްވުމުގެ ދެ ބައިވެރިން އަމަލުކުރުން ލާޒިމުވާ އެއްބަސްވުމަކަށް ނުވުމެވެ. އެމްއޯޔޫއަކީ ޢާންމު ގޮތެއްގައި ކަމެއް ކުރުމަށް އެކަމުގެ ޤާނޫނި ގޮތުން ބަދެވެނިވި އެއްބަސްވުމަށް ވާސިލުވުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި ވާހަކަދެއްކުމަށް އެއްބަސްވުމުގެ ގޮތުން އެކުލަވައިލާ އެއްބަސްވުމެކެވެ.
އިންވެސްޓޮޕީޑިއާގައި އެމްއޯޔޫއާ ބެހޭ ގޮތުން ބުނެފައިވަނީ މިފަދަ އެއްބަސްވުންތަކަކީ ޢާންމުކޮށް ދޭދޭ ޤައުމުތަކުގެ މެދުގައި ނުވަތަ ގިނަ ޤައުމުތައް އެކުލެވޭ ގޮތަށްވެވޭ އެއްބަސްވުންތަކާއި ބޮޑެތި ވިޔަފާރި އެއްބަސްވުންތަކަށް ވާޞިލުވުމުގެ ކުރިން އެކުލަވައިލެވޭ އެއްބަސްވުންތަކެއް ކަމުގައެވެ. އެއީ ޙަޤީޤީ ޤާނޫނީ ގޮތުން ބުރަދަން ހުރި އެއްބަސްވުމަށް ވާސިލުވުމުގެ ކުރިން އެކަމުގައި ދެފަރާތުން ޤަބޫލުކުރާ އުޞޫލުތައް ނުވަތަ އޮނިގަނޑު އެކަށައަޅައި ކަރުދާހަށް ދެލިކުރަން ހެދޭ އެއްބަސްވުމެއް ކަމުގައެވެ.
އެމްއޯޔޫއަކުން ދޭހަކޮށްދެނީ މަސައްކަތަކާއިގެން ނުވަތަ އެ މަސައްކަތާ ގުޅޭ އިތުރު ވާހަކަތަކާއި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ފަރާތް ތައްޔާރުކަމެވެ. އެއީ ޤާނޫނީ ގޮތުން ބަދެވެނެވި އެއްބަސްވުމެއް ކަމުގައިނުވި ނަމަވެސް އެ އެފަދަ ޤާނޫނީ ގޮތުން ބަދެވެނިވި ކޮންޓްރެކްޓެއް ވުޖޫދުވުމުގެ ފުރުޞަތު ވަރަށް ބޮޑުކަން އެއިން ދޭހަކޮށްދެއެވެ.
އާންމު ގޮތެއްގައި އެމްއޯޔޫއެއްގައި އެކުލެވޭނީ އެއްބަސްވާ މަޝްރޫޢަކާއި އެ މަޝްރޫޢެއްގެ ދާއިރާ (ސްކޯޕް) އަދި އެ އެއްބަސްވުމުގައި ބައިވެރިވާ ދެ ފަރާތުގެ ތަފުސީލާއި، އެ ދެފަރާތުގެ ޒިންމާތަކެވެ.
ޗައިނާއާއެކު އެމެރިކާއިން ހެދި ވިޔަފާރި އެއްބަސްވުމާ ގުޅިގެން އެމްއޯޔޫއެއްގައި ސޮއިނުކުރެއްވުމުން، އެމްއޯޔޫތަކާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު ވިދާޅުވެފައިވެއެވެ. "އެމްއޯޔޫއަކާ އަހަރެން ގަޔާ ނުވެއެވެ. އެއީ އެއްވެސް މާނައެއް ހުރި އެއްޗެއް ކަމުގައި ނުވާތީއެވެ."
މި ލިއުމާއި ގުޅޭ