Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކައުންސިލް އިންތިހާބު

މާލެ އަތޮޅު ކައުންސިލް ރައީސްގެ މަޤާމަށް ޕީޕީއެމް ޓިކެޓުގައި ނިމާލު

އިއްޔެ ޕީޕީއެމުން ބޭއްވި އެޕާޓީގެ ޕްރައިމަރީގައި ބޮޑު ތަފާތަކުން ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކުރެއްވުމަށް ޕީޕީއެމް ޓިކެޓް ކާމިޔާބުކުރެއްވީ ފެނަކާ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަދި ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ނިމާލެވެ.
މާލެ އަތޮޅުގެ ކައުންސިލް ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ޕީޕީއެމްގެ ޓިކެޓު ނިމާލު ކާމިޔާބުކުރެއްވީ މިހާރުވެސް އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމުގައި ހުންނެވި އިބްރާހީމް ރައޫފު ބަލިކުރެއްވުމަށް ފަހުއެވެ.
ގުނައި ނިމިފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު ނިމާލަށް 950 ވޯޓު ލިބިވަޑައިގެންފައިވާއިރު، ރައޫފަށް ލިބިވަޑައިގެންފައިވަނީ 140 ވޯޓެވެ. ނިމާލަށް ކ އަތޮޅުގެ ހުރިހާ ރަށެއްގެ އަޣުލަބިއްޔަތު ލިބިވަޑައިގެންފައިވެއެވެ.
އިއްޔެއާއި ރޭ ކުރިއަށް ގެންދިޔަ ޕީޕީއެމްގެ ޕްރައިމަރީގައި ފުވައްމުލައް ސިޓީއާއި، ކުޅުދުއްފުށި ސިޓީގެ އިތުރުން އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތަކުގެ ޕްރައިމަރީ ބާއްވާފައިވެއެވެ.
މި ލިއުމާއި ގުޅޭ