Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ޤުރުއާނަކީ މުސްލިމުންގެ ހިތާއި، ފުރާނައާއި ޟަމީރުގެ ކާނާ: ހުކުރު ޚުޠުބާ

މިއަދު ހުކުރު ޚުޠުބާގައި ބުނެފައިވަނީ ކީރިތި ޤުރުއާނަކީ މާތްﷲގެ ކަލާމްފުޅު ކަމުގައާއި، އެފޮތަކީ މުޙައްމަދުގެފާނު މެދުވެރިކުރައްވައި ހިދާޔަތުގެ މަގަށް މަގުދެއްކެވުމަށް މާތްﷲ ބާވައިލެއްވި ފޮތް ކަމުގައެވެ. އަދި އެފޮތާ ގާތް ގުޅުމެއް އަޅުގަނޑުމެން ބާއްވަންޖެހޭ ކަމުގައާއި އަދި އެފޮތް އަޅުގަނޑުމެންގެ ދަރިންނަށް އުނގަންނައިދީ އެފޮތާ މެދު އެކުދިންގެ ހިތްތަކުގައި ލޯބި އަށަގެންނެވުމަކީ ވާޖިބެއް ކަމުގައިވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން ކީރިތި ޤުރުއާނަކީ ބަލާޣާތްތެރިކަމާއި ފަޞާހާތްތެރިކަމުގައި މުޢުޖިޒާތެއް ކަމުގައި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ޖާހިލު ޒަމާނުގައި ޢަރަބިންގެ ތެރޭ ތިބި އެންމެ ކުޅަދާނަ ފަސާހާތްތެރިންނަށްވެސް އެޤުރުއާނާ އެއްގޮތް ފޮތެއް ގެނެވިފައިނުވާކަމާއި، އެކަމަށް މާތްﷲ ތަޙައްދީކުރައްވާފައިވާކަން ޚުޠުބާގައި ގެންނަވާފައިވެއެވެ. އަދި އެއާއެކު ކީރިތި ޤުރުއާނަކީ އެޤުރުއާނުގެ ކުރިން މާތްﷲ ބާވައިލެއްވި ފޮތްތައް ތެދުކުރާ އެފޮތްތަކަށް ބާރުދެނެވި ހެއްކެއް ކަންވެސް ކީރިތި ޤުރުއާނުގެ ދަލީލުތަކުގެ އަލީގައި ޚުޠުބާގައި ބަޔާންކޮށްދެއްވާފައިވެއެވެ.
އަޅުގަނޑުމެން މުސްލިމުންގެ ޢަމަލީ ދިރިއުޅުން އެފޮތުގެ މައްޗަށް ބިނާކުރަންޖެހޭ ކަންވެސް ޚުޠުބާގައި ބަޔާންވެގެން އައެވެ. އަދި ޤުރުއާނަކީ މާއްދީ އަދި މާނަވީ ބަލިތަކަށް ލިބޭ ޝިފާއެއް ކަމުގައިވެސް ޚުޠުބާގައި އައިސްފައިވެއެވެ. ކީރިތި ޤުރުއާނާ ދުރަށް އުންމަތް ގޮސްފައިވާ ކަން ފާހަގަކޮށް އެޤުރުއާނަށް އަނބުރައި ރުޖޫޢަވުމުގެ މުހިއްމުކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ކީރިތި ޤުރުއާނަށް އިޙުތިރާމްކުރުމަކީ އީމާންތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައާއި އާޚިރަތަށް ބިރުވެތިވާމީހާ ޤުރުއާނަށް އިހާނެތިކޮށް ނުހިތާނެކަންވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. ޤުރުއާނުގެ އާޔަތްތަކާއި ލަފުޒުލް ޖަލާލާ ލިޔެފައިވާ ތަކެތި އުކައިލުމައި ނައްތައިލުމުގައި ބަލަންޖެހޭ ކަންކަން ޚުޠުބާގައި ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ.
މި ލިއުމާއި ގުޅޭ