Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކައުންސިލް އިންތިހާބު

އިޤުތިޞާދީ ހަލާކެއްގެ ތެރެއަށް ރައްޔިތުން ދޫކޮށްނުލުމަށް ޑރ.މުޢިއްޒު ގޮވާލައްވައިފި

ދިވެހިރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ކުރިމަތިވެދާނެ އިޤުތިޞާދީ ދަތިކަމެއްގެ ތެރޭގައި ރައްޔިތުން އިޤުތިޞާދީ ހަލާކެއްގެ ތެރެއަށް އެއްލައިނުލުމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މާލެ ސިޓީ މޭޔަރުކަމަށް ޕީޕީއެމް ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ.މުޢިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަިއވަނީ، ކޮވިޑް-19އިގެ ސަބަބުން ރައްޔިތުން އިޤުތިޞާދީ ގޮތުން ހަލާކުވެގެން ދިއުމަށް ސަރުކާރުން ދޫކޮށްނުލައްވާނެ ކަމުގައި އުންމީދުކުރައްވާ ކަމުގައެވެ.
އެގޮތުން މުޢިއްޒުވަނީ މާލޭގައި ސަރުކާރުން ދޫކޮށްފައިވާ ވިޔަފާރި ބިންތަކުގެ ކުލިން ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން މާލެ ހުޅުމާލެ އަދި ވިލިނގިލިން ރެސްޓޯރެންޓު ކެފޭ ހިންގުމަށް ދޫކޮށްފައިވާ ބިންތަކާއި މާރުކޭޓުތަކުން ދޫކޮށްފައިވާ ގޮޅިތަކުގެ ކުއްޔަށް ލުއި ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދެއްވުމަށް ފެނިވަޑައިގަންނަވާ ކަމުގައި މުޢިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ބައެއް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެޚިދުމަތްތަކުގެ އަގުންވެސް ލުއި ގޮތްތަކެއް ފަހިކޮށްދިނުމަށް މުޢިއްޒު އެދިވަޑައިގެންފައިވެއެވެ. އެގޮތުން ކަރަންޓު ބިލު ފަދަ ޒަރޫރީ ޚިދުމަތްތަކުގެ އަގަށް ދައްކަންޖެހޭ މިންވަރަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް މުޢިއްޒު އެދިވަޑައިގެންފައިވެއެވެ.
ޑރ.މުޢިއްޒުގެ އިތުރުން ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ.ޖަމީލުވެސްވަނީ ކަރަންޓާއި ފެން ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަގު ހެޔޮކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މި ލިއުމާއި ގުޅޭ