އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ކީރިތި ޤުރުއާނަކީ އިލާހީ ވަޙީކަމުގެ އާހެކިތަކެއް ހޯދައިފި!

އިބްރާހިމް އާދަމް 12 ނޮވެމްބަރު 2019 20:20
Flowers
ކީރިތި ޤުރުއާނުގެ މުސްހަފެއް.

މުއައްލިފު ކަށަވަރުކޮށް ޔަޤީންކުރުމަކީ ޒަމާނީ ސައިންސާއި ޙިސާބުޖެހުމުގެ ފަންނު ބޭނުންކޮށްގެން ކުރެވޭ ކަންކަމެވެ.

މިއީ މާ އާދަޔާ ޚިލާފުވެސް ކަމެއްނޫނެވެ. މީހެއްގެ ލިޔުމުގެ ޢިބާރާތްކުރުމާއި ބަސްކޮށާރާއި ބަލާޣާތްތެރިކަން (ނުވަތަ ބަލާޣާތްތެރިކަމުގެ އުނިކަން) ފާހަގަކޮށްލާފައި އެ ލިޔުންކޮޅުގެ މުއައްލިފު (އެހެނީ، ލިޔުންތެރިޔާ) އަކީ ކާކުކަމަށް ވަރަށް ސީދާގޮތަކަށް ލަފާކޮށްލެވެއެވެ. އިޖުތިމާޢީ ވިއުގަތަކުގައި ނަންނޭނގޭ ގޮތަށް އެކައުންޓުތަކުން ޙަރަކާތްތެރިވާ ފަރުދުންވެސް އެބައެއްގެ ޢިބާރާތްކުރުމާއި ބަސްކޮށާރުގެ ޚާއްޞަކަމުން ފަލީޙަތްވެގެންދާ ދިއުމަކީ މަދުންވާ ކަމެއްވެސް ނޫނެވެ.

އަދުގެ ސައިންސީ ހޯދުންތަކުގެ އަލީގައި، ދެ ލިޔުމެއްގައި ބޭނުންކުރެވިފައިވާ ބަސްކޮށާރާއި، ޢިބާރާތްކުރުމާއި، ލަފުޠުތަކަކީ ޙިސާބުޖަހައިގެން އަޅާކިޔޭނެ ކަންކަމެވެ. މިއީ ކޮމްޕިއުޓަރު ބޭނުންކޮށްގެން ފަސޭހަވާ ޙިސާބު ޢަދަދުތަކެކެވެ.

2012 ގައި، އަލްޖީރިޔާގެ ޔުނިވާސިޓީ އެއްގައި އުޅުއްވި ޙާލިމް ސައްޔޫދު ނަމަކަށް ކިޔުނު އިންޖިނިއަރެއް މި އުކުޅުތަކުގެ ބޭނުންކޮށްގެން އިސްލާމްދީނަށް ދަޢުވަތު ދިނުމަށް ހިތްވަރެއްދިނުމަށް ޤަޞްދުކުރެއްވިއެވެ.

ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނޭ ފަދައިން، ކީރިތި ޤުރުއާނަކީ ޢާލަމްތައް ހެއްދެވި މާތް ﷲ، ޖިބްރީލުގެ ފާނު މެދުވެރިކުރައްވައި، މައްކާގެ ޙާޝިމްވަންހައިގެ މުޙައްމަދްގެފާން ﷺ އަށް ބާވާލެއްވި އެކަލާނގެ ވަޙީބަސްފުޅެވެ. ނަމަވެސް، ކާފިރުން މިކަމާއި އިންކާރުކޮށްހަދައެވެ.

ކީރިތި ޤުރުއާނަކީ މުޙައްމަދުގެ ފާން އަމިއްލަފުޅަށް ހެއްދެވި އެއްޗެއްކަމުގެ ތުޙުތުކުރެއެވެ.

ޙާލިމް ބޭނުންވީ ކީރިތި ޤުރުއާނަކީ ކީރިތި ރަސޫލާﷺ ހެއްދެވި އެއްޗެއްނޫންކަމަށް އިތުރު ހެއްކެއް ގެންނަވާށެވެ. މިކަންކުރައްވަން ޤަޞްދުކުރެއްވީ ޙިސާބުޖަހައިގެންނެވެ. އޭނާ ޝާޢިއު ކުރެއްވި ކަރުދާސް މިތަނުން ބެއްލެވޭނެއެވެ.

ކީރިތި ރަސޫލާގެ ޢިބާރާތްކުރެއްވުމާއި ބަސްކޮށާރުގެ މިސާލުހޯދުމަށް އޭނާ ބޭނުންކުރެއްވީ ޞަޙީޙް އަލް-ބުޚާރީގައި ގެނެވިފައިވާ ޙަދީޘްފުޅުތަކުގެ މަތުނެވެ.

އާޓިފިޝަލް އިންޓެލިޖެން (އޭ. އައި.) ހިމެނޭ ގޮތަށް އެކި އުކުޅުތައް ބޭނުންކުރުމަށްފަހު ސައްޔޫދަށް ކަށަވަރުވެގެންދިޔަގޮތުގައި ޙަދީޘްފުޅުތަކާއި ކީރިތި ޤުރުއާނުގެ މަޞްދަރުތައް ތަފާތެވެ.

މި ތަފާތުތައް ދައްކުވައިދޭ އެއް މިސާލުގޮތުގައި ޙާލިމް ގެނެސްދެއްވީ ތިރީގައިވާ ގުރާފެވެ. ޙަދީޘްފުޅުތަކުގައި ބޭނުންކުރައްވާފައިވާ ލަފުޒުތަކުގެ ތެރެއިން 3،885 ލަފުޒު ކީރިތި ޤުރުއާނުގައި އެއްފަހަރުވެސް ނާދޭއެވެ. މިއީ ޙަދީޘްފުޅުތަކުގެ 62 އިންސައްތައެވެ. ހަމަ މިގޮތަށް، ކީރިތި ޤުރުއާނުގައި އޮންނަ 11،133 ލަފުޒު ޙަދީޘްފުޅުތަކުގައި ނުފެނެއެވެ. މިއީ ކީރިތި ޤުރުއާނުގެ ލަފުޒުތަކުގެ 83 އިންސައްތައެވެ.


އާޓިފިޝަލް އިންޓެލިޖެންސް (އޭ. އައި) އަށް ބިނާކޮށް ކުރި ތަޙުޤީޤުތަކުން ދެއްކިގޮތުގައި ކީރިތި ޤުރުއާނުގެ ޢިބާރާތްތަކާއި ޙަދީޘްފުޅުތަކުގެ ޢިބާރާތްތަކާއި ތަފާތެވެ. އަދި އެ ދެ ލިޔުމަކީ މުޅިން ތަފާތު 2 މަޞްދަރަކުން އައިސްފައިވާ 2 ލިޔުންކަމަށް ދެއްކިއެވެ.

ކިޔުންތެރިންގެ ހިޔާލު