ކާށިދޫގެ ކުރިމަގަށް: ނަޝާގެ ތަސައްވުރު

އައިޝަތު ހަނާ 9 މާރިޗު 2020 12:09
Flowers
ނަޝާ

ކ.ކާށިދޫ ރަށު ކައުންސިލުން އަންހެނުންނަށް ޚާއްޞާކުރެވިފައިވާ ގޮނޑިތަކުގެ ތެރެއިން އެއް ގޮނޑިއަށް ކުރިމަތިލައްވާ، ފާޠިމަތު ނަޝާއަކީ އާދައިގެ ދިރިއުޅުމަކަށް ލޯބިކުރައްވާ ބޭކަނބަލެކެވެ. މަންމާފުޅަކީ ކާށިދޫ އެންމެންވެސް ދަންނަ ފޫޅުމައި ސައިދާއެވެ. ބައްޕާފުޅަކީ ޙުސައިން ޢުމަރެވެ. ނަޝާގެ ޢާއިލާއަކީ މުޅި ކާށިދޫއަށް މަޝްހޫރު ބޮޑު ޢާއިލާއެއް ކަމުގައިވާ ގަބުޅި ޢާއިލާއެވެ.

ނަޝާއަކީ ތަޢުލީމަށް ލޯބިކުރައްވާ ތަޢުލީމީ ބޭކަނބަލެކެވެ. އޭނާގެ ތަޢުލީމީ ޙަޔާތް ފެށިގެން އައީ ކ.އަތޮޅު މަދުރަސާއިންނެވެ. އުފަން ރަށް ކާށިދޫއިން ސާނަވީ ތަޢުލީމާއި މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރެއްވުމަށްފަހު އޭނާ މަތީ ތަޢުލީމު ޙާޞިލުކުރެއްވީ މާލެއިންނެވެ. އުނގެނުމާއި އުނގަންނައިދިނުމަށް ލޯބިކުރައްވާ ނަޝާ މަތީ ތަޢުލީމު ޙާޞިލުކުރައްވަން އިޚުތިޔާރުކުރެއްވި ދާއިރާއަކީ އުނގަންނައިދިނުމުގެ ދާއިރާއެވެ. އެގޮތުން ޕްރައިމަރީ ޓީޗިންގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ޙާޞިލުކުރެއްވުމަށް ފަހު، ކ.އަތޮޅު މަދުރަސާގައި ކިޔަވައިދެއްވުމުގެ ދާއިރާއިން ހީވާގި ކަމާއެކު ޚިދުމަތް ކޮށްދެއްވިއެވެ.

ރަށުގެ ރައްޔިތުންނަށް އަތޮޅު މަދުރަސާގައި ޚިދުމަތްކުރެއްވުމުގައި ދެއަހަރު ދެމިހުންނެވުމަށްފަހު، އިތުރަށް ތަޢުލީމު ޙާޞިލުކުރެއްވުމަށް ނަޝާ މާލެއަށް ވަޑައިގެންނެވިއެވެ. ތަޢުލީމީ ދާއިރާރިން ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވުމުގެ ފެއްޓެވިއެވެ. ވަރަށް ކާމިޔާބުކަމާއެކު ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވިއެވެ. އަދި އެއަށްފަހު ހަމައެހާމެ ކާމިޔާބު ކަމާއެކު، ފަހި ނަތީޖާއާއެކު މާސްޓާރސް ޑިގުރީވެސް ނިންމަވައިލެއްވިއެވެ.


ތަޢުލީމީ ޙަރުފަތްތަކުގެ މުހިއްމު މަރުހަލާތައް ކަޑައްތުކުރެއްވުމަށްފަހު ނަޝާ ރަށަށް އެބުރި ވަޑައިގެން ރަށުގެ ދަރިންނަށް ޚިދުމަތްކުރެއްވުމުގެ ގޮތުން ޓިއުޝަން ކިލާހެއް ހުޅުއްވިއެވެ. މިހާރުވެސް އެކިލާހުގެ ޚިދުމަތްތައް ފޯރުކޮށްދެވެމުން އެބަދެއެވެ.

ޚިދުމަތުގެ މާޒީއާއި ލިބިލައްވާފައިވާ ޢިލްމާއި ޙާޞިލުކުރެވިފައިވާ ތަޖުރިބާއާއެކު ނަޝާ މިހާރު ކުރިމަތިލައްވަނީ ކާށިދޫއަށް ޚިދުމަތްކޮށްދެއްވުމުގެ އައު ދައުރަކާއެވެ. އެދިވަޑައިގަންނަވަނީ ކާށިދޫ ރައްޔިތުންގެ ތާއީދާއެކު ކާށިދޫ ރަށު ކައުންސިލަށް އިންތިޚާބުކޮށްދެއްވުމެވެ.

ކާށިދޫ ކައުންސިލުގެ މެންބަރުކަމަށް އޭނާ ކުރިމަތިލައްވަނީ ތަޞައްވުރަކާއެކުއެވެ. އޭނާ ކާށިދޫގެ ކުރިމަގަށް ގެންގުޅުއްވަނީ ވަރަށް ފުޅާ ތަޞައްވުރެކެވެ. އަދި މިތަޞައްވުރުގައި ހިމެނޭ ކޮންމެ ބަޔަކީ ކާށިދޫ ރައްޔިތުންނަށް ބޭނުންތެރި މުހިއްމު ބަޔެކެވެ. އެގޮތުން މުޅި ތަޞައްވުރުގެ އަސާސަކީ އިސްލާމްސދީނެވެ. ކާށިދޫ ރައްޔިތުންނަކީ ދީނަށް ލޯބިކުރާ ދީނީ ކަންކަމަށް ލޯހުޅުވިފައިވާ ރައްޔިތެއް ކަމުގައި ހެދުމަކީ އޭނާގެ އުންމީދެކެވެ. ހަމައެހެންމެ މާދަމާގެ ގޮންޖެހުންތަކަށް މާދަމޭގެ ޖީލު ބިނާކުރުމުގެ ގޮތުން ތަރުބަވީ ތަޢުލީމު ފޯރުކޯށްދީ ތަހުޒީބު މުޖުތަމަޢެއްގެ ބިނާ އެޅުއްވުމަކީ ނަޝާ އެދިވަޑައިގަންނަވާ ގޮތެވެ. އަދި ރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމުގައި ނަޝާ ވިދާޅުވެއެވެ. އަދި ރަށު ރައްޔިތުން ބަލިތަކުން ސަލާމަތްކުރެވޭ ގޮތަށް ރަށުގެ ޞިއްޙީ ނިޒާމު ބައްޓަންކުރައްވަން ނަޝާ އެދިވަޑައިގަންނަވައެވެ.


އަދި ހަމައެހެންމެ ރަށުގައި ދަނޑުވެރިކަމުގެ ޞިނާޢަތު ފުޅާކުރުމަށް ހުރި މަގުތަކަކީ ކޮބައިތޯ ބަލާނެއެވެ. އަދި ރައްޔިތުންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ގޮތަށް ދަނޑުވެރިކަމުގެ ޞިނާޢަތު ބައްޓަންކުރައްވަން ނަޝާ ވިސްނުންފުޅު ގެންގުޅުއްވައެވެ. އަދި ފަތުރުވެރިކަމުގެ ޞިނާޢަތް ކާށިދޫގައި ފުޅާކުރުމަށް އެތެރެއިންނާއި ބޭރުން ކުރެވެން ހުރީ ކޮން ކަންތައްތަކެއްތޯ ބަލައި އެކަންކަން ކުރައްވަން ނަޝާވަނީ ނިންމަވާފައެވެ.

ރަށުގެ ނޫކަށި ފުރައިގެ ޒުވާނުންނާއި އަންހެން ކަނބަލުންގެ މުހުތާދުތައް ދެނެގެނެ އެމީހުންނަށް ބޭނުންވާ ފުރުޞަތުތައް ފަހިކުރުމަށް ނަޝާ މަސައްކަތްކުރައްވާނެއެވެ. އަދި ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ކުޅިވަރު ކުރިއެރުވުމާއެކު، ޤައުމީ ފެންވަރުގައި ކާށިދޫއަށް ތަމްސީލުކުރެވޭނެ ގޮތްތައް އިންތިޒާމުކުރައްވާނެއެވެ.

ފާތިމަތު ނަޝާގެ ތަސައްވުރުގައި ރަށުގެ ޒުވާންޖީލު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް މަސައްކަތްކުރުމާއި ރަށުގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރުމަށް ތަފާތު ޕްރޮގްރާމްތަކާއި އިވެންޓްތައް ގުޅުންހުރި އިދާރާތަކާ އެކު ކުރިއަށް ގެންދަވާނެއެވެ. ދޮށީ އުމުރުފުރާގެ މީހުންގެ އިހްސާސްތައް ދެނެގަނެ އެމީހުންނަށް އަޅާލާ ރައްޔިތެއް ދިރިއުޅޭ ރަށަކަށް މިރަށް ހެދުމުގެ އުންމީދު ނަޝާގެ އެބައޮތެވެ. ރައްޔިތުންގެ ޚިޔާލާ ފިކުރާއި އެއްގޮތަށް ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން ކައުންސިލަށް ލިބިދޭ ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުންހިފައި ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި ރަށުގައި ތިބި މޭސްތިރިންގެ ބޭނުން ހިފުމަށް ޝައުގުވެރިވެވަޑައިގަންނަވެއެވެ.

ފާތިމަތު ނަޝާ ގެންގުޅުއްވާ މިފަދަ ދެވަނައެއްނެތް ތަސައްވުރަކީ ރައްޔިތުންނަށް އެއްގޮތަށް ވުރެގިނަގޮތްގޮތުން ކާމިޔާބާއި އަރުތަ ލިބިގެންދާނެ ތަސައްވުރެކެވެ. އެހެންކަމުން އެތަޞައްވުރަށް ކާށިދޫ ދާއިރާގެ ރައްޔިތުން ވޯޓުދެއްވައި އޭނާއަށް ކައުންސިލްގެ ގޮނޑިއެއް ރަށު ރައްޔިތުން ދެއްވާނެ ކަމުގައެވެ. އެފުރުޞަތު ރަށުގެ ރައްޔިތުން ދެއްވައިފިނަމަ، މާތްﷲގެ ވާގިފުޅާއެކު ކާށިދޫގެ މުސްތަޤުބަލު ކުރިއެރުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމުގައި ނަޝާ ވަޢުދުވެވަޑައިގަންނަވައެވެ. 

ކިޔުންތެރިންގެ ހިޔާލު
ކާށިދޫ މީހާ
ނުހޮވޭހާ އިރު ތި ހުރިހާ ވާހަކައެއް ދައްކާނެ
އަންމި
އެދެނީ ވަރަށްވެސް ފުރިހަމަ ކާމިޔާބީއަކަށް . ނަޝާއަށް ވާނެ އަހަރެންގެ ވޯޓު ނަޝާއަށް
ވާލު ސޮރު
މީ އެންމެރީތި އަންހެނާ
ޢަމްރު
ނަޝާ ހުހަށް ހުރިއްޔަާާ އިންނަން ބޭނުން