Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކައުންސިލް އިންތިހާބު

މާލޭ މޭޔަރުކަމަށް ރަނގަޅީ ކަން ކުރެއްވޭނެ ބޭފުޅެއް: ޝަރީފު

މާލެ ސިޓީގެ މޭޔަރު ކަމަށް ރަނގަޅީ ކަން ކުރެއްވޭ ބޭޭފުޅެއްކަމަށް މަރަދޫ ދާއިރާގެ މަޖްލީސް މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ، މާލޭ މޭޔަރުކަމަށް ރަނގަޅީ ކަން ކުރެއްވޭ ބޭފުޅެއް ކަމަށާއި، މާލޭގެ ރައްޔިތުންނަށް ދިމާވެފަ ވާ މައްސަލަތަކަށް ހައްލު ހޯއްދެވޭނެ ބޭފުޅެއްކަމަށެވެ. އަދި މިހާރު އެ މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން، މާލޭ ރައްޔިތުންނަށް ދިމާވެފަ ވާ މައްސަލަތަކަށް ހައްލު ހޯދާދެއްވޭނީ ކޮންބޭފުޅަކަށް ތޯ ޝަރީފް ސުވާލުކުރެއްވިއެވެ.
އޭޕްރިލް މަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު، ސިޓީތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލް ތަކުގެ ރައީސުން ހޮވަން ނިންމާފައިވަނީ ދާއިރާގެ އެންމެހާ ރައްޔިތުންގެ ވޯޓަކުންނެވެ. އަދި ކުރިން ނުލިބޭ ގިނަ ބާރުތަކެއް މި މަޤާމުތަކަށް ހޮވޭ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެއެވެ.
މާލޭ މޭޔަރުކަމަށް މިހާތަނަށް ގިނަ ބަޔަކު ވަނީ ކުރިމަތިލާނެކަން އިއުލާންކޮށްފައެވެ. މިގޮތުން ވެރިކަން ކުރާ އެމްޑީޕީގެ ޕްރައިމެރީގައިވެސް ގިނަ ބަޔަކު ވާދަކުރެއެވެ. މިހާރުގެވެސް މޭޔަރު ޝިފާވެސް އެ މަޤާމަށް ކުރިމަތިލައްވާއިރު، މާލެ ސިޓީގެ އެންމެ ފުރަތަމަ މޭޔަރު ސަރަނގު އާޑަމް މަނިކުވެސް ޕްރައިމެރީގައި ވާދަކުރައްވައެވެ. އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީވެސް މާލޭ މޭޔަރުކަމަށް ވާދަކުރައްވައެވެ.
މި ލިއުމާއި ގުޅޭ