ކައުންސިލް އިންތިހާބު ފަސް ކުރުމަށް މައުމޫން ގޮވާލައްވައިފި

މަރިޔަމް ލީނާ 10 މާރިޗު 2020 10:59
Flowers
ރައީސް މައުމޫން ރައީސް ސޯލިހް އާއި އެކު

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ކުރީގެ ރައީސް އަދި އެމްއާރުއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ. 

މިއަދު ކުރެއްވި ޓުވީޓެއްގައި މައުމޫން ވިދާޅުވީ، ދިވެހި ރައްޔިތުން ކޮވިޑު-19 އިން ސަލާމަތް ކުރުމަށް އެޅެމުން ދާ ފިޔަވަޅުތަކުގެ ތެރެއިން، ކައުންސިލް އިންތިހާބު ފަސް ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.



 

މައުމޫން މިހެން ވިދާޅުވެފައިވާއިރު، ކައުންސިލް އިންތިހާބު ފަސް ކުރަން ނިންމިކަމެއް އަދި ސަރުކާރުން އިއުލާންކޮށްފައި ނުވެއެވެ. އަދި އެކަން ނިންމާނީ ސިޔާސީ ފަރާތްތަކާ ވާހަކަ ދައްކައިގެން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. 

ކޮރޯނާ ވައިރަސް އާއި ގުޅިގެން އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އިން ކެމްޕެއިން ހަރަކާތްތައް މަޑު ޖައްސާލާފައިވާއިރު ވެރިކަން ކުރާ އެމްޑީޕީއިން ދަނީ އަދިވެސް ކެމްޕެއިން ބައެއް ހަރަކާތްތައް ހިންގަމުންނެވެ. އަދި ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކޮރޯނާ ވައިރަސް އާއި ބެހޭ މައުލޫމާތު ވެސް ދެމުން ގެންދާނެ ކަމަށް އެ ޕާޓީއިން ވަނީ ހާމަކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު