Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކައުންސިލް އިންތިހާބު

ފުވައްމުލަކު މޭޔަރުކަމަށް ޕީޕީއެމް ޓިކެޓު ހޯއްދެވީ ޠާރިޤު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާނެ ބޭފުޅެއްގެ ގޮތުގައި އެޕާޓީގެ އެތެރޭގެ އިންތިޚާބުން ޠާރިޤު އަޙްމަދު ހޮވިވަޑައިގެންފިއެވެ.
ޠާރިޤާއެކު ޕީޕީއެމް ޓިކެޓު ހޯއްދެވުމަށް ވާދަކުރެއްވީ ރައްޔިތުން މަޖިލިހުގެ ފުވައްމުލަކު މެދުދާއިރާގެ ކުރީގެ މެންބަރު ޢަލީ ފަޒާދެވެ. ފަޒާދާ ވާދަކުރައްވައި 892 ވޯޓުން ކުރީގައި އުޅުއްވަނީ ޠާރިޤެވެ. ފަޒާދަށް ލިބިވަޑައިގަތީ 634 ވޯޓެވެ.
ފުވައްމުލަކުގެ ހުރިހާ އަވަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ދެއަވަށެއް ފިޔަވައި ހުރިހައި އަވަށެއްގެ އަޣުލަބިއްޔަތު ކާމިޔާބުކުރެއްވީ ޠާރިޤެވެ. ޠާރިޤަށް އަޣުލަބިއްޔަތު ލިބިވަޑައިގެންފައިނުވަނީ ފުނާޑާއި މާލެގަމުންނެވެ. އަދި މާލޭގައި ބެހެއްޓި ފުވައްމުލަކުގެ ވޯޓު ފޮށިންވެސް އަޣުލަބިއްޔަތު ކާމިޔާބުކުރެއްވީ ޠާރިޤެވެ.
ޢަލީ ފަޒާދުވަނީ ނަތީޖާ ޤަބޫލުކުރައްވައި، ކުރިއަށް ކައުންސިލް އިންތިޚާބުގައި މޭޔަރުގެ ގޮނޑި ޠާރިޤަށް ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
ޕާޓީގެ ބައެއް ތައްޔާރީތަކާމެދު ފަޒާދުގެ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ވާހަކަފުޅު ދައްކަވާފައިވެއެވެ.
މި ލިއުމާއި ގުޅޭ