ނަމާދުގައި ގައިދުރުމާމެދު ރާއްޖޭގެ ފަތުވާ ބަދަލުނުވާތީ ބައެއް އިލްމުވެރިންގެ ކަންބޮޑުވުން

އައިޝަތު ހަނާ 6 އޯގަސްޓު 2020 13:23
Flowers

ޖަމާޢަތުގެ ނަމާދުގައި ގައިދުރުކޮށް ނަމާދުކުރާ ގޮތަށް ދިވެހިރާއްޖޭގެ ރަސްމީ ފަތުވާ ބަދަލުނުވާތީ ބައެއް ޢިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

ރާއްޖެ އެމްވީގައި ޝައިޚު ޙުސައިން ރަޝީދު ލިޔުއްވާފައިވާ ލިޔުމެއްގަިއ ވިދާޅުވެފައިވަނީ ކައިރީގައި ތިބެގެން ސަފު ހެދުމަކީ ގަދަވެގެންވާ ސުންނަތެއް ކަމުގައެވެ. ރާއްޖޭގައި ދީނީ ކަންކަމާ ބެހޭ ފަރާތުން އަންގާފައިވަނީ ކައިރީގައި ތިބެގެން ނަމާދު ކުރުމަށް ކަމުގައެވެ. "މުޅި ދުނިޔޭގެ އެންމެހައި މިސްކިތްތަކެއްގައި ދީނުގެ އެންމެހައި ޢިލްމުވެރިންގެ އިއްތިފާޤުން ފަތުވާ ލިބިގެން ނަމާދު ކުރާ މީހުން ގައިދުރުކޮށް ތިބެ ނަމާދު ކުރަމުން ދާއިރު ދިވެހިންގެ ދީނުގައި މިކަމެއް ހުއްދަ ނުވިއެވެ." ޙުސައިން ރަޝީދު ލިޔުއްވިއެވެ.

ނިސާ ސޫރަތުގެ 102 ވަނަ އާޔަތުގައި މާތްﷲ އަންގަވާފައިވަނީ ބިރުވެރިކަމުގެ ނަމާދުކުރުމުގައި ހިނގަ ހިނގައި ތިބެގެންނާއި ހަށި ފާރައަށް ތިބެގެންވެސް ނަމާދުކުރުމަށް ކަމުގައި ޝައިޚު ޙުސައިން ރަޝީދު ފާހަގަކުރެއްވިއެވެ. އަދި ބިރުވެރިކަމުގެ ހުރިހާ ޙާލަތެއްގައި އެގޮތަށް ނަމާދުކުރެވިދާނެއެވެ.  

ޝައިޚު ޙުސައިން ރަޝީދުގެ ލިޔުން ހިއްސާކުރައްވަމުން ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފަތުވާއަކީ ވަގުތާއި ޙާލަތާ ގުޅޭ ގޮތުން ބަދަލުވާންޖެހޭ ކަމެއް ކަމުގައެވެ. އަދި އެގޮތަށް ފަތުވާ ބަދަލުވުމަކީ އެކަމުގައި ޢައިބެއް ހުރި ކަމެއް ނޫން ކަމުގައެވެ. އަދި މިކަމުގައި ރާއްޖޭގެ ފަތުވާ މިހާތަނަށް ބަދަލުވެފައި ނުވާތީ އެކަމާމެދު ކަންބޮޑުވެވަޑައިގެން އަޖައިބުވެވަޑައިގަންނަވާ ކަމުގައެވެ. 

އަދި އޭގެ އިތުރަށް ޑރ.ޝަހީމު ފާހަގަކުރެއްވީ ވަގުތާ ޙާލަތާ ގުޅިގެން ބަލި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ވާޖިބު ކަމެއް ކަމުގައިވެސް ޑރ.ޝަހީމު ވިދާޅުވިއެވެ. 

ޑރ.ޝަހީމުގެ އިތުރަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީވެސްވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ޒަމާނާއި ޙާލަތާ އެއްގޮތަށް ޟަރޫރަތު ނިޔާކުރާ ކަންކަމުގައި ފަތުވާ ބަދަލުވާނީ ހަރުދަނާ ތަންދޮރުދަންނަ ލީޑަރޝިޕެއް އޮވެގެން ކަމުގައެވެ. 

އަދި އޭގެ އިތުރަށް އެފަދައިން ފަތުވާ ބަދަލުވާނީ އިސްލާމީ ޤައުމެއްގެ ޙާކިމުގެ މަސްއޫލިއްޔަތަކީ ކޮބައިކަންވެސް އެނގޭ މިންވަރުގެ ލީޑަރޝިޕެއް އޮވެގެން ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު
ޙާކިމާ
ދީދީ ވިދާޅުވީ ރގަޅަށް. މަ ތާއީދު، މަވެސް ޝޭޚެއް.
ޓަކި މޫނާ
މިގޮތައް ދުރުދުރުގަ ހުރެގެން ކުރާ ނަމާދަކީ ޖަމާއަތަކަށް ނުވާނެ ދޯ. މިގޮތަށް ދުރުގަ ތިބެގެން ކުރުމުގެ ބަދަލުގައި ގޭގަ ނަމާދު ކުރުން މާ ރަނގަޅުވާނެ.
غلام
ތި އޮތީ މާ ބޮޑަށް ދީން އެނގިފަ
އަޙްމަދުގެ ދަރި
ބިރުވެރި ޙާލަތު އޮންނަ ގޮތުން އެފަދަ ޙާލަތުގައި ނަމާދު ކުރާނެގޮތް ދީނުގައި ވަނީ ބަޔާންކޮށްދެއްވާފަ! ޕެންޑަމިކްގައި ޢަމަލުކުރަން ޖެހޭ ގޮތްވެސް ވަނީ ބަޔާން ކޮށްދެއްވާފަ! ޝަރުޢީ ނައްޞުތަކުން.. ގައިދުރުކޮށްގެން ނަމާދުކުރުން އެފަދަ އެއްވެސް ޙާލަތެއްގަ ހުއްދަކުރައްވާފައެއް ނުވޭ! މީ ބިރުވެރި ޙާލަތެކޭ ކިޔައި 4 ރަކުޢަތް 1 ރަކުޢަތަށް ބަދަލުކުރުން ދީނުގައި ހުއްދައެ ނޫން! ޝަރުޢީ ނައްޞަކުން އެނގެންނެތް ކަމެއް އަޅުކަން ކުރުމުގައި އުފެއްދުމަކީ ބިދުޢައެއް! ޖަމާޢަތުގައި ނަމާދުކުރުން ނުރައްކާނަމަ ފަރުދީކޮށް ނަމާދު ކުޅައުމަކީ ޝަރުޢުގައި ކަނޑައަޅާފައިވާ ގޮތް، އެފަދަ ޙާލަތުގައި ސަފަކަށް ނުވާގޮތަށް ނަމެއްގަ ސަފުހެދުމަކީ ދީނުގެ ސަފުތައް ފުނޑުފުނޑު ކޮށްލުން. ހަނގުރާމައިގެ ޙާލަތުގައި ހިނގާފަ ނަމާދުކުރަން އޮތީވެސް ޖަމާޢަތުގައި ކުރެވޭ ނަމާދެއްގެ ގޮތުގައެއް ނޫން!
ސަރުކާނު
ބިރުވެރި ހާލަތަކީ ހަައެކަނި ހަނގުރާމައިގެ ހާލަތެއްނޫން އެހްންނޫންތޯ؟. މުޅިދުނިޔޭގެ ހުރިހާ އިލްމްވެރިން އިއްތިފާޤްވާކަމަކާ ޖަދަލްކުރާނެވަރުހުރި އިލްމް ވެރިއަކު މި ދިވެހިރާއްޖޭގަ އެބަހުރިބާއޭ ހިތައްއަރާ ހަމަ.
ބޮޑުވައި އިނގިލި
ބޮޑު ފާދިރީ އެއްނު ކޮންޓްރޯލް ކުރަނީ
ނާޅި
ދުނިޔޭގައި ގައިދުރުކޮށްގެން ނަމާދު ކުރަންޖެހޭ ހާލަތެއް އައީތޯ ބަލަ ގައިދުރުކުރަން! ސިޔާސީ ކުރައިސަސް އެއް އުޅެނީ ! މިވަގުތަކީ އިސްލާމް ދީނުގެ އަހުލުވެރިން ދީންމަތީގައި ސާބިތުވެ ތިބިވެ ތިބެންވީ ވަގުތެއް ބައިބައި ނުވެ !
ގާސި މް
އިސްލާ މް ދީނަކީ ސަ މާހަތުގެ ދީނެއް. މި ރާއްޖޭގައި ދީނީ އިލް މުވެރިން ކިޔައިގެން މަތި ހަށި ނަގައިގެން ތިޔަ އުޅޭ މީހުން ނަކީ ފޮތުގެ ބޭރު ގަނޑު ކިޔަވައިގެން އުޅޭ ދެއްކުންތެރި ބައެއް. މި މީހުންގެ ސަބަބުން ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތުރި ދީނީ އެއްބައިވަންތަކަން ގެއްލެނީ. އިސްލާ މިކް މިނިސްޓްރީ އޮތީ މި ރޯނު އެދުރުން ހިސޯރުކޮށްފައި
ޙުސޭނު
ފޮތުގެ ބޭރުގަނޑުން ނޭ އެތެރެ ގަނޑުންނޭ ކިޔާނެ ކަމެއް ނެތް. ހުސައިން ރަޝީދަ ކީ ޝޭޚެއް ނޫން. އަރަބި ބަހުން ޑިޕްލޮމާ އޮންނާނީ.އަހާބަލަ މަދީނާ ގައި ކިޔަވާ ކުދިން ކައިރި...ދެން އަންނި ލައިގެން ހަދީޘް ފޮތް ނެރުނީމަ ޙުސެން ރަޝީދު އެވީ ޢިލްމުވެރިޔަ ކަށް ދޯ؟