ޑރ.މުޢިއްޒަށް ކެނޑިޑޭޓު ނަންބަރު 1

ޙުސައިން އަފްޝަން 5 މާރިޗު 2020 10:14
Flowers

މާލެ ސިޓީ މޭޔަރުކަމަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒަށް ގުރުއަތުން ލިބިވަޑައިގެންނެވި ކެނޑިޑޭޓު ނަންބަރަކީ 1 ވަނަ ނަންބަރެވެ. 

ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ.މުޢިއްޒުގެ އިތުރުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ 2 ބޭފުޅުންނެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސެކެރެޓެރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރެވެ.

އަދި އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރުކަމަށް ރައްޔިތުން މަޖިލިހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްޙާން ފަހުމީ ވާދަކުރައްވައެވެ. 

ކެނޑިޑޭޓުންގެ ކެނޑިޑެންސީ ނަންބަރު ކަނޑައެޅުމުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ރޭގައެވެ. 

ކިޔުންތެރިންގެ ހިޔާލު