ހުޅަނގު މޫސުމުގައި ދޮންދޫނިތައް ކުރާ ކަނޑުދަތުރުގެ ވަނަވަރު އެނގޭތަ؟

އިބްރާހިމް އާދަމް
Flowers
ދޮންދޫނި

ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމުގެ ފަހުކޮޅު ޒިޔާރަތްކުރާ މެހުމާނެއް ދިވެހި ރާއްޖޭގެ ރަށްތަކުން މިވޭތުވެދިޔަ މަދު ދުވަސްކޮޅުތެރޭ ފެންނަން ފަށައިފިއެވެ.

ދޮންދޫންޔަކީ އަހަރުގެ ފަހުކޮޅު ދިވެހި ގޭގޭތެރެއިންނާއި ވައިމަތީގައި މިދުވަސްކޮޅު އާންމުކޮށް ފެންނަ ރީތި ސޫއްޕެކެވެ. 80 ގެ ފަހު އަހަރުތަކުގައި އުފަންވި ދިވެހީންނަށް މި ސޫއްޕާއި ރޯދަމަހުގެ ހަނދާންތަކާއި އޮންނާނީ ގުޅިލާމެހިފައެވެ.

ދޮންދޫނީގެ ސައިންޓިފިކް ނަމަކީ "Pantala flavescens" އެވެ. އިނގިރޭސި ބަހުން މި ދޮންދޫންޔަށް "globe wanderer" އޭ ކިޔާ އުޅެއެވެ. އޭގެ މާނަޔަކީ "ދުނިޔެތެރޭ އުޅޭ ދަތުރުވެރިޔާ" އެވެ.

ދޮންދޫނީގެ ގިނަ ބާވަތްތަކަކީ އާންމުކޮށް ކަނޑުމަތީ ދަތުރު ކުރާ ސޫއްޕެއްނޫނެވެ. 2004 ވަނަ އަހަރާއި ހަމަޔަށް، ކަނޑުމަތިން ދޮންދޫނި ދަތުރު ކުރާކަމީ ސައިންސުވެރީންނަށް އެނގިފައިވާ ކަމެއްނޫނެވެ.

2009 ގައި ކުރި ދިރާސާއެއް ދެއްކިގޮތުގައި މި ދޮންދޫނި ތަކަކީ 600 އާއި 1000 ކިލޯމީޓަރުގެ ރާސްތާއެއް ކަނޑުމަތީ ދަތުރުކޮށްގެން ދިވެހި ރާއްޖެޔަށް އަންނަ އެއްޗިއްސެވެ. މާލެޔަށް އަންނަ ފުރަތަމަަ ދޮންދޫނިތައް އާންމުކޮށް އަންނަނީ އޮކްޓޯބަރު މަހުއެވެ. މިއީ ހުޅަނގު-ދެކުނުން ވައި ޖެހޭ މޫސުމުގެ ތެރޭއެވެ.


ދޮންދޫންޔަކީ ދިވެހި ރާއްޖޭގައި އޮކްޓޯބަރުމަހު ގިނައިން ފެންނަން ފަށާ ސޫއްޕެކެވެ. އަދި ދޮންދޫނީގެ އާބާދީ އެންމެ ބޮޑުވަނީ ނޮވެމްބަރުމަހުގައެވެ. 

ވަޔާއި އިދިކޮޅަށް މިހާ ގިނަ ދޮންދޫނި މިހާ ދުރު ރާސްތާއަކަށް ދަތުރުކުރާ ގޮތެއް ސައިންސުގެ އަލިން އެނގޭކަށެއް ނެތެވެ.

ދިވެހި ރާއްޖޭގައި އެންމެ ދޮންދޫނި ގިނަވާ މަހަކީ ނޮވެމްބަރު މަހުކަމަށްވެސް އެ ދިރާސާއިން ދައްކައެވެ.

މި ދޮންދޫނިތަކުގެ ފަހު މަންޒިލަކީ ދިވެހި ރާއްޖެއެއް ނޫނެވެ. ދިވެހި ރާއްޖެޔަށް އަންނަ ގިނަ ދޮންދޫނިތައް ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭ ދިވެހި ރާއްޖެ ދޫކޮށް ދެއެވެ. ރާއްޖެޔަކީ ކަނޑުމަތީ ކުރާ ދިގު ދަތުރެއްގައި މަޑުކޮށްލާ ތަނެއްކަމަށް ލަފާކުރެވެއެވެ. ދޮންދީނިތައް ދަތުރު ކުރަނީ ގަދަވާރޭގެ ސަބަބުން އުފެދޭ ފެންގަނޑުތަކުތެރެޔަށް ބިސްއަޅާށެވެ.


ސެޕްޓެމްބަރު މަހު އިންޑިޔާ ދޫކޮށް ކަނޑުމަތީގައި ދަތުރުފަށާ އެތައް މިލިޔަން ދޮންދޫނި ރާއްޖެއާއި އަރާހަމަވަނީ އޮކްޓޯބަރު މަހުގައެވެ. ސީޝެލްސްގައި ނޮވެމްބަރުމަހު ފެނުމުންނާއި، އެފްރިކާގައި ޑިސެމްބަރު މަހު ފެނުމުން އެސޮރުމެންގެ ފަހު މަންޒިލަކީ އެފްރިކާކަން އެނގެއެވެ.

ދޮންދޫނިތަކުގެ އަސްލު މަންޒިލަކީ އެފްރިކާއެވެ. ރަނގަޅު ދުވަސްވަރެއްގެ ތެރޭ ރާއްޖެދޫކޮށް އެފްރިކާ އާއި ހަމަޔަށް ދެވިއްޖެނަމަ، އެފްރިކާގެ އިރު-ދެކުނު ހިސާބުތަކަށްވެހޭ ވާރޭގެ ފައިދާ ނެގޭނެއެވެ.

އަނެއްކާ ދޮންދޫނިތައް އަނބުރާ އިންޑިޔާއާއި ދިމާއަށް މިސްރާބު ޖަހައެވެ. މެއި މަހު، މަދުންނަމަވެސް ރާއްޖޭގައި ދޮންދޫނި ފެންނަ ސަބަބަކީ އިންޑިޔާއާއި ދިމާއަށް އިރުވައި މޫސުމުގައި އެސޮރުމެން ދަތުރުކުރާތީއެވެ.

ކިޔުންތެރިންގެ ހިޔާލު
އަރޭ އައް ނަން އޮޅިއްޖެ 🤔😎
ދޮންދޫނި ތަ ދޮންދީނި ތަ ނޫނި ހޭނަކައިތް ތަ؟ މަށައް ހަމައަސްލު ވެސް އޯޅިއްޖެ.
މުހައްމަދު
ދޫނި ދޫންޏެއް ދޯނި ދޯންޏެއް ދާނި ދާންޏެއް ދޮންދޫނި = ހޭނަކަތުދޫނި: މީ އަސްލު ދޫންޏެއް ނޫން. އުދުހޭ ސުއިތްޕެއް ދޮންދީނި: މީ ހުދުކުލައިގެ ދޫންޏެއް. ރާއްޖޭގައި އާންމުކޮށް އައްޑޫގައި ދިރިއުޅޭ