ރައީސް މައުމޫނުގެ އަސްލު ނަންފުޅު އެނގޭތަ؟

އިބްރާހިމް އާދަމް 30 މާރިޗު 2020 16:14
Flowers
މައުމޫން ޢަބްދުލްޤައްޔޫމުގެ ތުއްޕުޅު އިރުގެ ފޮޓޯއެއް (ކ.) އަދި އެމަނިކުފާނުގެ ޒުވާންދުވަސްވަރުގެ ފޮޓޯއެއް (ވ.). މަޞްދަރު: ދުންޔާ މައުމޫން / ޓުވިޓަރ

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހާމަޝްހޫރު ޝަޚުޞިއްޔަތެއް ދިވެހިރާއްޖޭގައި މަދުވާނެއެވެ. 30 އަހަރުދުވަހުގެ ވެރިކަމެއް މީގެ 12 އަހަރުކުރިން ނިމިދިޔަނަމަވެސް، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުން އެމަނިކުފާނުގެ ނަމުގެއަޑު މުޅީންފިލައިގެނެއްނުދެއެވެ. ބަޔަކު ލޯތްބާއި އިޙުތިރާމު ކުރިނަމަވެސް، އަދި ބަޔަކު ނުރުހުންވެ ނަފުރަތުކުރިނަމަވެސް، މިއީ ޙަޤީޤަތެވެ.

ނަމަވެސް، އެމަނިކުފާނުގެ ތުތްޕުޅު އިރުގެ ނަންފުޅާ، އެމަނިކުފާނު ދިވެހިރާއްޖެއަށާއި ދުނިޔެއަށް މަޝްހޫރުވެގެންދިޔަ ނަމާއި ވަރަށް ތަފާތުކަން އެނގިލައްވާތޯއެވެ؟

މައުމޫން ޢަބްދުލް ޤައްޔޫމުގެ އަސްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީ އެވެ. އެމަނިކުފާނުގެ ބައްޕާފުޅު އެމަނިކުފާނަށް ދެއްވިނަންފުޅަކީ މިއެވެ. އެމަނިކުފާނުގެ މަދުރަސީ ދައުރުގައިވެސް އެމަނިކުފާނަށް ކިޔައިއުޅުނު ނަމަކީ މިއެވެ. އެމަނިކުފާނުގެ ނަން ބަދަލުވާންދިމާވީ ދިވެހިރާއްޖެއިން ބޭރަށް ތަޢުލީމު ފުރިހަމަކުރެއްވުމަށް ދަތުރުކުރެއްވުމަށް ޕާސްޕޯޓު ހެއްދެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކަށް އެރި އޮޅުމަކުންނެވެ. އެމަނިކުފާނަށް ޢާންމުކޮށް ކިޔައި އުޅުނީ "މައުމޫން" ކަމަށްވުމުން، އެނަން ޕާސްޕޯޓަށް އެދޭ ފޯމުގައި ލިޔުއްވައި، އެ ނަމާއި އެމަނިކުފާނުގެ ބައްޕާފުޅުގެ ނަމާއި ގުޅުއްވާލެއްވީއެވެ.

އެޒަމާނުގައި، ދިވެހީންނަށް ނަންކިޔައި އުޅުނީ އެމީހެއްގެ ލަގަބަކުން ނުވަތަ ވަނަމަކުންނެވެ. އެމަނިކުފާނުގެ "މުސްކުޅި ދިވެހި" ނަންފުޅަކީ ޅަސީދީ އެވެ. އެއީ އެމަނިކުފާނުގެ ބައްޕާފުޅު ފަރާތުން "ސީދީ"ގެ ލަގަބު ވާރިޘުވީތީވެއެވެ. އެމަނިކުފާނުގެ ބައްޕާފުޅުގެ ނަންފުޅަކީ ޢަބްދުލްޤައްޔޫމް ސީދީ އެވެ. އަދި އެމަނިކުފާނުގެ ކާފާފުޅުގެ ނަންފުޅަކީ އިބްރާހިމް މާފަތްތަކުރުފާނެވެ.

ރައީސް މައުމޫން ގެ ނަސްލަކީ ބަބުރު ނައިބު ކަލޭފާނުގެ ނަސްލެވެ. ބަބުރު ނައިބު ކަލޭފާނަކީ 1735މ. ގައި ދިވެހިރާއްޖެޔަށް ގެނެވުނު އެފްރިކާގެ އަޅަކާއި ހުވަދޫ އަތޮޅު ވިލިނގިލި ކަނބަލަކާއި ކައިވެނިކުރައްވައި، ފުރަތަމައަށް ލިބިވަޑައިގަތް ދަރިކަލުންނެވެ. ބަބުރު ނައިބު ކަލޭފާނުގެ އަސްލުނަމަކީ މުޙައްމަދު އަލް-ޙަބަޝީ (ނުވަތަ ޙަބުޝްކަރައިގެ މުޙައްމަދު) އެވެ. ހުވަދޫ އަތޮޅު ވިލިނގިއްޔަށް އުފަންވެވަޑައިގަތްނަމަވެސް، މުޙައްމަދު އަލްޙަބްޝީ އުޅުއްވާ ބޮޑުފުޅުވީ މާލޭގައެވެ. 1794 މ. ގައި ނުވަތަ 1795 މ. ގައި މުޙައްމަދު އަލްޙަބްޝީ އަށް ބޮޑުނައިބުކަންދެވުނެވެ. މިކަންވީ، މޫސާ ނަޖްމުއްދީން ފަނޑިޔާރުމަނިކުފާނު އަވަހާރަވުމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު
ނައުުޝާދު
ނައިސް
ޢަޒީ
ވަރަށް އިންޓަރެސްޓިންގ އާރޓިކަލެއް!
އާދިލ
މީދެން ކޯއްޗެއް...
ފަ ރީ
މައުމޫނުގެ އަގެއް އި ރާދަކު ރެއްވިއްޔާ ނުވެއްޓޭނެ. ޙަމަ އުހުގަ.
މުޙައްމަދު
ކުޑަޢަބްދުﷲ
ދަވާލި19
ކޮބާ މޮހާރު މީނަ ދުނިޔޭގަ އެބަހުރިތަ މީވަރައް ގައުމާ ރައްޔިތުންދެކެ ލޯބިވާ ބޭޅަކޯ
ކިނބޫ
މުޙައްމަދު އަލް-ޙަބަޝީއާ ޚައިރީ ގުޅޭ ހިސާބަކީ ކޮބާ؟
ކެއަރ ބެއާރ
ވަރަށް ރަނގަޅު އާޓިކަލްއެއް. މިފަދަ އާޓިކަލްތައް އަދިވެސް ގެނެސްދޭނެ ކަމަށް އުންމީދު ކުރަން
ވަޙީދު
ހުރިހާކަމެއްގައިވެސް މަކަރާއި ހީލަތް އުފަންދުވަސްވެސް ވާނީ އެގޮތަށް ބަދަލުކޮށްފައި
ޥިލިނގިލިން
ޥަރަން ސަޅި
ނާޙީ
ވަރަށް ރަނގަޅު ލިޔުމެއް.
ޙުމް
އެނގޭ އެއީ ރައިސުލް ޖުމަހޫރިއްޔާ ކިޔަނީ
0202
ރަނގަޅު ގޮތަކީ [ރައީސުލްޖުމްހޫރިއްޔާ]
ވިލިގިއްލެން މަރުޙަބާ
މައުމޫނުގެ އާއިލާއެއް އޮވެޔޯ މި ވިލނގިލީގަ، ހަރާންބަޅުމާސް އެއިން އެއްވެސް އިންސާނަކު އަހަންނަކަށް ނުއެއް ފެނޭ. އަޅެ މައުމޫނުގެ އެއްމެ މޫނެއްވެސް މިރަށުން ދައްކަބަލަ.
ޢަލީ
މައުމޫން އަސްލު އުފަންވެވަޑައިގަތީ 1931 ވަނަ އަހަރު ޑިސެމްބަރ 29 ގަ އެކަމަކު މިސްރަށް ވަދައިގެން އިރު އުމްރު ވެސް ބަދަލު ކުރެއްވު 1937 ގަ އުފަންވެ ވަޑއިގަތް ކަމަށް
ޙަބޭސް
އޮޅުވާލިކަން ނޫނީ އޮޅުނީކަން ޤަބޫލްކުރުމަކީ ތިޔަ ފަދަ ލަޤަބުގައި ކިލަބުކަން ނެތް ހުނދުފޮތިކޮޅެއް ފަދަ ބޭފުޅަކު ކުރާނެކަމަށް ޤަބޫލްކުރާވަރުގެ ކަން ކަމެއްނޫން. މުނާފިގުންގެ ސިފަތަށް ކިޔައިދީފަ އެ ސިފަޖެހުނީމަ ވަރަށްހުތުރު." ފަށްކާ ނުވާނެ މޭވާ ތޮށްޓާ ނުލާ "
ޙައްޖަ
އެކެއްގެ ދެ ދަރިންނަށް އެއްނަމެއް ކިޔޭބާ؟ އަބުދުﷲ މައުމޫން ކިޔާފައި އަބުދުﷲ ޔާމީނު ވެސް ކިޔޭތަ؟
ޙުސެން
އެއީ އެއްބަނޑު އެއްބަފާ ދެބޭފުޅުން އެއް ނޫން .އެއްބައްޕާފުޅު
ޜަގަޅު
ލައްބަ
މަރީ
އެއްބަފާ ދެމީހަކައް އެންނަން ކިޔޭކަމެއް ނޭގޭ ކިތަންމެބަނޑަކައް ލިބުނަސް. އެކަމު އެއްބަނޑު ދެމީހުންނައް ކިޔޭކަމައް ވަނީ. ނަސްލު އޮޅޭކަހަލަކަމެއް.
ނ. ވެލިދޫ އަންހެނަކު
ޢަބުދުﷲ މަޖީދު، ޢަބުދުﷲ ޔާމީން، ޢަބުދުﷲ މަމްނޫން، ޢަބުދުﷲ އަލްޤީން، ޢަބުދުﷲ ބުންޔާމީން މީ ހައްތާވެސް ނ. ވެލިދޫ އަންހެނަކު ޢަބުދުލްޤައްޔޫމް ސީދީ ގެ އަނބި ކަބަލެއްގެ ގޮތުގައި އިންނަވައިގެން ލިބިވަޑައިގަތް ބޭފުޅުން. ހުރިހާ ބޭފުޅުންގެ ނަމުގެ ކުރިޔަށް ވެސް ޢަބުދުﷲ ލައްވާފައި
މިދެންބޮދުބަލާއެއް
ދޮގުޙަބަރު ނުފަތުރާ..!! ނޭގެންޔާ އެނގޭ ބައެއްކާރިން އަހާބަލަ!!
ާައަޙްމަދު ޒަނީނު އާދަމް
މިޅިއަކުން ރަނގަޅެއްނޫން އަސު ނަމަކީ:މައުމޫން ޚައިރީ ޙަމީދު ޚައިރީ ސީދީ އަށް ލިބިލެއްވި ހިތާމަ އަކާ ހެދި ޢަބްދުﷲ ކުރިއަށް އިތުރުކުރީ ދެން ކީ ޢަބްދުﷲ މައުމޫން ޢަބްދުﷲ ޙަމީދު މިހާތަނުން ޚައިރީ ކަނޑާލެއްވީ ޟައުމޫނުގެ ނަމުން ޢަބްދުﷲ އުނިކިރެއްވީ މާފަހުން މިސްރަށް ވެސް ދިޔަފަހުން.
ާައަޙްމަދު ޒަނީނު އާދަމް
މިޅިއަކުން ރަނގަޅެއްނޫން އަސު ނަމަކީ:މައުމޫން ޚައިރީ ޙަމީދު ޚައިރީ ސީދީ އަށް ލިބިލެއްވި ހިތާމަ އަކާ ހެދި ޢަބްދުﷲ ކުރިއަށް އިތުރުކުރީ ދެން ކީ ޢަބްދުﷲ މައުމޫން ޢަބްދުﷲ ޙަމީދު މިހާތަނުން ޚައިރީ ކަނޑާލެއްވީ ޟައުމޫނުގެ ނަމުން ޢަބްދުﷲ އުނިކިރެއްވީ މާފަހުން މިސްރަށް ވެސް ދިޔަފަހުން.
ާައަޙްމަދު ޒަނީނު އާދަމް
މިޅިއަކުން ރަނގަޅެއްނޫން އަސު ނަމަކީ:މައުމޫން ޚައިރީ ޙަމީދު ޚައިރީ ސީދީ އަށް ލިބިލެއްވި ހިތާމަ އަކާ ހެދި ޢަބްދުﷲ ކުރިއަށް އިތުރުކުރީ ދެން ކީ ޢަބްދުﷲ މައުމޫން ޢަބްދުﷲ ޙަމީދު މިހާތަނުން ޚައިރީ ކަނޑާލެއްވީ ޟައުމޫނުގެ ނަމުން ޢަބްދުﷲ އުނިކިރެއްވީ މާފަހުން މިސްރަށް ވެސް ދިޔަފަހުން.
ާއަހައްމަދާ
އަހަރުމެންމީ ވެސް ޅަސީދީފަދަ އިންސާނުން ކީއްވެ އެކަލޭގެ ވަނަވަރު އާއްމު ތިކުރަނީ؟؟
ޯކ
ސީދީ ޖޫނިއަރ
އެކޮޅުގެ މުޙައްމަދު
އެމަނިކުފާނަކީ ވަރަށް ޤަދަރުކުރި ބޭފުޅެއް އެކަމަކުވެސް އެބޭފުޅާ އަށް މިވަގުތު އެންމެ ރަނގަޅީ މުޙައްމަދު ނަޝިދާއެކު އެކު މަސައްކަތް ކުރުމޭ ވިދާޅުވިދުވަހުން ފެށިގެން އެ ޤަދަރާ އެލޯބި ކެނޑި ހިގައްޖެ
ކައުންސެލަރު
ހަތަރެސްފައިން ތިޔަވާހަކައަށް މަ ތާއީދު. ލާބޮލަށް ލާފަ ހުރިމީހެއް މިހާރު އެއީ. އެކަމަކު ކުރިން އެއީ މަގޭ ރޯލްމޮޑެލް. ލާދީނީ މީހުންނާ އެކީ މަސައްކަތް ކުރަންފެށިފަހުން ވަތް ކަނޑާލައިފިން. ސަލާމް
އެކޮޅުގެ މުޙައްމަދު
އެމަނިކުފާނަކީ ވަރަށް ޤަދަރުކުރި ބޭފުޅެއް އެކަމަކުވެސް އެބޭފުޅާ އަށް މިވަގުތު އެންމެ ރަނގަޅީ މުޙައްމަދު ނަޝިދާއެކު އެކު މަސައްކަތް ކުރުމޭ ވިދާޅުވިދުވަހުން ފެށިގެން އެ ޤަދަރާ އެލޯބި ކެނޑި ހިގައްޖެ
ޏވޔނ
👍
އެނޮނިމަސް
ވަރަށް ފައްކާ!!!
ދޮންފަނު ސަމީނާ
ނާދިރާ ކުރިކަމެއް އެއީ ކުޑަސިދީ ޅަ ކުރަން