Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

ފިލްމާއި ސިނަމާ: ތަރައްޤީވެ ކުރިއެރި ގޮތުގެ ތާރީޚީ ޚުލާޞާއެއް

އަހަރުމެން މިހާރު މިދަންނަ ގޮތަށް ސިނަމާ އުފަންވެގެން އައީ 1885 ވަނަ އަހަރުއެވެ. އޭގެ ކުރިންވެސް ހަރަކާތްކުރާ ފޮޓޯ ދައްކައިދިނުމަށް ބައެއް މީހުން އެކި މިންވަރަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ލޫމިއެރޭ ދެ އަޚުންނަށް ލިބުނު މިންވަރުގެ ކާމިޔާބަށް އެހާތަނަށް އެއްވެސް އެހެން ބަޔަކަށް މިކަމުގައި ހޯދިފައިނުވެއެވެ. އެދެމީހުން ތައްޔާރުކުރި ފިލްމުތައް އެންމެ ފުރަތަމަ ފަރަންސޭސިވިލާތުގައި ދެއްކީ 1885 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އެންމެ ފުރަތަމަ ދައްކައިލީ އެއްކުރެވިފައިވާ ހަރަކާތްކުރާ ފޮޓޯތަކެއް އެކަންޏެވެ. މިފޮޓޯތައް ދައްކައިލުމުގެ ހަމައެކަނި ބޭނުމަކީ މިއައު އުފެއްދުން ދައްކައިލުމެވެ. އެފަދަ ފިލްމުތަކަށް ކުރު ޑޮކިއުމަންޓަރީ ފިލެމޭ ދެންނެވިދާނެއެވެ. އެހެނީ މިފޮޓޯތަކުން ދައްކުވައިދެނީ އާންމު ދިރިއުޅުމުގެ ވަރަށް އާދައިގެ ބައެއް މަންޒަރުތަކެވެ. މިސާލަކަށް ފެކްޓަރީއެއްގައި ބަޔަކު މަސައްކަތްކުރާ މަންޒަރު ނުވަތަ ރޭލު ގިމަތައަކަށް ރޭލެއް ވަންނަ މަންޒަރު ފަދަ މަންޒަރުތަކެވެ. މިއިން ކޮންމެ ފޮޓޯއެއްގައި ވަރަށް ކުޑަ ސުރުޚީއެއް އަޅާފައިވެއެވެ.
އެދުވަސްވަރު ފިލުމުގެ ސުރުޚީ ނުވަތަ ނަމަކީ ފިލްމުގެ އެކުލެވޭ މަންޒަރާ ގުޅުންހުރި ކަމެއް ނޫނެވެ. ނަމަވެސް އެއީ އެމަސައްކަތް އިތުރަށް އިޝްތިހާރުކުރުމަށް ބޭނުންކުރާ އާލަތެކެވެ. މިސާލަކަށް ދަންނަވާނަމަ ތޮމާސް އެޑިސަން ކޮމްޕެނީން "ބާލީހުގެ ތަޅައިލުން" ނުވަތަ "ޕިލޯ ފައިޓު"ގެ ނަމުގައި ފިލްމެއް ނެރުނެވެ. އެފިލުމުގައި ފެންނަނީ ނިދާ ހެދުމުގައި ތިބި ހަތަރު އަންހެންކުދިން ބަލީސްތަކުން ތަޅާ މަންޒަރެވެ.ޓްރާންސްކްރިޕްޓާއެކު ސިނޭރިއޯއަށް ފިލްމު ހަދަން ފެށުން
ލިޔެވިފައިވާ ޓްރާންސްކްރިޕްޓެއް ނެތި ހަމައެކަނި ފިލްމުގެ ނަމަކީ ފިލްމުގެ ސިނޭރިއޯ ކަމަށް ބަލައިގެން ފިލްމު ހެދުން އެތައް އަހަރަކަށް ދެމިގެންދިޔައެވެ. އެކަމަށް ނިމުމެއް އައީ 20 ވަނަ ޤަރުނުގެ ފެށުމުގައެވެ. އެދުވަސްވަރު ފިލްމު އުފެއްދުމުގެ ދާއިރާއަށް ޖޯޖް މިލިއޭސް ނަމަކަށް ކިޔުނު ފަރަންސޭސި އުފެއްދުންތެރިއެއް ވަނެވެ. ފިލްމު ބޭނުންކޮށްގެން ފެނުމަށް އަސަރުކުރުވުމުގެ ފަންނީ އަސާސްތައް ބިނާކުރުމުގައި އޭނާގެ ހިއްސާއަކީ ވަރަށް ބޮޑު ހިއްސާއެކެވެ. އެގޮތުން މިޒަމާނުގައި އެންމެން ދަންނަ ޓްރާންސްކްރިޕްޓަކާ ގާތްކުރާ ފަދަ ގޮތަކަށް ފިލްމުގެ ސިނޭރިޔޯތައް ލިޔެގެން ފިލްމެއް އެންމެ ފުރަތަމަ އުފެއްދީ އޭނާއެވެ. ހަނދަށް ދަތުރެއް ނުވަތަ "އަ ޓްރިޕް ޓު މޫން"ގެ ނަމުގައި 1902 ވަނަ އަހަރު އޭނާ އުފެއްދި ފިލްމަކީ ޓްރާންސްކްރިޕްޓެއް އޮވެގެން ތައްޔާރުކުރެވުނު ފުރަތަމަ ފިލްމެވެ.
މިފިލްމުގައި އޭނާ ދައްކުވައިދިނީ ދުނިޔެއިން ފޮނުވައިލެވޭ ރޮކެޓެއްގައި ބިމުގެ ބައެއް އަހުލުވެރިން ހަނދަށް ކުރާ ދަތުރެކެވެ. މިފިލްމުގެ ދިގުމިނަކީ 12 މިނިޓުވެ. 30 ފޮޅުވަތުގެ ދިގުމިން ހުރި ޓްރާންސްކްރިޕްޓުގައި އޭނާގެ ފިލްމު ރެކޯޑުކުރާނެ މަރުހަލާތަކާއި އޭނާގެ ފިލްމުން އުފައްދަން ބޭނުންވި ފެނުމުގެ ހިއްސާ ގުޅޭ އަސަރުތައްވެސް އެ ތިރީސް ފޮޅުވަތުގައި ލިޔެފައިވެއެވެ.
ޖެހިގެން އައި 1903 ވަނަ އަހަރު އެމެރިކާގެ ފިލްމު އުފެއްދުންތެރިޔާ އެޑްވިން އެސް ޕޯޓާގެ އަތްމަތީގައި ސިނަމާއަށް ވަރަށް ބޮޑު ކުރިއެރުމެއް އައެވެ. އޭނާގެ "ބޮޑު ރޭލު ވަގަށް ފޭރުން" ނުވަތަ "ދަ ގްރޭޓް ޓްރެއިން ރޮބެރީ" އަކީ އެންމެ ފުރަތަމަ ފަހަރަށް ފިލްމު ހަދާ މީހާ އަތުގައި ފިލްމުގެ ހުރިހާ މަންޒަރަކާ ގުޅޭ ތަފުޞީލު ލިޔުމެއް އޮވެގެން ތައްޔާރުކުރެވުނު ފިލްމެވެ. އެގޮތުން ފިލްމުގެ ކެނޑުންތައް (ކަޓްސް)ގެ ޢަދަދާއި ކޮންމެ މަންޒަރެއްގެ އެކުލެވުމާއި ޕްލޮޓުވެސް ތަފުސީލުކޮށް ލިޔެފައިވެއެވެ.ޓްރާންސްކްރިޕްޓު އިޤުތިޞާދީ ޒަރޫރަތެއް
މިދެފިލްމަށްފަހު ސިނަމާ ދުނިޔޭގައި ޢާންމުވެ ފިލްމަށް އޮތް ބޭނުން އިތުރުވުމާއެކު ފިލްމު އުފެއްދުމަކީ އިޤުތިޞާދީ ހަރަކާތަކަށް ވެއްޖެއެވެ. އަދި ފިލްމު އުފެއްދުން ވަރަށް ހަލުއިކޮށް އިތުވާން ފެށިއެވެ. ފިލްމުން ލިބޭ ނަފާ އިތުރުކުރުމުގެ ވިސްނުން އިޤުތިޞާދީ އެހެންވެސް ހަރަކާތްތަކުން ނަފާ ހޯދުމުގެ ވިސްނުން އުފަންވާ ގޮތަށް އުފަންވެއްޖެއެވެ. އެހިސާބުން ފިލްމު އުފެއްދުމަށް ކުރަންޖެހޭ ހޭދަކުޑުކުރަން މަޖުބޫރުވިއެވެ. އެސަބަބަށްޓަކައި ފިލްމުތަކުގެ ޓްރާންސްކްރިޕްޓުތައް ލިޔެ ކޮންމެ މަންޒަރެއް ވަކިން ލިޔެވި އެމަންޒަރު ރެކޯޑުކުރާނެ ގޮތްވެސް ލިޔާން ފެށުނެވެ.
މިކުރިއެރުމާއެކު ސްޓޫޑިއޯ ނިޒާމު ފުރަތަމަ ފަހަރަށް ތަޢާރަފުވިއެވެ. އެއީ ގިނަ ޢަދަދެއްގެ ފިލްމު އެއްފަހަރާ ރެކޯޑުކުރާ ހޮލީވުޑުގެ ނިޒާމެވެ. އަދި މިނިޒާމުގެ ތެރޭގައި ފިލްމު އުފެއްދުމަކީ ކާރުޚާނާތަކުގައި ތަކެތި އުފެއްދުމުގެ އިޖުރާއާތާ އެއްގޮތް އިޖުރާއާތެއްގެ ތެރެއިން އުފައްދާ ނިޒާމަކަށް ގާތްވެއްޖެއެވެ. އަދި އެހިސާބުން ފިލްމު އުފެއްދުމުގެ ކޮންމެ މަސައްކަތަކީ އެމަސައްކަތަކަށް ޚާއްޞަ ކޮންމެވެސް މީހަކު ކުރާ ކަމެއް ކަމުގައި ހަމަޖެހިގެން ދިޔައެވެ. އެގޮތުން ފިލްމު ލިޔުމަކީ، އަދި ފިލްމުގައި ހަރަކާތްކުރާ ތަރިންނާއި، ޕްރޮޑިއުސްކުރުން އެއީ ވަކިން ކޮންމެވެސް އެކަކު ކުރާ ކަމަކަށްވެއްޖެއެވެ.ދައްކާވަހަކައިގެ އަަޑު ސިނަމާއަށް އައުން
ސިނަމާއަށް އައި އިޤުތިޞާދީ ކުރިއެރުންތަކާއެކުވެސް ސިނަމާ ކުރިއަށް ދިޔައީ އަޑެއް ނެތިއެވެ. އެންމެ ފުރަތަމަ ފަހަރަށް ފިލުމެއްގައި އަޑު ހިމެނޭ ފިލްމު ނެރުނީ 1927 ވަނަ އަހަރުއެވެ. އެއީ "ޖޭޒް ލަވަކިޔާ މީހާ" ނުވަތަ "ދަ ޖޭޒް ސިންގާ" ނަމަކަށް ކިޔާ ފިލްމެވެ.
ކުރިން ލިޔެފައިވާ ޓްރާންސްކްރިޕްޓުތަކަށް މިބަދަލާއެކު އިތުުރު ބަދަލެއް އައެވެ. ޓްރާންސްކްރިޕްޓު ލިޔުމަކީ ހަމައެކަނި ފިލްމުގެ ޕްލޮޓާއި މަންޒަރުގެ ތަފުސީލުތަކާއި ފިލްމު ރެކޯޑުކުރާ ގޮތުގެ ތަފުސީލުތައް ހިމެނެމުގެ އިތުރަށް ލިޔެވިފައިވާ ދިގު މުހާވަރާ (ޑައަލޮގް)ވެސް ހިމެނޭ ލިޔުމެއް ކަމުގައި ވެއްޖެއެވެ.
އަދި ފިލްމުގައި އަޑުތައް ފެންނަން ފެށުމުން ފިލްމުގެ އާބާވާތުގެ ފިލްމެއް ތަޢާރަފުވެއްޖެއެވެ. އެއްގޮތުން މިއުޒިކަލް ފިލްމުތައް ވުޖޫދަށް އައިސްފިއެވެ. އެހިސާބުން މުއިޒިކާއި ލަވަ ލިޔާ މީހުންނާ ދެމެދުގައި އޮންނަ ގުޅުން ބޮޑުވެ އެކީގައި މަސައްކަތްކުރާ މިންވަރު އިތުރުވެފައިވެއެވެ.ޕްރޮޑިއުސަރުންގެ ޓްރާންސްކްރިޕްޓު، ލިޔުންތެރިންގެ ސިނަމާ
ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސަގާފަތާމެދު ވާހަކަދައްކަވާ ވަރަށް ގިނަ ބޭފުޅުން ލިޔުއްވާފައިވަނީ ސިނަމާ އިތުރަށް ކުރިނާރާނެ ކަމުގައެވެ. އަދި ސިނަމާގެ އެކުލެވުމާއި އުޞޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ. ނަމަވެސް އެމެރިކާގައި ކުރިއަރަމުން ސިނަމާއަށް އިތުރު ކުރިއެރުން އެމެރިކާއިން ކުރިއެރުން އަންނަން ފެށިއެވެ.
"މުއައްލިފުގެ ސިނަމާ"ގެ ނަމުގައި ސިނަމާގެ ނަޒަރިއްޔާއެއް ވުޖޫދަށް އައީ ފަރަންސޭސިވިލާތުގައެވެ. އެނަޒަރިއްޔާގައި ބުނެފައިވަނީ ފިލްމުގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ މަސްއޫލުވެރި ފަރާތަކީ ޕްރޮޑިއުސަރެވެ. އެނަޒަރިއްޔާ ބުނާ ގޮތުގައި ފިލްމަކީ ޕްރޮޑިއުސަރުގެ އަތުގައި އޮންނަ ގަލަމެކެވެ. އެގޮތުން ފަރަންސޭސި ފިލްމުގެ އައު ރާޅުގައި އެންމެ ނުފޫޒު ގަދަ އެކަކީ ޖީން-ލުކް ގޯޑާޑެވެ. އޭނާ ބައެއް ފިލްމުތަކުގައި އެއްވެސް މިންވަރަކަށް ލިޔެފައި އޮތް ޓްރާންސްކްރިޕްޓެއް ބޭނުންކުރައްވާފައިނުވެއެވެ.
އެހިސާބުން ފާއިތުވެގެން މިދިޔަ 120 ވަރަކަށް އަހަރުގެ ތެރޭގައި ސިނަމާއަށް އެކި މިންވަރުގެ ބަދަލުތައް އައިސްފައިވެއެވެ. އެކި ދުވަސްވަރާ ގުޅޭ ގޮތަށް ސިނަމާއަށް ކުރިއެރުން އައިސް ސިނަމާއާ ގުޅޭ ނަޒަރިއްޔާތައް އުފަންވެ، އައު ޕްލޮޓުތަކާއި ފިލްމު އެކުލަވައި ހުށަހެޅުމުގެ އައު ވިސްނުންތައް އުފަންވަމުންދެއެވެ.
މި ލިއުމާއި ގުޅޭ