ހުކުރު ޚުޠުބާ: ބުއްދިވެރިކަމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި

ޙުސައިން އަފްޝަން
Flowers

މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައިވަނީ ބުއްދިވެރިކަމަކީ މާތްﷲ އިންސާނާއަށް މިންވަރުކުރައްވާފައިވާ އެންމެ މަތިވެރި ނިޢުމަތް ކަމުގައެވެ. އަދި އެއީ މާތްﷲ ވޮޑިގެންވާ ކަމުގެ އެންމެ އަލިގަދަ ދަލީލު ކަމުގައިވެސްމެއެވެ. އެގޮތުން މިދުނިޔޭގައި ހޯދާފައިވާ ގިނަގުނަ ޢިލްމީ ޙަޤީޤަތްތަކާއި އައު އުފެއްދުންތަކަކީ އިންސާނީ ބުއްދީގެ ނަތީޖާ ކަމުގައިވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

އަދި ހަމައެފަދައިން މާތްﷲ ދެއްވި ބުއްދި ހެޔޮ ގޮތުގައި ބޭނުންނުކުރުމަކީ އެކަމުގެ ސަބަބުން އިންސާނާއަށް ދުނިޔެއާއި އާޚިރަތުގެ އަބާއްޖަވެރިކަން ކުރިމަތިވާނެ ކަމެއް ކަންވެސް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. އަދި ބުއްދިވެރިކަމާއި ނުލައި ދީންވެރިކަމެއް ނެތް ކަމުގައާއި ދީންވެރިކަމާ ނުލައި، ލަނދުވެތިކަމެއް ނެތް ކަމުގައިވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ބުއްދީގެ ހެޔޮ ބޭނުންހިފާ ފަރާތްތަކަށް މާތްﷲ ކީރިތި ޤުރުއާނުގައި ތަޢުރީފު ވަޙީކުރައްވާފައިވާކަން ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާގެ ޙަދީސްބަސްފުޅުގައިވެސް ގިނަގުނައިން ބުއްދި ހެޔޮ ގޮތުގައި ބޭނުންކުރުމަށް ތަޢުރީފުކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު