ސޯސަން ފާމަސީ އިން 1980 ވަނަ އަހަރު އެއްދުވަހު ހިލޭ ބޭސް ދިންކަން އެނގޭތަ؟

މަރިޔަމް ލީނާ
Flowers
މާލޭގެ ފާމަސީއެއް

1980 ވަނަ އަހަރު ސޯސަން ފާމަސީ އަދި އޯކިޑު ފާމަސީއިން ހިލޭ ބޭސް ދިންދުވަހެއް އައެވެ.

އެދުވަހަކީ 2 މޭއިއެވެ. އެދުވަހުގެ ހެނދުނު 7:30 އިން ރޭގަނޑު 12:00 އަށް ހޮސްޕިޓަލުން ޑޮކްޓަރުން ދިން ބޭސް ސިޓީތަކުގައިވާ ބޭސް ތަކުގެ ތެރެއިން ސޯސަން ފާމަސީ އަދި އޯކިޑު ފާމަސީގައި ހުރި ބޭސް ވަނީ ހިލޭ ދީފައެވެ.

މިގޮތަށް ހިލޭ ބޭސް ދިނުމަށް ނިންމާފައިވަނީ މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) ބޭރުގެ ކުލީ ސިފައިންތަކެއް ގެނެސް އޭރުގެ ރައީސް މައުމޫނާއި ސަރުކާރުގެ އިސް ބޭފުޅުންނަށް ގެއްލުން ދޭން އުޅެނިކޮށް އެކަން ނާކާމިޔާބު ވުމުން އެކަމުގެ އުފަލުގައެވެ. 


މި ހާދިސާ އަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީ ކޮޅު ހިނގި ހާދިސާއެކެވެ. އެ މައްސަލައާއި ގުޅިގެން އޭރު ކެރަފާ ނަސީމް އާއި އިތުރު ބަޔަކަށް އަދަބުވެސް ލިބުނެވެ. ނަމަވެސް ފަހުން ރައީސް މައުމޫން ވަނީ އެ ބޭފުޅުންނަށް މާފުދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު
މަލިންދާ އަޕޫމި
ހިލޭ ބެސް ދިނެ އެހެންވިޔާ މިހާރުވެސް މި އާސަންދައަކާ ނުލާ ހިލޭބެސް ލިބެނަމަ.
އަހްމަދު
އަދި ކެރަފާ ނަސީމަށް މާފުދެއްވާ ސަރުކާރުގެ މަތީ މަގާމެއްވެސް ދީފައެވެ. މިބައިވެސް ހިމަނާލިނަމަ......