Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

ޓެސްލާ: އީޖާދީ އުފެއްދުންތެރިޔާގެ ވާހަކަ ސްކްރީންތަކަށް

މިވާހަކައަކީ ޞިނާޢީ އިންޤިލާބުގެ ރަން ޒަމާނުގެ ވާހަކައެކެވެ. އެއީ ބާރުގަދަ މީހަކާއި ބާރު ދެރަ މީހެއްގެ ވާހަކައެވެ. ކަރަންޓު އުފައްދައި ފެތުރުމަށް ބޭނުންކުރާނެ އައު ނިޒާމެއް ޤާއިމުކުރުމުގައި ކަރަންޓު އުފެއްދުމުގައި އެއިރު ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސައެންސްވެރިޔާ ތޮމާސް އެޑިސަންއާއެކު މަސައްކަތްކުރުމުގެ އުންމީދުގައި ޒުވާން އުންމީދުން ފުރިގެންވާ ނިކޮލާ ޓެސްލާ އެމެރިކާއަށް އައީ 1884 ވަނަ އަހަރުއެވެ.
ޓެސްލާގެ އަލްޓާނޭޓިން ކަރަންޓުގެ ނިޒާމަކީ އެޑިސަން އެއިރު ބޭނުންކުރަމުންދިޔަ ނިޒާމުގައި ކަރަންޓު ދަތުރުކުރާ ދުރުމިނަށްވުރެ ދުރަށް ކަރަންޓު ދަތުރުކުރާނެ ނިޒާމެކެވެ. ނަމަވެސް ޓެސްލާގެ އުންމީދުތަކަށް ހުއްޓުމެއް އައީ އޭނާގެ ނިޒާމަކީ އަމަލީ ގޮތެއްގައި ބޭނުންކުރެވޭނެ ނިޒާމެއް ކަމުގައި ނުދެކޭ ކަމަށް އެޑިސަން ބުނި ހިސާބުންނެވެ. ދެއުފެއްދުންތެރިންގެ ގުޅުން ގޯސްވުމާއެކު، ޓެސްލާއަށް މަޖުބޫރުވީ އޭނާ އަމިއްލައަށް މަގެއް އަލިކުރާށެވެ.
ނިކޮލާ ޓެސްލާގެ އިމްތިހާނު ގިނަ ޓެސްޓުތަކުން ފުރިފައިވި ދަތުރުގެ ވާހަކަ ގެނެސްދޭ ފިލްމަކީ މައިކަލް އަލްމެރޭޑާ ޑައިރެކްޓުކުރާ ފިލަމެކެވެ. މިފިލްމުގައި ކިޔައިދޭނީ ޓެސްލާއާއި އެޑިސަންގެ މެދުގައި ހިނގި ކަރަންޓުގެ ހަނގުރާމައިގެ ނަމުން މަޝްހޫރު ޙާދިސާތަކުގެ ވާހަކައެވެ. މިފިލްމު އޮންލައިން މަންސަތަކާއި ބައެއް ކޭބަލް ޗެނަލްތަކުގައި އަޅުވާނީ އޯގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ.
ޓެސްލާގެ ދައުރު މިފިލްމުގައި ކުޅޭނީ އީތާން ހޯކްއެވެ. ޓެސްލާއަކީ އެޑިސަންގެ ވިޔަފާރި ހުނަރާއި އަމިއްލަ ނަފުސު ވިއްކުމުގެ ޤާބިލުކަން ނެތް އުފެއްދުންތެރި ސައެންސްވެރިއެކެވެ. އިންޤިލާބީ ވިސްނުމަކާއި ގަދައަޅައި މަސައްކަތްކުރުމުގެ އަޒުމު ނޫން އިތުރު ހަތިޔާރަކަށް އޭނާގެ އަތުގައި އޮތީ ތޫނުފިލިކަމެވެ. އާދަޔާ ޚިލާފު ވިސްނުންތެރިކަމެވެ.
މިފިލްމުގައި ޓެސްލާގެ ޝަޚުޞިއްޔަތުގެ ތަފާތު ފަރާތްތައް ފެންނާނެއެވެ. އޭނާގެ ސިކުނޑީގެ ކަވިކަމާއި ކަންކަމާމެދު ވިސްނާ ގޮތުގެ ތަފާތުކަމާއި އިޖުތިމާޢީ ގުޅުންތައް ނަގަހެއްޓުމުގައި ޓެސްލާއަށް ކުރިމަތިވި ބޮޑެތި އުދަގޫތައް ފެންނާނެއެވެ. ޓެސްލާގެ އަުއު ޚިޔާލުތަކާއި ވިސްނުންތަކުގެ ސަބަބުން އޭނާގެ މަސައްކަތަށް ވުނަކުރާނެ ވުނޭރުން (އިންވެސްޓަރުން) ނުލިބި އޭނާ ފަޤީރުވެ، ނިކަމެތި ޙާލަކަށް ވެއްޓުނު ގޮތްވެސް ފިލްމުގައި ފެންނާނެއެވެ.
ނިކޮލާ ޓެސްލާއަކީ އޭނާ ދުނިޔެ ދޫކުރިތާ އެތައް ޒަމާނެއް ފަހުންވެސް ޢާންމުންގެ ޚިޔާލާއި ފިކުރުގައި ހަރުލާފައިވާ ކުޅަދާން ވަރުގަދަ އުފެއްދުންތެރިން ޝަޚުޞިއްޔަތެކެވެ. މިއަދު ދުނިޔެ އަލިވަނީ އޭނާގެ ކަރަންޓު ނިޒާމުގެ ސަބަބުން ކަމުގައި ބުނުމަކީ ދޮގެއް ކަމުގައި ނުވާނެއެވެ.
މި ލިއުމާއި ގުޅޭ