އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް: ޚުތުބާ

މަރިޔަމް ލީނާ 11 އޮކްޓޯބަރު 2019 14:16
Flowers
އިސްލާމީ މަރުކަޒު

އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ކީރިތި މާތް ނަބިއްޔާގެ މުހައްމަދުގެފާނުގެ ދެކެ ލޯބުވުން'' މި މައުޟޫއަށް ގެނެސްދިން ޚުތުބާގައި ވަނި ކުޅަދާނަވީ މިންވަރަކުން ރަސޫލާ އަދި އިސްލާމް ދީނުގެ ދިފާއުގައި މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކު ވާކަން ފާހަގަކޮށްފައެވެ. މިގޮތުން މި އުންމަތުގެ ނަބިއްޔާއަށްވެސް މި ފުރައްސާރަތަކާއި ކުރިމަތިވެވަޑައިގެންނެވިކަމަށެވެ. ނަމަވެސް އެފަދަ ފުރައްސާރަވެރިން މާތް ނިކަމެތި ކުރައްވައި އެކަލާނގެ ނަބިއްޔާއަށް ނަސްރު ދެއްވާފައިވާކަން ޚުތުބާގައި ފާހަގަކުރެެއްވިއެވެ.

ޚުތުބާގައި ބުނެފައިވާ ގޮތުން މާތް ރަސޫލާއަށް ލޯބި ކުރުމުގެ އެންމެ ބޮޑު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށާއި، އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިިބިގަތުން ކަމަށެވެ. އަދި އެކަލޭގެފާނު ދައްކުވައިދެއްވި ރިވެތި އަހުލާޤީ މިންގަޑުތަކަށް ތަވާވުމަށް ޚުތުބާގައި ގޮވާލެއްވިއެވެ. މިގޮތުން ތެދުބަސް ބުނުމަށާއި، ކެތްތެރިވުމާއި، އަދުލުވެރިވުމާއި، އިހުތިރާމް ކުރުމާއި، މަޑުމޮޅި ވުމާއި، މިނޫންވެސް އެހެނިހެން ރީތި ސިފަތަކަށް ތަބާވުމަށް ގޮވާލެއްވިއެވެ.

އަދި އަމިއްލަ ނަފްސާއި، އަނބިދަރިންނާއި، މުދަލަށްވުރެ ބޮޑަށް ރަސޫލާ ދެކެ ލޯބިވެގެން ނޫނީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެކަން ޚުތުބާގައި ފާހަގަކުރިއެވެ. 

ކިޔުންތެރިންގެ ހިޔާލު