އެނގޭތަ: ފަރަންސޭސި އެމްޕަޔަރ ބިނާކުރެއްވި ނަޕޯލިއަންއަކީ އަޞްލީ ފަރަންސޭސި ބޭފުޅެއް ނޫންކަން؟

ޙުސައިން އަފްޝަން
Flowers

ފަރަންސޭސި ވުލާތަކީ އިންބުރާތޯރިޔާއެއް ނުވަތަ އެމްޕަޔަރއެއްކަމުގައި ހަމަޖެއްސެވި ބޭފުޅަކީ ފަރަންސޭސި ކުޅަދާނަ ޢަސްކަރީ ޤާއިދު އަދި ސިޔާސީ މުހައްނިކު ނަޕޯލިއަން ބޮނަޕާޓެވެ. ތާރީޚުގައި ނަޕޯލިއަންގެ ނަން ލިޔެވިފައިވަނީ ދުނިޔެ ދުށް އެންމެ މޮޅެތި ޢަސްކަރީ އިސްތިރާޖީ ވިސްނުންތެރިންގެ ތެރޭގައެވެ. އޭނާގެ ޤިޔާދަތުގައި ފަރަންސޭސި ދައުލަތުގެ އިސްތިޢުމާރީ ބާރު ވިލާތުގައާއި އެބައްރުން ބޭރުގައި އޭގެ ކުރިން ފުޅާވެފައި ނެތް މިންވަރަށް ފުޅާވިއެވެ. 1804-18014 އަށް ދެމިގެންދިޔަ އޭނާގެ ވެރިކަމުގައި މުޅި ވިލާތާ ދެކޮޅަށް ފަރަންސޭސި ދައުލަތް ކޮޅަށް ނެންގެވިއެވެ.

މިހުރިހާ ކަމަކާއެކުވެސް ނަޕޯލިއަން ބޮނަޕާޓަކީ އަޞްލު ފަރަންސޭސި ބޭފުޅެއް ނޫނެވެ. ނަޕޯލިއަނަކީ މެޑިޓޭރިއަން ކަނޑުގައި އޮންނަ ކޯރސިކާ ނަމަކަށް ކިއުނު ރަށަށް ނިސްބަތްވާ މީހެކެވެ. މިރަށަކީ މިހައިރު ފަރަންސޭސި ދައުލަތުގެ 18 ސަރަހައްދުގެ ތެރޭގައި ހިނެނޭ އެއް ސަރަހައްދެވެ. ނަޕޯލިއަންގެ އަޞްލަށް ބަލާއިރު އޭނާގެ ޢާއިލާއަކީ އިޓަލީ ވިލާތަކުގެ ކުޑަ ޝަރަފުވެރި ޢާއިލާއަކަށް ނިސްބަތްވާ، ޓުސްކަން އަޞްލުގެ ޢާއިލާއެކެވެ. ނަޕޯލިއަންގެ ޢާއިލާ ކޯރސިކާއަށް ހިޖުރަކުޅައީ 16ވަނަ ޤަރުނުގެ ތެރޭގައި ލިގޫރިއާއިންނެވެ. ލިގޫރިއާއަކީ އުތުރު- ހުޅަނގު އިޓަލީގެ އައްސޭރި ސަރަހައްދެކެވެ.


ނަޕޯލިއަންގެ ޙަޔާތުނާމާ (ބައޮގްރަފީ) ލިޔުއްވި އެންޑްރޫ ރޮބާރޓްސްގެ ބައޮގްރަފީގައި ފާހަގަކުރައްވާފައިވާ ގޮތުގައި ކިޔަވައިވިދާޅުވުމަށް ނަޕޯލިއަން ފަރަންސޭސިވިލާތަށް ވަޑައިގެންނެވުމުން އެއިރު އޭނާއަށް އެހެން ކުދިންގެ ކިބައިން މަލާމާތާއި ފުރައްސާރަ ރައްދުވި ސަބަބަކީ، އޭނާގެ ކިބައިގައި ފަރަންސޭސި ސަގާފަތުގެ އަސަރު ކުޑަކަމާއި، ފަރަންސޭސި ބަހުން ވާހަކަދައްކަވާއިރު، އިޓަލީ އަޞްލުގެ އަސަރު ފައުޅުވުމެވެ. 

ކިޔުންތެރިންގެ ހިޔާލު