Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ބަނދަރު ހަދަން ރާވާފައި އޮތީ ކިހިނެއްކަން އެނގޭތަ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ "ޖަޒީރާ ރާއްޖެ" އަކަށް މި ދިވެހިރާއްޖެ ބަދަލުކޮށްލައްވާނެ ކަމުގެ ވައުދާއި އެކުގައެވެ.
އަދި ޖަޒީރާ ރާއްޖެއަކަށް ވާސިލުވުމަށް ކުރަން ރާވާފައި ހުރި ކަންކަން ތަފްސީލުކޮށްދިނީ އެމަނިކުފާނުގެ މެނިފެސްޓޯއިންނެވެ. ވައުދު ނާމައިގެ ނަން ދެވިފައިވާ މި މެނިފެސްޓޯގައި ގިނަ ދާއިރާތަކަކުން ކަންތައްތައް ކުރައްވާނެ ގޮތް ބަޔާންކޮށްދީފައިވެއެވެ.
މިގޮތުން ފާހަގަ ކުރެވުނު އެއް ކަމަކީ ޖަޒީރާވަންތަ ގޮތަކަށް ބަނދަރު ހެދުމުގެ ވާހަކައެވެ. މިގޮތުން މި މެނިފެސްޓޯގައި ވާގޮތުން އެމްޓީސީސީއިން ބަނދަރު ހަދާ ގިރާ ސަރަހައްދު ހިމާޔަތް ކުރަނީ ތިމާވެއްޓާއި އެހާ ރަށްޓެހި ނޫންގޮތަކަށެވެ.
"ސިމެންތި ތޮއްޓާއި ގަލާއި ބޮޑު ހިލަ ޖެއްސުމުގެ އަގު ބޮޑު، ބޯދާ ވިސްނުން ދޫކޮށްލައި ޒަމާނީ ފެންވަރަށް އުފެއްދޭ ޖަޒީރާ ރަށުގެ ފަރު ތައާރަފް ކުރެވޭނެ" މި މެނިފެސްޓޯގައިވެއެވެ.
އަދި މިބާވަތުގެ ފަރު ރަށުގެ ވަށައިގެން ފަނާމަވުންދާ ފަރާއި ފަޅުތެރޭގައި އަތުރާ، ރަށުގެ ސަލާމަތްކަން ގުދުރަތުން ލައްވާފައިވާ ނިޒާމާއި ފުށުނާރާ ގޮތަށް ބަދަލުކުރެވޭނެ ކަމަށްވެސް މެނިފެސްޓޯގައި ބަޔާންކުރެވިގެންވެއެވެ.
މިފަދައިން މެނިފެސްޓޯގައި ބަޔާން ކުރެވިފައި ވީ ނަމަވެސް ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހުވެސް އެމްޓީސީސީ މެދުވެރިކޮށް ރަށްރަށުގެ ބަނދަރާއި ރައްކާތެރި ކަމުގެ ގޮތުން ލެވޭ ތޮށިތައް ލުމުގައި ބޭނުން ކުރެވެނީ ސިމެންތި އާއި ބޮޑު ހިލައެވެ. މެނިފެސްޓޯގައި ދެންނެވި ފަދަ ފަރެއް އަދި އެއްވެސް ރަށަކު ބޭނުމެއް ނުކުރެއެވެ. އަދި އެފަދައިން ފަރުތައް އުފައްދައިގެން ރަށް ހިމާޔަތް ކުރެވޭނެ ކަމުގެ އެއްވެސް ދަލީލެއްވެސް އަދި މިހާތަނަށް ހޯދިފައި ނެތްކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ