Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކައުންސިލް އިންތިހާބު

މާލޭ މޭޔަރުކަމަށް އަލްޙާނު ފަހުމީގެ ކެނޑިޑެންސީ އިލެކްޝަނުން ބަލައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުގެ މަޤާމަށް ކުރިމަތިލެއްވުމަށް ފޭދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލްޙާން ފަހުމީގެ ކެޑިޑޭންސީ އިލެކްޝަންސްއިން ބަލައިގެންފިއެވެ.
އަލްޙާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ކެޑިޑޭންސީ އިލެކްޝަންސްއިން ބަލައިގެންފައިވާ ކަމުގައެވެ. އަލްޙާނުގެ ޓުވީޓުގައިވަނީ ކެޑިޑޭސީ ބަލައިގަތްކަން ބަޔާންކޮށް އިލެކްޝަންސްއިން ދީފައިވާ ލިޔުމުގެ ފޮޓޯއެއްވެސް ހިއްސާކުރައްވާފައެވެ.
އަލްޙާނު ކުރިމަތިލައްވަނީ އަމިއްލަ ކެޑިޑޭޓެއްގެ ގޮތުގައެވެ. އިލެކްޝަންސްއިން ދީފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުން އަލްޙާނު ހުށަހެޅުއްވި ލިޔެކިޔުން ބަލައި ދިރާސާކުރުމަށް ފަހު އޭނާއަކީ މާލޭ މޭޔަރުކަމަށް ކުރިމަތިލެއްވުމަށް ޝަރުޠު ފުރިހަމަވާ ބޭފުޅަކަށްވާތީ އޭނާގެ ނަން ބަލައިގަނެފައިވާ ކަމުގައެވެ.
އަލްޙާނު ވަނީ މިދިޔަ މަޖިލިސް އިންތިޚާބުގައި ހެންވޭރު ދާއިރާއަކަށް ކުރިމަތިލައްވައި ވަރަށް ގަދައަށް ކެމްޕޭނު ކުރައްވާފައެވެ. މިހާރު ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން އިޢުލާނުކުރައްވވައި ވަރަށް ވަރުގަދައަށް މީސްމީޑިޔާގައި އޭނާގެ ކެމްޕޭނުވެސް އަލްޙާނު ކުރިއަށް ގެންދަވަން ފައްޓަވާފައިވެއެވެ.
އެމްޑީޕީގެ ފަރާތުން މާލޭ މޭޔަރުކަމަށް ކުރިމަތިލައްވަނީ އެމްޑީޕީގެ ސެކެރެޓެރީ ޖެނެރަލްގެ މަޤާމުގައި ކުރިން ހުންނެވި އަނަސް ޢަބްދުއްސައްތާރެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މޭޔަރު ކަމަށް ކުރިމަތިލައްވާނެ ބޭފުޅެއްގެ ގޮތުގައި އެކޯލިޝަނުގެ އިސްވެރިން ވިދާޅުވެފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒެވެ.
މި ލިއުމާއި ގުޅޭ