Saturday 30th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ކީރިތި ޤުރުއާނު ހިތުދަސްކުރި ހައަހަރުގެ ޔޫސުފަށް އިސްލާމިކް މިނިސްޓަރުގެ ހިތްވަރު

ކީރިތި ޤުރުއާން ހިތުދަސްކުރި ހައަހަރުގެ ތުއްތު ޔޫސުފު ބިން މާޒިންއާ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު މިއަދު ބައްދަލުކުރައްވައި ހިތްވަރުދެއްވައި، އައްސަރިބަހާއި ސާބަސް ވިދާޅުވެއްޖެއެވެ.
އިއްޔެ އިސްލާމިކް މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި ޔޫސުފުގެ އިތުރުން ޔޫސުފުގެ މައިންބަފައިންވެސް ބައިވެރިވިއެވެ. މިނިސްޓަރު ޑރ.ޒާހިރުވަނީ އެދެމަފިރިންނަށް ހިތްވަރުދެއްވައި މަރުހަބާ ވިދާޅުވެފައެވެ. އަދި ޔޫސުފު ޙާޞިލުކުރި ކާމިޔާބީ ފާހަގަކުރައްވައި އެމަނިކުފާނަށް ހަނދިޔާއެއް މިނިސްޓަރު ދެއްވާފައިވެއެވެ.
އަދި ޙާފިޒުންގެ ލިސްޓުގައި ޔޫސުފުގެ ނަން ހިމެނުމަށްޓަކައި، ޤުރުއާނާ ބެހޭ މަރުކަޒުގެ ކޮމިޓީއަކަށް ޤުރުއާނު ކިޔަވައިދިނުމުގެ ހުރިހާ އިންތިޒާމުތަކެއްވެސް ހަމަޖައްސަވައިދެއްވާފައިވެއެވެ.
ޔޫސުފަކީ 6 އަހަރުގައި ކީރިތި ޤުރުއާނު ހިތުދަސްކުރި ފުރަތަމަ ދިވެހި ކުއްޖާއެވެ.
މި ލިއުމާއި ގުޅޭ